25 އޮކްޓޯބަރ 2023
ބޮމުގެ ހަމަލާއަށް ފަހު ފުރާނަ ސަލާމަތްވެ ހެޔޮ ހާލުގައި މިއަދު ހުންނެވުމުގެ ނަސީބު ލިބިވަޑައިގެންފައިވަނީ ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ލިބޭނެ ގޮތް މާތްﷲ މިންވަރުކުރެއްވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮމުގެ ހަމަލާއަށް ފަހު ފުރާނަ ސަލާމަތްވެ ހެޔޮ ހާލުގައި މިއަދު ހުންނެވުމުގެ ނަސީބު ލިބިވަޑައިގެންފައިވަނީ ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ލިބޭނެ ގޮތް މާތްﷲ މިންވަރުކުރެއްވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މެއި 6، 2021 ގައި ދިން ހަމަލާއާ ގުޅިގެން އެ ހޮސްޕިޓަލްގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފު އިސްވެ ހުންނަވައި، އެ ހޮސްޕިޓަލްގެ ގާބިލް ޓީމުން އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށެވެ.
ހަމަލާގެ ސަބަބުން ބޮލާއި އުނަގަނޑު އަދި ޖުމްލަކޮށް މުޅި ހަށިގަނޑުގެ ތެރެއަށް ވަތް އެތިކޮޅުތައް ނެގިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑަކީ ބްރެއިން އެންޑް ސްޕައިން ސާޖަރީގެ ތެރެއަށް އެންމެ ބޮޑަށް ވަދެވިފައި ހުރި މީހާއަށް ވުމަކީ ގާތްކަމެއް" ކަމަށެވެ.
އޭޑީކޭއިން ކުރާ މަސައްކަތުގެ މުހިންމުކަން ނުވަތަ އެ މީހުންގެ މިޝަންގެ މެރިޓަށް ޔަގީންކޮށްދޭން ޖެހޭ އެންމެ ފަހު މީހަކީ ނަޝީދު ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވައިފަ އެވެ.
އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު އެންމެ ފުރަތަމަ ހިންގެވި ކްލިނިކް އަދި އޭގެ ފަހުން ސެންޓްރަލް ހޮސްޕިޓަލް ހިންގި އިމާރާތަށް ބަދަލުވެ، ސިއްހީ ދާއިރާ މި ހިސާބަށް އައީ އޭރު ކުރި އިންވެސްޓްމަންޓުތަކުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ފަރުވާއަށް ނަޝީދު ތައުރީފްކުރެއްވިއިރު، އެ މަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ފުރާނަ ސަލާމަތްކުރަން 16 ގަޑިއިރު ވަންދެން އޭޑީކޭގެ ޑޮކްޓަރުންނާއި މެޑިކަލް ޓީމުން ހުއްޓުމެއް ނެތި މަސައްކަތްކުރި އެވެ.
އެކަމުގެ މައުލޫމާތު ހިއްސާކުރަން އޭރު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލުން ބުނީ ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ރޭޒާ ފުކެއް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ގެއްލުންވެ، ބަނޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި ކަމަށް އޭރު ބުންޏެވެ.
ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކެމެރާއެއް ބަނޑު ތެރެއަށް ލައިގެން ބެލިއިރު މަސްގަނޑު ފޫއަޅުވާލައި އަދި ބަނޑު ތެރޭގައި ގިނަ އަދަދެއްގެ ލޭ ޖަމާ ވެފައި ހުއްޓެވެ. ވަގުތުން ދެ ވަނަ އޮޕަރޭޝަންކޮށް، ބަނޑު ތެރޭގައި ޖަމާވެފައި ހުރި 600 މިލިލީޓަރުގެ ލޭ ބޭރުކުރި އެވެ. ބަނޑުގެ އެތެރެއިން ހުރި އަނިޔާތައް ފެނުނީ އެ ހިސާބުންނެވެ.
މަޖިލީހުގެ ރައީސް ނަޝީދު، އޭޑީކޭ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ފާހަގަ ކުރެވުނީ ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރި ކަމަށް. ހުރި ދެ ތަނަކުން ފޫ އަޅާފައި. އެއީ އެއްކޮޅުން ވަދެފައި އަނެއްކޮޅުން ނިކުމެފައި އިިން ތަން. ދެން އޭގެ އިތުރުން މައިދާއޭ މިކިޔާ ބަނޑު ނުވަތަ ސްޓޮމަކް ފޫ އަޅާފައި އިން ކަން ފާހަގަ ކުރެވުނު. އެއީ ވެސް އެއް ފަރާތުން ވަދެފައި އަނެއް ފަރާތުން ނިކުމެފައި އިނީ،" އޮޕަރޭޝަން ޑޮކްޓަރު އަހުމަދު ނިޝާން ވިދާޅުވި އެވެ. ނަޝީދުގެ އިސްތަށިފުޅަށް ވެސް ދަގަނޑުކޮޅެއް އެތެރެއަށް ވަދެފައި އިނެވެ. އެއީ ވައަތްފަރާތު ކަންފަތާ ދިމާލު މަތިންނެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން ބޮލުގެ ނުވަތަ ސިކުނޑިއަށް އޭގެ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި އެ ދަގަނޑުކޮޅު ނެގުނެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ދިން ފަރުވާތަކަށް ފަހު ތެރަޕީއަށް އެ މަނިކުފާނު ވަޑައިގަތީ ޖަރުމަނަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭއިން ވަނީ، ނަޝީދު ހޮސްޕިޓަލްގައި ތުރުކުރެއްވި ހެދުންކޮޅު، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އެ މަނިކުފާނަށް އަރުވައިފަ އެވެ.
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ނަޝީދުގެ ރިކަވަރީ ވަރަށް ރަނގަޅު: އާއިލާ
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތަށް ޑރ. ޕާންޑިއަންގެ ނަން
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި