އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް އަދި އޭގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރި މައްސަލައިގައި ހިމެނޭ އަލަމްގީރް ގާތަށް އެތައް ސަތޭކަ ބަޔަކު ގޮސްފައިވާ ކަމަށް ބެލެވޭ މައުލޫމާތުތަކެއް ލިބިއްޖެ އެވެ.
23 ޖުލައި 2022
އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް އަދި އޭގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރި މައްސަލައިގައި ހިމެނޭ އަލަމްގީރް ގާތަށް އެތައް ސަތޭކަ ބަޔަކު ގޮސްފައިވާ ކަމަށް ބެލެވޭ މައުލޫމާތުތަކެއް ލިބިއްޖެ އެވެ.
ގިނަ އަދަދެއްގެ މީހުން އަލަމްގީރާ އެކު ފާހިޝް އަމަލުތައް ހިންގާފައި ވާއިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައިންގަޔަށް އަރާ ބަލި ހުރޭތޯ މިއިން ދުވަހަކު އޭނާ ޓެސްޓެއް ނުކުރެ އެވެ.
ރާއްޖޭގެ އެކި ފެންވަރުގެ މީހުން، ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަން މިހާތަނަށް ވަނީ އާންމުވެފައިވާ ވީޑިއޯތަކުން އެނގިފަ އެވެ. އޭނާ ރެކޯޑްކޮށްފައިވާ ވީޑިއޯތަކުގައި ވެސް އެތައް ބައެއްގެ މަންޒަރުތައް އެބަހުރި ކަމާއި އެ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަަމުން އަންނަކަން ވަނީ އެނގި އެވެ. ނަމަވެސް އެ ކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އަލަމްގީރް ތަހުގީގަށް ހައްޔަރުކޮށްފައި ވާއިރު، އޭނާ ތަހުގީގަށް އެއްބާރުލުން ދީ، އޭނާއާ އެކު ގުޅުން ހިންގި މީހުންގެ ތެރެއިން އެނގޭ މީހުންގެ މައުލޫމާތު ދެމުން އަންނަ ކަމަށް ވަނީ އެނގިފަ އެވެ. އޭނާ އަށް ވެސް ސީދާ އަދަދެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު އަލަމްގީރުގެ ވާހަކަތަކާއި މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުން، އޭނާގެ ގާތަށް ގޮސް ފާހިޝް އަމަލު ހިންގި މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށް އެނގިފައިވާ އެވެ.
ދިވެހިންގެ އިތުރުން ބިދޭސީން ވެސް އަލަމްގީރާ އެކު ގުޅުން ހިންގާފައިވެ އެވެ.
މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަލަމްގީރް ފާހިޝް އަމަލުތައް ރާއްޖޭގައި ހިންގާތާ އެތައް ދުވަހެއް ވެފައި ވާއިރު އޭނާ ގާތަށް ދިޔަ މީހުންގެ ތެރޭގައި ކައިވެނިކޮށްގެން އުޅޭ އެތައް ބަޔަކު ވެސް ހިމެނޭތީ އެ ކަމާ ގުޅުން ނެތް ބަޔަކަށް ވެސް ނުރައްކާ އެބަ އޮތެވެ.
"މި ނުބައި އަމަލު ހިންގި މީހުންނަށް ބަލިތައް ޖެހުމުގެ ނުރައްކާ އޮތް އިރު، މިކަމާ ގުޅުމެއް ނެތް، ކުށެއް ނެތް އެތައް ބަޔަކަށް ސިއްހީ ނުރައްކާ އޮތްކަން މިހާރު އެބަ އެނގޭ. މިއީ ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެއް،" އޭނާ ކިޔައިދި އެވެ.
"މީނާ އަކީ ރާއްޖެއަށް އައުމުގެ ކުރިން ވެސް އެއްޖިއްސުން ގުޅުން ހިންގުމުގެ އަމަލުތަކުގެ ތެރޭގައި އުޅެފައި ހުރި މީހެއް ކަމަށް ބެލެވޭ. އެހެންވެ މީނާ އަކީ ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރި މީހަކަށް ވުމުގެ ފުރުސަތު ބޮޑު."
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލައާ ގުޅުން ހުރި ސިއްހީ ނުރައްކާ އަދި ސަމާލުކަމަށް ގެނެސްފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލަމްގީރުގެ ފަރާތުން ބަލި ފެތުރިފައި ވެދާނެ ކަމުގެ ކަންބޮޑުވުން އޮތަސް ފުލުހުންގެ ތަހުގީގުގައި ވެސް އޭނާ މެޑިކަލް ޓެސްޓެއް އަދި ނުހައްދަ އެވެ.
އެ ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖެ އަށް ވަޒީފާއަށް އަންނަ ބިދޭސީން މެޑިކަލް ޓެސްޓްތައް އޮޅުވާލައިގެން ހުށަހަޅާ މައްސަލަ ވަރަށް ބޮޑެވެ. އަދި އަލަމްގީރަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައިސް، ސަރުކާރުން ހުޅުވާލި ފުރުސަތުގައި އަލުން ރަޖިސްޓްރީކޮށްގެން ރާއްޖޭގައި އުޅެމުން އަންނަ މީހެކެވެ. އެހެންވެ، އަލަމްގީރުގެ ސިއްހީ ހާލަތު އެނގޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ.
އަލަމްގީރާ އެކު ގުޅުން ހިންގިކަން މިހާތަނަށް އެނގޭ މީހުންގެ ތަހުގީގު ފަށައި އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ވީޑިއޯތަކުން ވެސް ގިނަ ބަޔަކު ފެންނާތީ އެ އެންމެން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާތީ އެހެން މީހުންގެ ތަހުގީގު އަދި އުޅެނީ ވަރަށް ކުރީ މަރުހަލާއެއްގަ އެވެ.
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
ފޭކް ސްލިޕުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަނީ
މަންކީޕޮކްސްގެ ޓެސްޓް ކިޓާއި ވެކްސިން ހޯދަނީ
މަންކީޕޮކްސްގެ "އެންމެން" އެއްޖިންސުން ގުޅުން ހިންގާ
މަންކީޕޮކްސްއަކީ ސިއްހީ އިމަޖެންސީއެއް: ޑަބްލިއުއެޗްއޯ
އަލަމްގީރްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ހައްޔަރުކޮށްފި
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި