06 އޮކްޓޯބަރ 2021
ގައުމީ ޓީމުގެ މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) ގައުމީ ޓީމުގައި ހިމެނުމާ ބެހޭގޮތުން އޮތް ކަންބޮޑުވުންތަކާ ބެހޭގޮތުން، ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭނާ ސުވާލު ކުރުމުން، އެ ސުވާލުގެ މަގްސަދު ސާފު ނުވާ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ގައުމީ ޓީމުގެ މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) ގައުމީ ޓީމުގައި ހިމެނުމާ ބެހޭގޮތުން އޮތް ކަންބޮޑުވުންތަކާ ބެހޭގޮތުން، ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭނާ ސުވާލު ކުރުމުން، އެ ސުވާލުގެ މަގްސަދު ސާފު ނުވާ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށް ގައުމީ ޓީމަށް އަލުން ނެގި އަޑޭ އަށް ގައުމީ ކޯޗް ސުޒޭން ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، ނޭޕާލާ ދެކޮޅަށް، ފުރުސަތު ދީފަ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އަޑޭގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް އޮއްވައި ރާއްޖެއިން ބޭރަށް ފުރުވާލުމުގައި އަޑޭ ވަނީ ޖާމިނުވެފަ އެވެ. އެކަމަކު މިހާރު އަލީ ގެންދަވަނީ ރާއްޖެ އަނބުރާ ވަޑައިގަންނަވަން ދެކޮޅު ހައްދަވަމުންނެވެ.
ފާޑުކިޔާ މީހުން ބުނަނީ ސީރިއަސް ތުހުމަތުތަކެއް އޮތް މީހަކު "ފިލުވަން" އެހީވި، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑޭ ގައުމީ ޓީމަށް ނެގުން ބަލައިނުގަނެވޭ ކަމަށެވެ. އަޑޭއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި އޮތް ކަންބޮޑުވުންތަކަށް ރިއަޔާތް ކުރަންތޯ "މިހާރު" އިން މިއަދުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން ސުޒޭން ބުނީ ސުވާލު ކުރި މަގުސަދު ސާފުކޮށްދީފި ނަމަ ޖަވާބު ދޭން އޭނާ ތައްޔާރު ކަމަށެވެ.
"ތި ބޭނުންވާ އެއްޗެއް ސާފުކޮށްލަ ދިނިއްޔާ ވަރަށް ރަނގަޅު،" އެ ސުވާލަށް ޖަވާބު ދެމުން ސުޒޭން ބުންޏެވެ.
އެކަމަކު އޭނާ ބުނީ ގާނޫނީ ގޮތުން ހުރަހެއް ކުރިމަތިވެފައިވާ އެއްވެސް ކުޅުންތެރިޔަކު އޭނާގެ ސްކޮޑުގައި ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު މިތަނަށް [ގައުމީ ޓީމަށް] ނަގައިގެން މިއުޅެނީ ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް މިވަގުތު ދިވެހި ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކާ އުސޫލުތަކާ ހަމަތަކުގެ ތެރެއިން އަޅުގަނޑު ހެޑް ކޯޗެއްގެ ހައިސިއްޔަތުން ނަގަން އެއްވެސް ހުރަހެއް ނެތް ކުޅުންތެރިން،" ސުޒޭން ބުންޏެވެ.
"ތި ސުވާލުގެ އަސްލު ވިސްނުމަކީ ކޮބައިކަން އަޅުގަނޑަށް ފާހަގަކޮށްލައިދީފިއްޔާ ތި ސުވާލަށް އަޅުގަނޑު ޖަވާބު އަރުވާނަން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގިގެން މިއުޅެނީ ތި ސުވާލުގެ މަގުސަދެއް."
ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަސްހަދު އަލީ (ވ) ގައުމީ ސަލާމަށް ހުއްޓިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސުޒޭން ބުނީ އެއްވެސް ކަމެއްގައި ހުރަހެއް އޮތް ކުޅުންތެރިޔެއް ސްކޮޑުގައި ހުރިކަން ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއުގެ މައުލޫމާތުތަކުން ނުދައްކާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގާނޫނަކުން އަދި ގަވާއިދަކުން ވެސް އަދި ވެކްސިނެއް ނުޖަހައިގެން ވެސް އަދި އެއްވެސް ގޮތަކުން ކުޅުމަށް ހުރަހެއް ކުރިމަތިވާނެ އެއްވެސް ކުޅުންތެރިޔެއް އަޅުގަނޑު ސެލެކްޓްކުރި ކުޅުންތެރިންގެ ތެރޭގައި ނެތް. އެއީ ޔަގީން ކަމަކީ،" އަޑޭއަށް އޮތް ތުހުމަތުތަކާ ބެހޭ އެއްވެސް ކަމަކަށް އިޝާރާތެއް ކުރުމެއް ނެތި ސުޒޭން ބުންޏެވެ.
