24 ނޮވެމްބަރ 2016
ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުން، އެ ކަމުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުން، އެ ކަމުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްވީ މެޑިކަލް އިން ބާއްވާ ފުރަތަމަ ހެލްތް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތްތައް ވަރަށް ރަނގަޅު ފެންވަރުގައި ލިބެން އެބަހުރި ކަމަށެވެ. ނަމަވެސް އެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް، އެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ގިނަ ދިވެހިން އިތުރަށް ނުކުންނަންޖެހޭ ކަމަށް އަފްއާލް ވިދާޅުވި އެވެ.
މެޑިކަލް އެކްސްޕޯގައި ބައިވެރިވި ހޮސްޕިޓަލެއްގެ އިސް ބޭފުޅަކާ، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް (ވ) ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދުު ޝަރުހާން/ މިހާރު
"ރާއްޖޭގައި ސިއްހީ ހިދުމަތް ވަރަށް މަތީ ފަންތީގައި ލިބެން އެބަހުރި. އަދި އެ ހިދުމަތްތައް ދެއްވާ ވާހަކަ ދައްކަން އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން މިއަށް ވުރެ ވެސް ފުޅާކޮށް މަސައްކަތްތައްކޮށް، މިކަހަލަ ޕްލެޓްފޯމްތަކަށް ނުކުމެ ދިވެހިންނަށް އެކަން ވިސްނައިދޭން އިތުރަށް މަސައްކަތްތައް ކުރަންޖެހޭ،" އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވިގޮތުގައި، ރާއްޖެ އިން ލިބޭ ސިއްހީ ފަރުވާތައް ހޯދުމަށް މީހުންނަށް އިތުރަށް ބާރުއަޅަންޖެހެ އެވެ.
ބޮޑު ހާދިސާއެއް ހިނގައިގެން އަނިޔާވާ މީހުންނަށް އޭޑީކޭއިން ފަރުވާދޭއިރު، އެ މީހުންނަށް އިތުރު ފަރުވާދިނުމަށް ބޭރަށް ގެންދަނީ ކޮންއިރަކުންތޯ މީޑިއާތަކުން ވަރަށް ގިނައިން ސުވާލުކުރާ ކަން އަފްއާލް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ސުވާލުގެ މިހާރުގެ "އަޅުގަނޑުމެން މިހާރު ނުވިސްނަމޭ،" ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
މެޑިކަލް އެކްސްޕޯގައި ބައިވެެރިވެފައިވާ ހޮސްޕިޓަލެއްގެ ސްޓޯލަަކަށް މީހަކު ޒިޔާރަތްކުރަނީ: މި އެކްސްޕޯ އިން ހޮސްޕިޓަލްތަކުން ދެމުން އަންނަ ސިއްހީ ގިނަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް މިކަން އިންތިޒާމުކުރާ އެމްވީ މެޑިކަލް އިން ބުނޭ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖެ އިން މިފަދަ މީހުންނަށް ވަރަށް މަތީ ފަންތީގައި ބޮޑެތި ހިދުމަތްތައް ލިބޭތީ އެމީހުންނަށް އެ ލިބޭ ހިދުމަތްތައް ނުަވަތަ ބަލިތައް ރަނގަޅު ކުރުމަށް ރާއްޖޭގެ ޓީމް، ސިއްހީ ހިދުމަތްތައް ދޭ ތަންތަން އެކުލެވޭ ގޮތަށް މަސައްކަތް ކޮށްފިނަމަ މިއީ އެހެން މީހުންނަށް ވުރެ ކާމިޔާބުކޮށް ކުރެވިދާނެ ކަންތައްތައް،" އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލް އިން މެއިން ސްޕޮންސާ ނަގާފައިވާ ހެލްތު އެކްސްޕޯގައި، ގިނަ ދިވެހިން ފަރުވާ ހޯދަން ދާ އިންޑިޔާ އާއި ލަންކާގެ ބޮޑެތި ހޮސްޕިޓަލްތައް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ މެޑިކަލް ސެންޓަރުތަކުން ވެސް މި އެކްސްޕޯގައި ބައިވެރިވެފައި ވެ އެވެ.
އަންނަ ހޮނިހިރު ދުވަހާ ހަމައަށް ބާއްވާ މި އެކްސްޕޯގައި އެކި ހޮސްޕިޓަލްތަކުން ދެމުން އަންނަ ފަރުވާތަކާއި ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށް އެމްވީ މެޑިކަލް އިން ބުންޏެވެ.
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އާ އޮޕަރޭޝަނާއެކު އޭޭޑީކޭން އަނެއްކާ ވެސް ކުރިއެރުމެއް
ރާއްޖޭގައި އަލަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ ހަދައިފި
އޭޑީކޭ ހޮސްޕިޓަލް، ޒަމާނީ ޓެކްނޮލޮޖީގެ މަތީ ހަރުފަތަށް
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
ފުރަތަމަ ހެލްތް އެކްސްޕޯ 16 ސްޓޯލާ އެކު ފަށައިިފި