07 ޖެނުއަރީ 2018
އޭޑީކޭގައި މިއަދު ހުޅުވި އެ ތަނުގެ އާ އިމާރާތަށް، އެ ހޮސްޕިޓަލުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑރ. އާރުޖޭސީ ޕާންޑިއަންގެ ނަމުން ނަން ދީފި އެވެ.
އޭޑީކޭގައި މިއަދު ހުޅުވި އެ ތަނުގެ އާ އިމާރާތަށް، އެ ހޮސްޕިޓަލުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑރ. އާރުޖޭސީ ޕާންޑިއަންގެ ނަމުން ނަން ދީފި އެވެ.
އަށް ބުރީގެ މި އިމާރާތުގެ ނަމަކީ ޑރ. ޕާންޑިއަން ވިންގެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ވެސް، އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަނިކޮށް 2014 ވަނަ އަހަރު އަވަހާރަވި، ޕާންޑިއަންގެ އަނބިކަނބަލުންނާއި ދަރިކަލުންނެވެ.
އިންޑިއާ އަށް އުފަން ޕާންޑިއަން، އެ ހޮސްޕިޓަލުގައި 27 އަހަރު ހިދުމަތް ކުރެއްވި އިރު، 1987 ވަނަ އަހަރު ހުޅުވި އޭޑީކޭގެ ކްލިނިކްގައި ވެސް ވަނީ މަސައްކަތްް ކުރައްވާފަ އެވެ. އަވަހާރަވި އިރު އޭނާ ހުންނެވީ އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ރާއްޖޭގެ ގިނަ ބަޔަކު ދަންނަ އަދި އޭނާގެ ފަރާތުން ހިދުމަތް ހޯދާފައިވާ ޕާންޑިއަންގެ ދަރިކަލުން، އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބުނީ އާ އިމާރާތް ބައްޕަ އަށް ހާއްސަ ކުރުމަކީ ބައްޕައަށާއި އޭނާގެ ހިދުމަތަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެކަމަށް އޭނާ އޭޑީކޭ އަށް ޝުކުރު އަދާ ކުރި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ބިދޭސީން ގިނަ ހިދުމަތްތަކެއް ކުރާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާގައި އެ މީހުންގެ ދައުރު ބޮޑު ކަމަށެވެ. އަދި އޭގެ އަގު ދިވެހިން ވަޒަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޑރ. ޕާންޑިއަންގެ އާއިލާގެ ތިން މެމްބަރުން (ވ)، އޭޑީކޭގެ ބައެއް ވެރިންނާއެކު. -- މިހާރު ފޮޓޯ: ނިޝާން އަލީ
އޭޑީކޭ އަށް ޕާންޑިއަން ކުރެއްވި ހިދުމަތްތައް ފާހަގަ ކުރައްވަމުން ނާޝިދު ވިދާޅުވީ އެ ހޮސްޕިޓަލް ދެމިހުރިހާ ދުވަހަކު، އާ އިމާރާތް ހުންނާނީ އެ ޑޮކްޓަރުގެ ނަމުގައި ކަމަށެވެ.
އޭޑީކޭގެ އާ އިމާރާތް މި ހުޅުވީ، އާއްމު ބަލިތަކަށް ފަރުވާ ދޭ ޕާންޑިއަން އަވަހާރަވި ދުުވަހާ ގުޅުވައިގެންނެވެ.
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަލާމަތްވީ އޭޑީކޭގައި ފަރުވާ ލިބޭނެގޮތް ވުމުން: ނަޝީދު
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
އޭޑީކޭގައި ދެ ޑީކޯ ޗެމްބަރު ބަހައްޓައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި