Roadha Mihaaru
ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް

ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް

09 ޖޫން 2021

ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ޓެމިލްނާޑޫގެ 10،000 މީހުންނަށް ހާއްސަ ފްލައިޓެއް އެ ގައުމުގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ތާވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ޓެމިލްނާޑޫގެ 10،000 މީހުންނަށް ހާއްސަ ފްލައިޓެއް އެ ގައުމުގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ތާވާލުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި ޓެމިލް ނާޑޫގެ 10،000 މީހުން ޓީޗަރުންގެ ގޮތުތަގަ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެ އެވެ. އަދި ގިނަ މީހުން ތިބީ ގައުމަށް ނުދެވިފައި ކަމަށާއި އެ ގައުމަށް ފްލައިޓުތައް ދަތުރުކުރި ނަމަވެސް ސީދާ ޓެމިލްނާޑޫއަށް ނުދެވޭތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެއާ އިންޑިއާ އިން މި ދަތުރު ތާވަލުކުރުމުގެ ކުރިން ވަނީ ފޭސްބުކް މެދުވެރިކޮށް ސާވޭއެއް ހިންގައިފަ އެވެ. މި ސާވޭގައި 200 އަށް ވުރެ ގިނަ މީހުން ވަގުތުން އެ ގައުމަށް ދާން ބޭނުންވާކަމަށް ވަނީ ބުނެފަ އެވެ.

މި ދަތުރު ތާވާލުކޮށްފައިވަނީ ރާއްޖޭގެ ބޮޑު ޗުއްޓީއާ ދިމާކޮށް މި މަހުގެ 25 ވަނަ ދުވަހުގަ އެވެ. އެ ދަތުރު އޮންނާނީ މާލެއިން ޓެމިލް ނާޑޫގެ ޓްރިޗީ އެއާޕޯޓަށެވެ.

އެއާ އިންޑިއާގެ މި ފްލައިޓަކީ ކާގޯ ފްލައިޓެކެވެ. ރާއްޖެއަށް ކާގޯ ގެނައުމަށް ފަހު ފްލައިޓު އެނބުރި ދާނީ ޓެމިލްނާޑޫ އަށް ދާން ބޭނުންވާ އިންޑިއާގެ ރައްޔިތުން ގޮވައިގެން ކަމަށް އެއާ އިންޑިއާއިން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އެ ގައުމުން ޓޫރިސްޓުން އައުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުން ވެސް ޓޫރިސްޓުން އައުން މިހާރު މަނާވާނެ އެވެ. ނަމަވެސް ރާއްޖޭގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ފްލައިޓުތައް ބޭއްވޭނެ އެވެ.