26 ޖޫން 2016
ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި 10 ބުރީގެ އިމާރާތެއް އެޅުމަށް އެ ހޮސްޕިޓަލުން މިއަދު ނިންމައިފި އެވެ. މި ބޮޑު މަޝްރޫއުގެ އަގަކީ 18.2 މިލިއަން ޑޮލަރެވެ.
ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި 10 ބުރީގެ އިމާރާތެއް އެޅުމަށް އެ ހޮސްޕިޓަލުން މިއަދު ނިންމައިފި އެވެ. މި ބޮޑު މަޝްރޫއުގެ އަގަކީ 18.2 މިލިއަން ޑޮލަރެވެ.
އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ޕްރޮޖެކްޓު ހިންގުމަށް ޖަރުމަން ޑިވެލޮޕްމަންޓް ބޭންކުން 12 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބާކީ 6.2 މިލިއަން ޑޮލަރު، އިކުއިޓީގެ ގޮތުގައި އޭޑީކޭ އިން ހަރަދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި ކެތު ލެބެއް ގާއިމު ކުރާނެ ކަމަށެވެ. އޭރުން ހިތުގެ ބޮޑެތި ބަލިތަކަށް ވެސް އޭޑީކޭ އިން ފަރުވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ދެ ތަނަށް ބޭނުންވާ ސާމާނުތައް އަންނަ އޮގަސްޓް މަހު ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިއޭޓަރު ތެރޭގައި ހިތުގެ ސާޖަރީތައް ހެދޭވަރުގެ ކޮމްޕްލެކްސެއް ހިމެނޭ. މި ހިދުމަތް މި އަހަރުގެ ފަހުކޮޅު ދެވޭނެ ކަމަށް އުންމީދު ކުރެވެނީ،" ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަން ކިއުގައި.
މި މަޝްރޫއު ނިމޭއިރު، އޭޑީކޭގައި ހުރި އޮޕަރޭޝަން ތިއޭޓަރުގެ އަދަދު ފަހަކަށް އަރާނެ އެވެ. އަދި ކެތު ލެބަށް ގެނައުމަށް ހަމަޖެހިފައިވަނީ ބައި ޕްލޭން ސިސްޓަމެކެވެ. މި މަޝްރޫއު ނިމުމުން ސާޖަރީ ހެދުމަށް ރައްޔިތުންނަށް ބޮޑު އިތުބާރެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު އޭޑީކޭގައި ހުރި ހަތް ބުރީގެ އިމާރާތުގެ ފަހަތުގައި 10 ބުރީގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެ އިމާރާތް ހާއްސަކުރާނީ އޭޑީކޭ އިން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށާއި އޭޑީކޭގެ މުވައްޒަފުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖެތެރޭގައި އުޅޭ މީހުން މާލެ އައިސް ވަރަށް ބޮޑު ތަކުލީފަކަށްވޭ މާލޭގައި ތިބުމަށް. އެހެންވީމަ ސަބްސިޑައިޒް ރޭޓެއްގައި އޭޑީކޭ އިން ހިދުމަތް ހޯދަން އަންނަ މީހުންނަށް ބައި ސްޓޭންޑާޑް އެކޮމަޑޭޝަން ބްލޮކެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައި." ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ ހުރި ބިމުގައި މިހާރު ޖައުސާ ކޮންސްޓްރަކްޝަނުން ބޮޑު އިމާރާތެއް އަންނަނީ ހަދަމުންނެވެ. ނާޝިދު ވިދާޅުވި ގޮތުގައި މި އިމާރާތުގައި 85 އެނދާއެކު، އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަނަކާއި ދަރިމައިވުމާ ގުޅޭ ކަންތައްތަކާ ބެހޭ ކްލިނިކެއް ވެސް ހުންނާނެ އެވެ.
މީގެ އިތުރުން އޭޑީކޭގައި ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) ގެ ހިދުމަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫއު ނިމުމާއެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާޝިދު އާއި ޖާމަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ބޭފުޅަކު ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އޭޑީކޭ އިތުރަށް ތަރައްގީވެ، އާ ހިދުމަތްތަކެއް ތައާރަފްވުމަކީ އެ ހޮސްޕިޓަލްގެ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ. އަދި ޖާމަން ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ސިއްހީ ހިދުމަތް ދޭނެ މީހުން ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޝިދުގެ ވާހަކައިގައި ޖާމަން ޑިވެލޮޕްމަންޓް ބޭންކުން ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން ފާހަގަކުރެއްވި އެވެ. ލޯނު ދޭނެ މިންގަނޑުތަކާއި އޭޑީކޭއިން ހިންގާ މަޝްރޫއުތަކަކީ ކޮބައިކަން އެ ބޭންކުން ބަލައި ދިރާސާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖާމަން ޑިވެލޮޕްމަންޓް ބޭންކުން އޭޑީކޭ އަށް ލޯނެއް ނެގީ 10 އަހަރު ދުވަހުގެ ތެރޭގައި 12 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރާ ގޮތަށެވެ. މި ލޯނު ލިބުނީ އޭޑީކޭގައި ޕްރޮޓޮކޯލްތަކަކާއި ސިސްޓަމްތަކެއް އޮތީމަ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރު ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އާ އޮޕަރޭޝަނާއެކު އޭޭޑީކޭން އަނެއްކާ ވެސް ކުރިއެރުމެއް
ހިތުގެ އޮޕަރޭޝަނަށް އަހަރެއް، އިތުބާރު ހޯދިއްޖެ!
ބައިޕާސް ހެދި މީހާގެ ހާލުު ރަނގަޅު: އޭޑީކޭ