15 މާޗް 2018
އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
އޭޑީކޭގެ 31 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުވި މިތަން ޚާއްސަ ކޮށްފައި ވަނީ އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދުގެ ޅިޔަނު އަދި އެ ހޮސްޕިޓަލުގެ އެއް ފައުންޑަރު ހަސަން އިބްރާހިމަށެވެ. އުމުރުން 57 އަހަރުގައި، ހިތުގެ ބަލީގައި އަވަހާރަވި ހަސަން އަށް ނިސްބަތްކޮށް އެ ކޮމްޕްލެކްސްގެ ކުރު ނަމަކީ "ހައިޓެކް" އެވެ. އެއީ "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ" އެވެ.
ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިތަން ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
ކެތު ލެބާއި އާ އޮޕަރޭޝަން ތިއޭޓަރާ ގުޅޭ ގޮތުން، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހަސަން އިބްރާހިމްގެ ނަމުގައި އެ ފަދަ ތަނެއް ހުޅުވީ ރާއްޖޭގައި ހިތުގެ ބަލިތަކަށް ދެވޭނެ އެންމެ ފެންވަރު ރަނގަޅު ފަރުވާ ހޯދައި، އެކަން ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.
އޭޑީކޭން ދެކޭގޮތުގައި އަލަށް ހުޅުވި ކާޑިއެކް ލެބާއި ތިއޭޓަރު ވެސް ވަރަށް ތަފާތެވެ. އަދި އެއީ މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭނެ ފަދަ ހިދުމަތެއްކަމަށް ވެސް އެތަނުން ބުންޏެވެ.
އޭޑީކޭގެ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް (މ) އާއި އޭޑީކޭގެ ޗެއާމަން ނާޝިދު (ކ) އަދި އެމްޑީ އަފްއާލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އަފްއާލް ވިދާޅުވީ އޮޕަރޭޝަން ކުރާ އެ ފަދަ ތަންތަނަށް ނޫނީ ބޮޑެތި ބަލިތަކުގެ ފަރުވާ ހޯދަން ދާއިރު، މީހުންގެ ހިތް ނުތަނަވަސްވާ ކަމަށެވެ. އެހެންވެ، އޭޑީކޭގައި އޯޕަން ސާޖަރީ ތިން ތިއޭޓަރު ވެސް ހަދާފައި ހުރީ، އެތަނުގައި ތިބޭ މީހުންނަށް "ސޫތިން" ނޫނީ އަރާމު އިހުސާސް ކުރެވޭ ގޮތަށެވެ. އެގޮތުން ކޮންމެ ތިއޭޓަރެއްގެ ވަށައިގެން ވެސް ފެންނަނީ ރާއްޖެއާ ގުޅުން ހުރި މަންޒަރެކެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޮޕަރޭޝަންތައް ކުރާނީ ބީޗެއް ގައި. ނޫނީ ސަންރައިޒެއް ގައި. ނޫނީ އަންޑާވޯޓާ ގައި،" އޮޕަރޭޝަން ތިއޭޓަރުތައް ސިފަ ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
"ކޮންމެ ތިއޭޓަރަކީ ވެސް އެންމެ ޒަމާނީ ފެންވަރަށް ޕޮޒިޓިވް ޕްރެޝަރު ހިފަހައް ޓާގޮތަށް ހަދާފައިވާ ތަންތަން."
ކެތު ލެބާއި އޮޕަރޭޝަން ތިއޭޓަރުގެ ވަސީލަތްތައް ވެސް ވަރަށް ފުރިހަމަ އެވެ. އެގޮތުން ވަރަށް ކުޑަ ތަންކޮޅެއް ފަޅާލައިގެން ބަލިމީހާ އަށް އަނިޔާ ކުޑަވާނެ ގޮތަށް އަދި އެންމެ ރައްކާތެރިކޮށް އޮޕަރޭޝަން ކުރެވެން ހުންނައިރު، ތްރީޑީ މެޝިނެއްގެ އެހީގައި އެ މަންޒަރު ފެންނާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭގެ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ޗެއާމަން ނާޝިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޮޕަރޭޝަން ކުރާއިރު ބޭނުން ކުރާ އަނެއް ވަސީލަތަކީ ސްޕައި މެޝިނެވެ. އޮޕަރޭޝަން ކުރާ ގޮތް ކުލައިން ކޯޑް ކޮށްފައިވާއިރު އޭގެ މެޝިނެއް އިންޑިއާ ފިޔަވައި މި ސަރަހައްދުގެ އެހެން ގައުމެއްގައި ނެތް ކަމަށް އޭޑީކޭ އިން ބުންޏެވެ.
އިންޑިއާގައި މީގެ ހަތަރު މެޝިން ހުންނައިރު ފަސް ވަނަ މެޝިން ހުރީ ރާއްޖޭގައި ކަމަށާއި މިއީ ލިބުނު ވަރަށް ކުރިއެރުމެއް ކަމަށް އޭޑީކޭ އިން ދެކެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ހާއްސަ ކެތު ލިބޭ ހިމެނޭ އޮޕަރޭޝަން ތިއޭޓަރުގެ ބައެއް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކުޑަކުދިންނާއި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މިތަނުން އޮޕަރޭޝަން ކުރެވޭއިރު އޭޑީކޭގައި މިހާރު ހުރި ކާޑިއޮލޮޖީ ޔުނިޓުގައި ފަސް އެނދު ހުރެ އެވެ. އެތަނުން ތިން އެނދު ހާއްސަ ކޮށްފައި ވަނީ ކެތު ލެބުން ފަރުވާ ދޭ މީހުންނަށެވެ. ދެން ހުރި ދެ އެނދު ހާއްސަކޮށްފައިވަނީ އޯޕަން ހާޓް ސާޖަރީ އަށް ފަހު ފަރުވާ ދިނުމަށެވެ.
އޭޑީކޭން ބުނާގޮތުގައި މިއީ ދުނިޔޭގެ ފެންވަރުގައި ފަރުވާ ދެވޭނެ ފަދަ ތަނެކެވެ. އެހާ ވެސް އެތަނުން ދެވެން ހުރި ފަރުވާ ތަފާތުވެފައި މޮޅުކަމަށް އެތަނުން ދެކެ އެވެ.
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އާ އޮޕަރޭޝަނާއެކު އޭޭޑީކޭން އަނެއްކާ ވެސް ކުރިއެރުމެއް
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް