11 އޮކްޓޯބަރ 2021
މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމަކީ ރާއްޖޭގެ ތާރީހުގައި ވެސް ނެގުނު އެންމެ އެކުވެރި ގައުމީ ޓީމު ކަމާއި، ޓީމަށް ނެގި 23 ކުޅުންތެރިންނާމެދު ފަހުރުވެރިވާކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމަކީ ރާއްޖޭގެ ތާރީހުގައި ވެސް ނެގުނު އެންމެ އެކުވެރި ގައުމީ ޓީމު ކަމާއި، ޓީމަށް ނެގި 23 ކުޅުންތެރިންނާމެދު ފަހުރުވެރިވާކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 1-0 އިންނެވެ. މި ނަތީޖާއާ އެކު ރާއްޖޭން ފައިނަލުގެ ޖާގައަކަށް ކުރަމުންދާ އުންމީދު ވަނީ ބޮޑުވެފަ އެވެ. ނޭޕާލާ ވާދަކޮށް 1-0 އިން އިންޑިއާ ރޭ މޮޅުވުމާ އެކު ލީގު ބުރުގެ ތާވަލުގެ އެއްވަނައިގައި ފައިދާ ދެ ގޯލާއެކު އޮތީ ރާއްޖެ އެވެ. ރާއްޖެއެކޭ އެއްވަރަށް ހަ ޕޮއިންޓް ހޯދި ނަމަވެސް ނޭޕާލް ދެވަނައިގައި އޮތީ ފައިދާ އެއް ގޯލާ އެކު އެވެ. ތިންވަނައިގައި އޮތް އިންޑިއާ އަށް ފަސް ޕޮއިންޓް ލިބޭއިރު ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝް އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.
ސުޒޭން ބުނީ، މެޗަށް ނުކުތްއިރު އަމާޒަކީ ތިން ޕޮއިންޓް ހޯދުން ކަމާއި، އެކަން ހާސިލްވި ކަމަށެވެ. އަދި އިތުރަށް އޮތް ހިތްހަމަޖެހުމަކީ ޓީމުގެ ފިޓްނަސް އާއި ކުޅުންތެރިން މެދުގައި އޮތް އެކުވެރިކަމާއި ވަރުގަދަ ރޫހު ކަން ސުޒޭން ވަނީ ފާހަގަ ކޮށްފަ އެވެ.
"އިއްޔެއިން ފެށިގެން މިއަދު މެޗު ނިންމާލިއިރު ވެސް ޓީމުގަ އެހުރި ރޫހު. އަޝްފާގަކީ ފަހަކަށް އައިސް އެންމެ ގިނަދުވަހު ގައުމީ ޓީމުގައި ހޭދަކޮށްފަ ހުރި އެއް ކުޅުންތެރިޔާ. ގައުމީ ޓީމު ތެރޭގަ މިއޮތް ރޫހު ދުވަހަކުވެސް ނެތް މީގެ ކުރިއަކުން،" ކުޅުންތެރިންގެ އެއްބައިވަންތަކަމަށް ތައުރީފުކުރަމުން ސުޒޭން ބުންޏެވެ.
"އެހެންޏާ ކުދިކުދި ބައިބައިވުންތަކާ ހިޔާލުތަފާތުވުންތައް ދިމާވެފައި އެބަހުރި (ކުޅުންތެރިން ތެރޭގައި) އަޅުގަނޑު މަސައްކަތް ކުރިއިރު ވެސް. އެހެން ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް މިހާ އެކުވެރިކޮށް ރާއްޖޭގެ ގައުމީ ޓީމެއް، ހާއްސަކޮށް ސީނިއާ ފުޓުބޯޅަ ޓީމެއް އޮތް ފުރަތަމަ ފަހަރުކަން އަޝްފާގުމެން ގަބޫލުކުރާނެ. އެހެންވީމަ އަޅުގަނޑު މިއަދު އައިސް މިތާ އިށީނދެ ނެގި 23 ކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރިވަމޭ ބުނެވިދާނެ،" ސުޒޭން ބުންޏެވެ.
"މުބާރާތަކަށް ޓީމެއް ބިނާކުރުމުގައި އަޅުގަނޑަށް ކާމިޔާބު ހޯދިއްޖެ ކަމަށް ގަބޫލުކުރަން މިހާރު، މީގެ ސަބަބުން."
މީގެ އިތުރުން ސުޒޭން ބުނީ ޓީމަށް ލިބޭ ހުރިހާ ފުރުސަތުތަކެއް ގޯލަށް ނުޖެހުނަސް އެކަން އިމްޕްރޫވް ކުރަން މަސައްކަތްކުރާކަމަށާއި، އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ދެނެގަނެ، އެއަށް މަސައްކަތް ކުރެވެމުން ދާކަމަށެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް އަށް ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފަ އެވެ. ފައިސަލްގެ އަނިޔާއާ ގުޅޭގޮތުން ސުޒޭން ބުނީ، ގައުމީ ޓީމުގެ މެޑިކަލް ޓީމުން އަނިޔާގެ ސީރިއަސްކަން މޮނިޓާ ކުރަމުން ދާކަމަށާއި، އިންޑިއާ އާ ދެކޮޅަށް ނުކުންނައިރު ފައިސަލް އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
ފައިސަލް އަށް އަނިޔާވެ، ބަދަލުގައި ކުޅެން އެރި މުހައްމަދު ޝަފީއު (ޗެކް) ގެ ފަރާތުން ފެނުނު ކޮންފިޑެންސް އާއި ޓީމު ޕްރެޝަރުގައި އޮތް ވަގުތުކޮޅު ވެސް ޝަފީއުގެ ފަރާތުން ހާސްކަމެއް ނުފެނުނުކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ބައްދަލުކުރާނީ އިންޑިއާއާ ދެކޮޅަށެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
"ރާއްޖޭގެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ"
ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް
އަޑޭއާ ބެހޭ ސުވާލުކުރުމުން ގުޅޭ ސުވާލަކަށް ވެސް ނުވި!
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ގަތަރުގެ ކޭމްޕުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ: ސުޒޭން
ކޮވިޑުން ރަނގަޅުވެ، ގައުމީ ކޯޗު ސުޒޭން ގަތަރަށް
ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޭއެފްސީ ކަޕުގައި ތަފާތު ދެއްކީ ބިދޭސީ ކުޅުންތެރިން