16 އޯގަސްޓް 2021
ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން ހަމަޖައްސައި ސާފް ޗެމްޕިއަންޝޕުގައި ޓީމަށް އިރުޝާދު ދޭން އޭނާއާ ހާވަލުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން ހަމަޖައްސައި ސާފް ޗެމްޕިއަންޝޕުގައި ޓީމަށް އިރުޝާދު ދޭން އޭނާއާ ހާވަލުކޮށްފި އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ސުޒޭންގެ އެސިސްޓެންޓަކަށް މަސައްކަތް ކުރާނީ، ދަ ގްރާންޑޭގެ ސްޕޯޓްސްގެ ކޯޗް އިސްމާއީލް މަހްފޫޒެވެ.
ގައުމީ ޓީމުގެ އިންޓަރިމް ކޯޗަކަށް ސުޒޭން ހަމަޖައްސާފައިވާކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ. މިދިޔަ ހަފުތާއި ސުޒޭން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ. ގައުމީ ޓީމުގައި ކުރިން ހުރި ކޯޗް މާޓިން ކޫޕްމަން މިދިޔަ ހަފުތާގައި ކޯޗު ކަމުން ވަކިކުރުމުން އޭނާ ވަނީ މިހާރު ފުރައިފަ އެވެ.
އެސިސްޓެންޓް ކޯޗު ކަމަށް ހަމަޖެއްސި، އިންމަ އަކީ މީގެ ކުރިން ވެސް ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ކޯޗެކެވެ. ގައުމީ ޓީމުގައި އިންމަ ވަނީ، ކުރީގެ ތިން ކޯޗުން ކަމަށްވާ، ވެލިޒާ ޕޮޕޯވް އާއި ރިކީ ހާބަޓް އަދި ޑަރެން ސްޓްވާޓްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން ގައުމީ ޓީމުގައި މަސައްކަތް ކުރި އިރު އިންމަ ވަނީ އިންޓަރިމް ކޯޗެއްގެ ގޮތުގައި ބައެއް މެޗުތަކުގައި ޓީމަށް އިރުޝާދު ދީފަ އެވެ.
ސުޒޭނާއި އިންމަ ޕްރެސްއެއްގައި --- ފައިލް ފޮޓޯ: މިހާރު
ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗުންނަކީ މިހާރު ވެސް އެ މަގާމުގައި މަސައްކަތް ކުރާ އިމްރާން މުހައްމަދު އަދި އަސްލަމް އަބްދުރަހީމް އެވެ. ޓީމުގެ ޑޮކްޓަރަކީ އަބްދުﷲ ރާފިއު އެވެ.
އިންމަ ކޯޗިން ކެރިއާ ފެށީ މާޒިޔާއިންނެވެ. މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށީ އިންމަގެ ކޯޗް ކަމުގަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ހޯދައިދީފަ އެވެ. ކުޅުނު ދުވަސް ވަރު އިންމަ އަކީ ޑެޑް ބޯލްތަކުގެ އެކްސްޕޯޓެކެވެ. ހިލޭ ޖެހުންތަކުގައި ގިނަ ލަނޑުތަކެއް އޭނާ ވަނީ ޖަހައިފަ އެވެ.
މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ސުޒޭން ވަނީ މަސައްކަތް ކޮށްފަ އެވެ. މިހާރު އެކްޓިވްކޮށް ފުޓްބޯޅައިގައި މަސައްކަތް ކުރާ ކޯޗުންގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައިވާ ކޯޗަކީ ސުޒޭން އެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދައިފަ އެވެ. އޭނާ އެންމެ ގިނަ ކާމިޔާބު ހޯދައިދިނީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ އަށެވެ. އެ ކުލަބަށް ހަ ތަށި ހޯދައިދިެނެވެ. އެއީ ޕްރެޒިޑެންޓް ކަޕްގެ ތިން ތަށި، އެފްއޭ ކަޕްގެ ދެ ތަށި އަދި މާލޭ ލީގުގެ އެއް ތައްޓެވެ. މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު އެއް ފަހަރު، ޕްރެޒިޑެންޓް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހޯދައިދިނެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް އަލުން ކޯޗުކޮށް ދިނުމުގެ ކުރިން ސުޒޭން މަސައްކަތް ކުރާނީ ސީނިއާ ޓީމުގަ އެވެ. ރާއްޖޭގައި ބާއްވަން ހަމަޖައްސާފައިވާ ސާފް ޗެމްޕިއަންޝިޕް ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރު 1-13 އަށެވެ. ކުރިން ބަންގަލަދޭޝްގައި ބާއްވަން ހަމަޖެހުނު މުބާރާތް އެ ގައުމުގައި ނުބޭއްވޭނެ ކަމަށް ބުނުމުން ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާއިން ނިންމީ އަލުން ބިޑަށް ހުޅުވާލުމަށެވެ. ނޭޕާލާ ވާދަކޮށް ބިޑު ކާމިޔާބު ކުރީ ރާއްޖެއިންނެވެ.
ޒުވާން ޓީމާއެކު ސުޒޭން ކުރިމަތިލާ މެޗުތައް އޮންނާނީ ސާފް ޗެމްޕިއަންޝިޕްގެ ފަހުންނެވެ. އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ކުޅޭނީ އޮކްޓޯބަރު 23-30 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ 2013 ގެ ޗެމްޕިއަން އިރާގާއި ބަހްރެއިން އަދި އަފްގާނިސްތާނާ އެކު ގުރޫޕް ސީގަ އެވެ. ކޮލިފައިން މެޗުތައް އޮންނާނީ ބަހްރޭނުގަ އެވެ.
މުބާރާތުގައި ވާދަކުރާނީ 16 ޓީމެވެ. އުޒުބެކިސްތާނަށް މުބާރާތުން އޮޓަމެޓިކް ޖާގަ ވަނީ ލިބިފަ އެވެ. ބާކީ 15 ޖާގަ ލިބޭނީ ގުރޫޕުތަކުގެ އެއް ވަނަ ހޯދާ 11 ޓީމުގެ އިތުރުން، ގުރޫޕުތަކުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
"މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އެކުވެރި ޓީމު"
"ރާއްޖޭގެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ"
ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް
އަޑޭއާ ބެހޭ ސުވާލުކުރުމުން ގުޅޭ ސުވާލަކަށް ވެސް ނުވި!
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ދިވެހި ކޯޗިން ޓީމާމެދު އޮތް އިތުބާރު ބޮޑު
ގަތަރުގެ ކޭމްޕުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ: ސުޒޭން
ޓީމުގެ މަސައްކަތާއި ޑިސިޕްލިން އަށް ފުލް މާކްސް