Roadha Mihaaru
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

އޭޑީކޭ ހޮސްޕިޓަލުން މުވައްޒަފުންގެ އަގުވަޒަންކޮށްފި

09 ޑިސެމްބަރ 2023

އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ "އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް" ރޭ ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ "އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް" ރޭ ދީފި އެވެ.

އެ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް 10 ކެޓަގަރީއަކުން އެވޯޑު ދިނެވެ.

އޭގެ ތެރޭގައި އެކްސެލެންޓް ޕާފޯމާސް އެވޯޑާއި ހައި ޕާފޯމާސް ވިތް 100 ޕަސެންޓް އެޓެންޑެންސް އެވޯޑާއި ހައި ޕާފޯމާސް އެވޯޑާއި 15 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ދިން އެވޯޑާއި 20 އަހަރާއި 25 އަދި 30 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ދިން އެވޯޑު ހިމެނެ އެވެ. ސިލްވާ ޕާފޯމާސް އެވޯޑާއި ގޯލްޑް ޕާފޯމާސް އެވޯޑާއި އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ވެސް މި ހަފުލާގައި ދިނެވެ.

އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު އެވޯޑު ލިބުނު މީހަކާ އެވޯޑު ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު އެވޯޑު ލިބުނު މީހަކާ އެވޯޑު ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެންމެ ބޮޑު ތިން އެވޯޑު ކަމަށް ވާ ސިލްވާ ޕާފޯމާސް އެވޯޑާއި ސިލްވާ ޕާފޯމާސް އެވޯޑު އަދި އެމްޕލޯއީ އޮފް ދަ އިޔާ އެވޯޑަށް ފައިސާގެ އިނާމު ހުށަހެޅި އެވެ. ސިލްވާ ޕޯފާމާސް އެވޯޑު ލިބުނު މުވައްޒަފުންނަށް 7.500ރ. ގެ ފައިސާގެ އިނާމު ދީފައި ވާއިރު ގޯލްޑް ޕާފޯމާސް އަށް ކަނޑައެޅީ 10،000ރ. ގެ ފައިސާގެ އިނާމެވެ.

އެމްޕްލޯއީ އޮފް ދަ އިޔާގެ އެވޯޑު ކާމިޔާބު ކުރި ސީމާ މުހައްމަދަށް ވަނީ ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ކެންޔާގެ ވައިލްޑް ލައިފް ސަފާރީއެއްގެ ދެ މީހަކަށް ފަސް ދުވަހުގެ ދަތުރެއް ދީފަ އެވެ، އެއީ ރޭގެ ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

ރޭގެ ހަފުލާގައި އޭޑީކޭގެ އެމްޑީ އަފްއާލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރޭގެ ހަފުލާގައި އޭޑީކޭގެ އެމްޑީ އަފްއާލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ހޮސްޕިޓަލުގެ އެންމެ މުހިންމު ބަޔަކީ މުވައްޒަފުން ކަމަށެވެ. ފެންވަރު ރަނގަޅު މުވައްޒަފުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރި އިރު، އެ ހޮސްޕިޓަލުން މުވައްޒަފުން ބިނާކޮށް ގިނަ ދުވަހަށް ބެހެއްޓޭނެ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

ރޭ ބޭއްވީ އޭޑީކޭގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ 11 ވަނަ ހަފުލާ އެވެ. ކޮންމެ އެވޯޑު ހަފުލާއެއްގައި އެވޯޑު ހޯދާ މުވައްޒަފުންގެ އަދަދު އިތުރުވާކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.