27 ޖޫން 2020
ޓަމިލް ނާޑޫ (ޖޫން 27) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގައި ފުލުހުންގެ ބަންދުގައި ތިބި ދެބަފައިން މަރުވުމުން އެ ސްޓޭޓުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.
ޓަމިލް ނާޑޫ (ޖޫން 27) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގައި ފުލުހުންގެ ބަންދުގައި ތިބި ދެބަފައިން މަރުވުމުން އެ ސްޓޭޓުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.
ޕީ. ޖެޔަރާޖް، 58، އާއި އޭނާގެ ފިރިހެން ދަރިފުޅު ފެނިކްސް، 38، ހައްޔަރު ކުރީ ހުއްދަ ނޫން ގަޑިއެއްގައި ފިހާރަ ހުޅުވައިގެން އުޅުމުންނެވެ. ކޮރޯނާވައިރަސް ފެތުރޭތީ ޓަމިލް ނާޑޫގެ ބޮޑު ބައެއް އަދިވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ.
އެއްރޭ ހަތަރުދަމު ފުލުހުންގެ ބެލުގެ ދަށުގައި ތިބި އެ ދެ މީހުން ވަނީ ދެ ދުވަސް ފަހުން މަރުވެފަ އެވެ. އެ ދެބަފައިންގެ ގާތްތިމާގެ މީހުން ބުނަނީ އެ ދެ މީހުން މަރުވީ ފުލުހުން އަނިޔާ ކުރުމުން ކަމަށެވެ.
ޖެޔަރާޖާއި ފެނިކްސްގެ މަރުގެ ޚަބަރު ލިބުމާ އެކު އެތައް ބަޔަކު ވަނީ އެ މައްސަލަ ބަލަން ގޮވާލަން ފަށައިފަ އެވެ. ސްޓޭޓުގެ ޕާލަމެންޓުގެ އިިދިކޮޅު މެންބަރުން ވަނީ މަގުތަކަށް ނުކުމެ އިހްތިޖާޖް ފަށައިފަ އެވެ. ވިޔަފާރިވެރިންގެ ޔޫނިއަން އިން ވަނީ ފުލުހުންގެ އަމަލު ކުށްވެރިކޮށްފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޓަމިލް ނާޑޫގެ ކޯޓަކަށް ވެސް ހުށަހަޅައިފަ އެވެ. ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
"Police dept your friend"..?First police should treat people atleast as humans.Misusing the power is a Barbaric crime.Transfering or suspension can't be considered as an action on those criminals.Need a severe action.Put fullstop to custodial murders.#JusticeForJeyarajAndFenix pic.twitter.com/ok8ZUECxSK
— Siddharth (@Siddhartha18509) June 26, 2020
އެ ދެބައިފައިން ހައްޔަރު ކުރި ފުލުހުންގެ ޒިންމާތައް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ސްޓޭޓުގެ ސަރުކާރުން ވަނީ މަރުވި ދެ މީހުންގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުޕީސް (13،222 ޑޮލަރު) ދީފަ އެވެ.
އެންޖީއޯތަކެއް ގުޅިގެން ހެދި ރިޕޯޓެއްގައި ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭން 2019 ވަނަ އަހަރު ވަނީ 1،731 މީހުން މަރުވެފައި ކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން 2006 ވަނަ އަހަރު ވަނީ ފުލުހުންގެ މައްސަލަތައް ބެލުމަށް ޕޮލިސް ކޮމްޕްލެއިންޓް އޮތޯރިޓީއެއް ކޮންމެ ސްޓޭޓެއްގައި ވެސް އުފެއްދުމަށް އަންގައިފަ އެވެ. އެކަމަކު ގިނަ ސްޓޭޓްތަކުގައި އެކަން ކޮށްފައެއް ނުވެ އެވެ.
ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ
މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެނީ
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