އިންޓަނޭޝަނަލް މީޑިއާ ވެސް ހާޒިރުވެ ތިބި ޕްރެސް ކޮންފަރެންސްގައި އެ ސުވާލާއި ސުވާލަށް ދިން ޖަވާބު އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭން މެނޭޖަރު ޝިބާއު ވަނީ ދެކޮޅުހަދައިފަ އެވެ. އޭނާ ބުނީ އެ ސުވާލަކީ މައުލޫއާ ނުގުޅޭ ސުވާލެއް ކަމަށެވެ.
އެއީ ކޮން ސުވާލެއްތޯ ބޭރުގެ ނޫސްވެރިޔަކު އެހުމުން ވެސް ޝިބާ ވަނީ ސުވާލު ތަރުޖަމާކޮށް ދޭން ވެސް ދެކޮޅު ހަދައިފަ އެވެ.
"އެއީ މައުލޫއާ ނުގުޅޭ ސުވާލެއް. އެހެންވީމާ އަހަރެން އެ ސުވާލު ވެސް ބުނެ ނުދޭނަން އަދި އެއަށް ދިން ޖަވާބު ވެސް ބުނެއެއް ނުދޭނަން،" އިނގިރޭސި ބަހުން ޝިބާއު ބުންޏެވެ.
ސުޒޭން ދިން ޖަވާބަށް އެއްޗެއް އިތުރު ކޮށްލަން ބޭނުންވާ ކަމަށް ބުނެ ސުޒޭން ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ނޫސްވެރިން މި ދަނޑިވަޅުގައި އެކަހަލަ އެއްޗިހި ނަގައިގެން އުޅުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފަ އެވެ.
"އެއީ ސޯޝަލް މީޑިއާގައި ހަމަ ބަޔަކު ތި ވާހަކަ ދައްކަފާނެ،" ސުޒޭން ބުންޏެވެ. "އެހެން ނަމަވެސް އަޅުގަނޑުގެ މިއޮތް ވަޒީފާ އަކީ ކުޅުމުގެ ޝަރުތު ހަމަވާ ދިވެއްސެއްގެ ތެރެއިން 23 ކުޅުންތެރިން ނަގައި އެ 23 ކުޅުންތެރިންގެ ބޭނުންކުރުން. އެހެންވީމާ އަޅުގަނޑަކަށް ހުރަހެއް ނެތް މިހާރު މިތިބަ ކުޅުންތެރިން ބޭނުން ކުރާކަށް."
މިއަދު ޕްރެސްގައި ސުޒޭން ބުނީ ނޭޕާލާ ދެކޮޅަށް ކުޅުނު ފުރަތަމަ 11 އަށް މަދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަދަލު ގެންނަން ޖެހޭ މާ ބޮޑު ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ ގޯލް ލައިންގެ ތެރެއަށް ބޯޅަ ވައްދާލުން ފިޔަވައި ރާއްޖެއިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.
"އެ މެޗުގައި އަޅުގަނޑުމެން ސްކޯ ކުރުން ފިޔަވައި ގިނަ ކަންކަން ވަރަށް ރަނގަޅަށް ދިޔައީ. އެހެންވީމަ ބަދަލުތައް ގެނެސް އަޅުގަނޑުމެންގެ ފަރާތުން އެ ހާސްކަން ދައްކަން ޖެހޭ ސަބަބެއް ނުވިސްނޭ،" ސުޒޭން ބުންޏެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
"މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އެކުވެރި ޓީމު"
"ރާއްޖޭގެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ"
ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ގަތަރުގެ ކޭމްޕުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ: ސުޒޭން
ކޮވިޑުން ރަނގަޅުވެ، ގައުމީ ކޯޗު ސުޒޭން ގަތަރަށް
ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޭއެފްސީ ކަޕުގައި ތަފާތު ދެއްކީ ބިދޭސީ ކުޅުންތެރިން