Roadha Mihaaru

ޖަޕާނުގައި ނިޔާވި ލުޖައިނާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިއަދު

ޖަޕާނުގައި ތައުލީމު ހާސިލުކުރަމުންދަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ސެޕްޓެމްބަރ 2025

ޖަޕާނުގައި ތައުލީމު ހާސިލުކުރަމުންދަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ކޯސް ފުރިހަމަކޮށް، ރާއްޖެއަށް އަންނަން ތައްޔާރުވެގެން ހުއްޓައި ނިޔާވި ބ. ތުޅާދޫ ކާނިމާގޭ، ލުޖައިނާ ތަސްނީމާގެ ހަށިގަނޑު ގެނައީ ޖަޕާނުގައި އޮޓޮޕްސީ ހެދުމަށް ފަހުގަ އެވެ. އެއީ ޖަޕާނުގައި މަރުވާ މީހުން ގައުމުން ބޭރަށް ގެންދާ ނަމަ އެކަން އެހެން ކުރަންޖެހޭތީ އެވެ.

ލުޖައިނާ، 29، ނިޔާވެފައި އޮއްވައި ފެނުނީ އާއިލާ އަށް ނުގުޅޭތާ ދެ ދުވަސް ފަހުން އޭނާގެ ކޮޓަރީގައި ޚަބަރު ހުސްވެފައި އޮއްވައި މިދިޔަ މަހުގެ 21 ގަ އެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން ލުޖައިނާގެ ޖަނާޒާ އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ. ކަށުނަމާދު ކުރަން ނިންމާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހުގަ އެވެ.

މީގެ ދެ އަހަރު ކުރިން ލުޖައިނާ ޖަޕާނަށް ދިޔައީ މާސްޓަސް ފުރިހަމަކުރާށެވެ. އޭނާގެ ކިޔެވުން ނިމި އެ ގައުމުގައި މަޑުކޮށްގެން ހުރީ އަންނަ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމުމަށް ފަހު އެނބުރި ރާއްޖެ އައުމަށެވެ.