Roadha Mihaaru
ދައްކަން އޮތީ ޑާޑިގެ ހިތްހެޔޮކަމާއި ހިދުމަތުގެ ވާހަކަ

ދައްކަން އޮތީ ޑާޑިގެ ހިތްހެޔޮކަމާއި ހިދުމަތުގެ ވާހަކަ

24 ޖެނުއަރީ 2022

އަހުމަދު ރިޔާޒީ މުހައްމަދު ނުވަތަ އެކުވެރިންގެ ނަމުން ނަމަ ޑާޑި އަކީ އޭނާގެ އެކުވެރިން ބުނި ގޮތުގައި އަބަދުވެސް އެންމެންނާ ވެސް ގުޅޭ، ވަރަށް "ޕޮޒިޓީވް ވައިބް" އެއް ގެންގުޅުނު، ހިތްހެޔޮ މީހެކެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ޑާޑި، ކުއްލި ގޮތަކަށް އިއްޔެ ވަކިވުމާ އެކު، އާއިލާ އާއި ރައްޓެހިން ތިބީ ފުން ހިތާމައެއްގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަހުމަދު ރިޔާޒީ މުހައްމަދު ނުވަތަ އެކުވެރިންގެ ނަމުން ނަމަ ޑާޑި އަކީ އޭނާގެ އެކުވެރިން ބުނި ގޮތުގައި އަބަދުވެސް އެންމެންނާ ވެސް ގުޅޭ، ވަރަށް "ޕޮޒިޓީވް ވައިބް" އެއް ގެންގުޅުނު، ހިތްހެޔޮ މީހެކެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ޑާޑި، ކުއްލި ގޮތަކަށް އިއްޔެ ވަކިވުމާ އެކު، އާއިލާ އާއި ރައްޓެހިން ތިބީ ފުން ހިތާމައެއްގަ އެވެ.

މެލޭޝިއާގައި ދިރިއުޅުނު އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ، އިއްޔެ ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

"މީހުންނަށް ހެޔޮކޮށް ހިތުމާއި އަޅާލުމާއި އެހީވުމާއި ޓެކްގެ ދާއިރާގައި ވެސް ސަޅި ކަންކަން ކުރުމާއި އަދި ރައްޓެއްސެއްގެ ގޮތުގައި ވެސް ޑާޑި އަކީ އަހަރެމެން އެންމެނަށް ވަރަށް ރަނގަޅު މިސާލެއް ދެއްކި މީހެއް،" އޭނާގެ ވަރަށް ގާތް ރައްޓެއްސަކު ބުންޏެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ކ-2) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ކ-2) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

އޭނާ ބުނި ގޮތުގައި އޭގެ ހެކި ޑާޑި ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުން މިއަދު ފެންނަ އެބަހުއްޓެވެ.

ހިދުމަތް ފެށީ އެލައިޑުން

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ޑާޑި ނިޔާވި އިރު، އޭނާ އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި އަދި މިހާރު ދުނިޔޭގެ މަޝްހޫރުކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް ލީޑް އެވެ.

ޑާޑި ވަނީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެލައިޑްގައި 11 އަހަރު މަސައްކަތް ކުރި އެވެ. އެތަނުގައި އެންމެފަހުން އަދާކުރީ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމެވެ. އެ މަގާމުގައި ހުރެ ކުރި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" އޭނާގެ ބެލުމުގެ ދަށުން ތައާރަފުކުރުމެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ވ) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ވ) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

"އެއްވެސް ޝައްކެތް ނެތް، އަހަރެން މިއަދު މިހުރި ހިސާބަށް އާދެވުނީ އެލައިޑްގެ އެހީއާ އެކު. އެ ކުންފުނިން އަހަންނަށް ދިން ފުރުސަތުތަކާއި ކުންފުނީގެ މެނޭޖުމަންޓުން ބެހެއްޓި ގާތްކަމާއި އަދި ތަފާތު ކަންކަން ތަޖުރިބާ ކުރަން ދިން ހިތްވަރާއި ކުރި އިތުބާރަކީ އެ ވަޒީފާ ފުރިހަމަ އަށް އަދާކުރެވުނު އެންމެ ބޮޑު ސަބަބު،" އެލައިޑުން ވަކިވުމަށް ފަހު ޑާޑި އޭނާގެ އަމިއްލަ ބްލޮގްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީންނާއި ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން ވެސް ކިޔެވި ޑާޑި އަކީ ރާއްޖޭގެ ސްޓާޓް-އަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ-ފައުންޑަރަކީ ވެސް މެ އެވެ.

އޭނާގެ ފާހަގަކޮށްލެވޭ އެހެން ބައެއް މަސައްކަތްތައް؛

- ލައިފް ސްކިލްސް ދަސްކޮށްދޭ މެލޭޝިއާގެ ޕްލެޓްފޯމެއް ކަމަށްވާ "މައިންޑް ވެލީ" ގެ ސީނިއާ ޕްރޮޑަކްޓް މެނޭޖަރުކަމާއި ހެޑް އޮފް އިންފްރާސްޓްރަކްޗާ އެންޑް ސެކިއުރިޓީގެ މަގާމު އަދާކުރި.

- އެމްއެމްއޭގައި މޮބައިލް ފޯން ބޭންކިން ޔުނިޓްގެ އެސިސްޓެންޓް މެނޭޖަރުކަން ކުރި.

- ދިވެހި އިންޝުއަރެންސާއި އެންސިސް ފިޝަރީޒްގައި އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓްގެ މަގާމު އަދާކުރި.

- އަލަށް މަސައްކަތްކުރަން ފަށާ ޑިވެލޮޕަރުންނަށް އެހީވުމަށް ހިލޭސާބަހަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށްވާ ކިކްސްޓާގައި އިސްކޮށް އުޅުނު.

- "އޭންޖަލް ހެކް" ގެ ނަމުގައި ރާއްޖޭގައި ހެކަތޯންއެއް ބޭއްވި.

- ސައިންސަށް މުޖުތަމައު ހޭލުންތެރިކުރުވަން އުފެއްދި "ސައިންސް އެންމެނަށް" ޖަމިއްޔާގެ އިސް ވޮލަންޓިއަރެއް.

- އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ސްޓާޓްއަޕް ވީކެންޑުގެ ނަމުގައި ހަރަކާތެއް ބޭއްވި.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): އެންމެފަހުން ހުރީ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައި.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): އެންމެފަހުން ހުރީ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައި.

އެންމެފަހު ޕޯސްޓުގައި ވެސް ދާއިރާގެ ކަންބޮޑުވުންތައް

ޑާޑި އޭނާގެ ބްލޮގުގައި އެންމެފަހުން ލިޔުނު ޕޯސްޓް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ޑިވެލޮޕަރުންނާއި ކްރިއޭޓީވް މީހުންގެ ހުރި ބައެއް ކަންބޮޑުވުންތަކަށެވެ. އޭނާ އެ ޕޯސްޓް ކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން، ގާތްގަނޑަކަށް ދެ އަހަރު ވަންދެން މެލޭޝިއާގައި ބަންދުވެފައި ހުރުމަށް ފަހު، އެނބުރި ރާއްޖެ އައިސް، މިދިޔަ އަހަރު އޮކްޓޯބަރު 21 ގަ އެވެ.

އެ ދުވަސްވަރު ލޮޓީފައިލްސް އިން ވަޒީފާއަށް މީހުން ނަގަމުން ދިޔައިރު، ދުނިޔޭގެ އެކި ހިސާބުތަކުން 20 އަށް ވުރެ ގިނަ މީހުންނާ އޭނާ އިންޓަވިއުކުރި އެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެ އެވެ. އެ އިންޓަވިއުތަކުން އެންމެ އާންމުކޮށް ފާހަގަވި، ޑިވެލޮޕަރުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރެއިން ބައެއް ކަންކަން އޭނާ ލިސްޓްކުރި އެވެ.

އެއިން އެއް ކަމެއްގެ ގޮތުގައި ލިޔެފައި ވަނީ މި ދާއިރާގައި ވަކި ހިސާބަކުން ކުރިއަށް ދިއުމަށް އޮންނަ ފުރުސަތުތައް ހަނިވާ ކަމުގެ އިހުސާސްކުރެވުމެވެ. ވަކި ހިސާބަކުން އެ މީހަކު އެންމެ ކުރާ ހިތްވާ ކަމެއް ދޫކޮށްލާފައި ހިތާ ދެކޮޅަށް އެހެން ކަމެއް ކުރަން މަޖުބޫރުވާތަން އާދެ އެވެ. އެކަމުގެ ސަބަބުން ދާއިރާއިން ލިބޭ ކުރިއެރުންތަކަށް ބުރޫއަރައި، ދެން ޖެހެނީ ދެ އަހަރުން އެއް އަހަރު، ލިބޭ މުސާރައިގެ "ކުރިއެރުމަކަށް" ބަލަބަލަ ތިބޭށެވެ.

އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): ދާއިރާ އަށް މީހުން ޝައުގުވެރިކުރުމުގައި އިސް ދައުރެއް އަދާކުރި.

އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): ދާއިރާ އަށް މީހުން ޝައުގުވެރިކުރުމުގައި އިސް ދައުރެއް އަދާކުރި.

"ކުރިއަށް ދާން ބޭނުންވާ ދާއިރާތަކެއް ކަނޑައެޅި އެނގިފައި ހުރުމުން އެކަމުން ފައިދާ ކުރާނެކަން ޔަގީން. އެކަމަކު އަދިވެސް އެކަމެއް ގިނަ މަސައްކަތުގެ މާހައުލުތަކަކުން އަސްލު ނުފެނޭ،" އޭނާ ލިޔެފައިވެ އެވެ.

"ބައެއް މީހުން މެނޭޖްމެންޓް ދާއިރާގައި އުޅެން ބޭނުންވިޔަސް، އަނެއް މީހުން ބޭނުމެއް ނުވޭ. ކުރިއެރުމެއްގެ ގޮތުގައި މެނޭޖްމެންޓް ދާއިރާ ހިޔާރުކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުވާ ނަމަ، އެ ވަޒީފާ ދެކެ މީހުން ފޫހިވެ ރަނގަޅު ފުރުސަތުތައް އެހެން ތަނަކުން ލިބޭތޯ އުޅޭނެ."

އެ ޕޯސްޓުގައި ޑާޑި އިތުރަށް ލިޔެފައި ވަނީ މީހުންގެ ހިޔާލުތަކަށް އެއްވެސް ވަރަކަށް އިހުތިރާމް ނުކުރުމާއި އިތުބާރު ނުކުރުމުގެ އިތުރުން ކަންކަން ނިންމުމުގައި އެ މީހުންގެ ހިޔާލައި މަޝްވަރާތައް ބަލައިނުގަތުމާއި އަދި މަސައްކަތް ކުރާނެ ފަސޭހަ، ރަނގަޅު މަސައްކަތުގެ މާހައުލެއް ނެތެވެ.