29 އޯގަސްޓް 2021
މިދިޔަ ހަފުތާގައި ނިމިގެން ދިޔަ އޭފްސީ ކަޕް ދެކުނު އޭޝީއާގެ ގުރޫޕް ސްޓޭޖުގައި ކުރި ހޯދި ކްލަބުތަކުގައި ތަފާތު ދެއްކީ އެ ޓީމުތަކަށް ކުޅުނު ބިދޭސީ ކުޅުންތެރިން ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ނިމިގެން ދިޔަ އޭފްސީ ކަޕް ދެކުނު އޭޝީއާގެ ގުރޫޕް ސްޓޭޖުގައި ކުރި ހޯދި ކްލަބުތަކުގައި ތަފާތު ދެއްކީ އެ ޓީމުތަކަށް ކުޅުނު ބިދޭސީ ކުޅުންތެރިން ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޮކްޓޯބަރު މަހު ރާއްޖޭގައިި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ސްކޮޑުގައި އެންމެ ގިނައިން ހިމެނިފައި ވަނީ މާޒިޔާގެ ކުޅުންތެރިންނެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މާޒިޔާގެ ދަށް ނަތީޖާއިން ގައުމީ ޓީމަށް އޭގެ އަސަރު ކުރާނެތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، އޭއެފްސީ ކަޕަށް އިންޑިއާ އާއި ބަންގްލަދޭޝްއިން އައި ޓީމުތަކުގައި އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން މާ ތަފާތު ކުޅުންތެރިއެއް ނެތް ކަމަށެވެ. އެ ކްލަބުތަކުގައި ތަފާތު ދެއްކީ ކުޅުނު ބިދޭސީ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގެ ކުޅުންތެރިންނަކީ އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ ޓީމުތަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެފައިވާ ކުޅުންތެރިންތަކެއް. އަރަބި ގައުމުތަކުގެ ކްލަބުތަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެފައިވާ ޓީމުތަކެއް ދިވެހި ޓީމުތަކަކީ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އެގޮތަށް އަޅައިކިރައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ވަޒަން ނުކުރެވޭނެ ކަމަށެވެ.
"މިއީ އެއްވެސް ގައުމެއްގެ ކުޅުންތެރޔަކަށް އެއްޗެއް ބުނަނީއެއް ނޫން. މާޒިޔާ ނުވަތަ އީގަލްސްގައި މިތިބަ އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލާއިރު އަޅުގަނޑުގެ އަތުގައި އޮތީ އެންމެ ސުވާލެއް، ތިބޭފުޅުންނަށް ފާހަގަ ކުރެވުނުތޯއޭ މިސާލަކަށް ބަށުންދަރާ ކިންގްސްގައި އިންޑިވިޖުއަލް ބަންގްލަދޭޝް ކުޅުންތެރިޔެއް އަޅުގަނޑުމެން ރާއްޖޭގައި މި ދެ ޓީމުގައި މިތިބަ ކުޅުންތެރިންނަށް ވުރެ އާދަޔާ ހިލާފް ދަށް ޕާފޯމަންސެއް ދެއްކި ކުޅުންތެރިޔަކު ފާހަގަ ކުރެވުނުތޯއޭ. ނޫނިއްޔާ މާ ތަފާތު މޮޅު ބަންގްލަދޭޝް ކުޅުންތެރިޔެއް ހުރިތޯއޭ. އެ ޓީމުތައް އެގެންދިޔަ ހިސާބަށް ދިއުމުގައި ޑިސައިޑިން ކުޅުމެއް ކުޅުނީ ބިދޭސީ ކުޅުންތެރިން."
އޭނާ ބުނީ، އެ ޓީމުތަކަށް ގެނެސްފައި ތިބި ބިދޭސީ ކުޅުންތެރިންނާއި މާޒިޔާ އަށް ގެނެސްފައި ތިބި ކުޅުންތެރިންނާ ބޮޑެތި ތަފާތެއް ހުރި ކަމަށެވެ.
