Roadha Mihaaru

އަނެއްކާވެސް ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

ހުޅުމާލޭގައި ކާރަކަށް ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މެއި 2025

ހުޅުމާލޭގައި ކާރަކަށް ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރީތިގަސް މަގުން ކާރަކަށް ބަނގުރާ އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މުހައްމަދު އުޝާން، 46، ގ. ލާމިއާގެ ކަމަށެވެ.

ފުލުހުން ބުނީ އަމީން އެވެނިއު މެޕަލް ކުރިމަތިން ކާރު ހުއްޓުވައިގެން ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނުނު ކަމަށާއި އެ ފޮށިގަނޑުތަކުގައި 84 ފުޅި ބަނގުރާ ހުރި ކަމަށެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ވެސް 40 ފުޅި ބަނގުރަލާ އެކު އިންޑިއާ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކުރި އެވެ. އެ މީހުން އަތުލައިގަތީ ބޯފެން ހުސްކުރި ފުޅިތަކަކަށް ރާ އަޅައިގެން، ވޭނެއްގައި އެ ހިފައިގެން ދަނިކޮށެވެ.