Roadha Mihaaru

ބޯފެން ހުސްކުރި 40 ފުޅީގައި ބަނގުރާ ހިފައިގެން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބޯފެން ހުސްކުރި 40 ފުޅިއަށް ބަނގުރާ އަޅައިގެން ދަނިކޮށް ހުޅުމާލެއިން ރޭ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

ބޯފެން ހުސްކުރި 40 ފުޅީގައި ބަނގުރާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 މެއި 2025

ބޯފެން ހުސްކުރި 40 ފުޅިއަށް ބަނގުރާ އަޅައިގެން ދަނިކޮށް ހުޅުމާލެއިން ރޭ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.

ބަނގުރާ އަޅާފައި ހުރި ފުޅިތައް. -- ފޮޓޯ: ޕޮލިސް

ބަނގުރާ އަޅާފައި ހުރި ފުޅިތައް. -- ފޮޓޯ: ޕޮލިސް

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުންނެވެ. އެއީ ތަލަޕަތީ ޕުގަޒެންދީ، 27، އަދި، ރާޖަގޯޕާލް ސެލްވަގަނަޕަތީ، 47، އެވެ.

ބަނގުރާ ގެންދަނިކޮށް ފެނުނު ވޭނާއި ފެނުނު ފުޅިތައް

ބަނގުރާ ގެންދަނިކޮށް ފެނުނު ވޭނާއި ފެނުނު ފުޅިތައް

މި މީހުން ބަނގުރާ އުފުލި ވޭނުގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ ވެހިކަލް ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެއްތަނުން އަނެއްތަނަށް ބަނގުރާ އުފުލުމުގައި އުޅެނިކޮށް ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަރަށް ގިނަ އެވެ.