އެއިން ކޮންމެ ބިދޭސީ ކުޅުންތެރިޔެއްގެ މުސާރައަކީ 20،000 ނުވަތަ 22،000 ޑޮލަރު. އަޅުގަނޑުމެން ރާއްޖޭގައި ބޭރުން ގެންނަ ކުޅުންތެރިޔެއްގެ މުސާރަ މިއުޅެނީ 2،000 ނުވަތަ 3،000 ޑޮލަރު. އެހެންވީމަ އެ ލެވަލްގެ ކުޅުންތެރިން ލައިގެން ނޫނީ އުނދަގޫ ވާނެ، -ސުޒޭން
"އެއިން ކޮންމެ ބިދޭސީ ކުޅުންތެރިޔެއްގެ މުސާރައަކީ 20،000 ނުވަތަ 22،000 ޑޮލަރު. އަޅުގަނޑުމެން ރާއްޖޭގައި ބޭރުން ގެންނަ ކުޅުންތެރިޔެއްގެ މުސާރަ މިއުޅެނީ 2،000 ނުވަތަ 3،000 ޑޮލަރު. އެހެންވީމަ އެ ލެވަލްގެ ކުޅުންތެރިން ލައިގެން ނޫނީ އުނދަގޫ ވާނެ،" މާޒިޔާ ކުރިން ކޯޗުކޮށްދިން ސުޒޭން ބުންޏެވެ. "އެއީ އަޅުގަނޑުމެންގެ ކްލަބުތައް މިހާތަނަށް އޭއެފްސީ ކަޕުގައި ކުރި ހުރިހާ ތަޖުރިބާއެއްގައި ބޮޑެތި ހުރިހާ މެޗުތަކެއް ޑިސައިޑް ކުރުމުގައި އެންމެ އިސްރޯލެއް އަދާ ކުރާނީ ބިދޭސީ ކުޅުންތެރިން."
މާޒިޔާގެ ނަތީޖާގެ ސަބަބުން މުބާރާތަށް ތައްޔާރުވުމުގައި ކޮންމެވެސް އަސަރެއް ކުރި ނަމަވެސް އެކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ސުޒޭން ދެ އެވެ.
"މާޒިޔާގެ މި ނަތީޖާ ކޮންމެވެސް ވަރެއްގެ ރިފްލެކްޝަނެއް (އަސަރެއް) އަތުވެދާނެ ކަންނޭނގެ ތައްޔާރުވުމުގައި. އެކަމަކު އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 28 އަށްވުރެ އެކޮޅަށް އެ ވިސްނުން ދިޔަކަ ނުދޭނަން،" ސުޒޭން ބުންޏެވެ.
"އަޅުގަނޑުމެން ކޭމްޕް ތެރޭގައި މާޒިޔާ އާއި އީގަލްސްގައި ވެސް އެ ހުރި އެކަހަލަ މައްސަލަތައް، އެ ކުޅުންތެރިންގެ ވިސްނުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަދަލު ކުރާނަން. އެއީ އަޅުގަނޑުމެން ކޯޗިން ޓީމުގައި މިތިބީ ރާއްޖޭގެ މަސައްކަތް ކުރުމުގައި އެންމެ ތަޖުރިބާކާރު އެއް ޓީމު."
ސުޒޭން ބުނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އަކީ ރާއްޖޭގެ އެންމެ ޓޮޕް ކްލަބުތަކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ކޯޗަކަށް ވުމުން ގައުމީ ޓީމުގައި ހުރި އެކަހަލަ ކަންކަން ބަދަލު ކުރުމުގައި އޭނާ އާއި އިންމަ ގުޅިގެން ހައްލު ހޯދޭނެ ކަމަށެވެ. އަދި އެ ކަމުގައި ގޯލް ކީޕަރު ކޯޗުން ކަމަށްވާ އަސްލަމް އަބްދުރަހީމް އާއި އިމްރާން މުހައްމަދުގެ ބައިވެރިވުން ވެސް މުހިންމުކަން ސުޒޭން ފާހަގަކުރި އެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
"މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އެކުވެރި ޓީމު"
"ރާއްޖޭގެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ"
ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް
އަޑޭއާ ބެހޭ ސުވާލުކުރުމުން ގުޅޭ ސުވާލަކަށް ވެސް ނުވި!
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ގަތަރުގެ ކޭމްޕުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ: ސުޒޭން
ކޮވިޑުން ރަނގަޅުވެ، ގައުމީ ކޯޗު ސުޒޭން ގަތަރަށް
ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