ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
28 ޑިސެމްބަރ 2024
ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ތިނެއްގައި ބިދޭސީއަކު ފޮށިގަނޑެއް ހިފައިގެން ދާތަން ފެނިގެން ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ދިޔަ ކަމަށެވެ. އޭނާ ފޭސް 3 ގެ ބީޗް ސަރަހައްދުގައި އެ ފޮށިގަނޑު ފޮރުވި ކަމަށާއި އެކަން ހުއްޓުވަން އުޅުމުން ފުލުހުންނާ މާރަމާރީ ހިންގައި ފިލަން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބެލި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށާއި އެ މީހުން ދިރިއުޅެމުން ދިޔަ ސައިޓަށް ފުލުހުން ދިޔުމުން އިތުރު ދެ މީހަކު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ކެއްކި މައްސަލާގައި ހައްޔަރު ކުރި ތިން މީހުން--ފޮޓޯ: ޕޮލިސް
އެތަނުގައި ބަނގުރަލަށް ޝައްކު ކުރެވޭ 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް އަދި ބަދިގެ ތެރެއިން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފޭކް ސްލިޕުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަނީ
ބަނގުރާ ހިފައިގެން ދަނިކޮށް އެކްސިޑެންޓްވުމުން ފިލައިފި
އަލުން ހައްޔަރުކުރަން ޖެހުނީ ކޯޓުގެ އިދާރީ ކަމަކާ ހެދި
ހައްޔަރުކުރި ގޮތް ގޯސްވެ، ކޯޓުގެ ނުރުހުން ފުލުހުންނަށް
އަލަމްގީރުގެ ފަރާތުން ބައްޔެއް ފެތުރިފައި އޮވެދާނެ!
ބިދޭސީ މީހާގެ މަރު: ތުހުމަތުވާ ޕާކިސްތާނު މީހާ ހޯދަނީ
ބަންގްލަދޭޝްގެ މީހަކަށް ހަމަލަދީ މަރާލައިފި
ހުޅުމާލޭގައި ބިދޭސީން ބޮޑު މާރަމާރީއެއް ހިންގައިފި
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި