17 ޖެނުއަރީ 2022
ރާއްޖެ އަށް ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރާއްޖެ އަށް ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ޖޫން، 2017 ގައި އޭނާ ރާއްޖެ އައިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި އެ މީހާގެ މައްޗަށް ދައުލަތުން ކުރީ މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މީހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ފެނުނަސް، އެ އެއްޗެއްގައި މަސްތުވާތަކެތި ހުރިކަން އެ މީހަކަށް އެނގޭ ކަމުގެ ހެކި ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އެ މީހާ އަށް އެނގޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އެއީ އެހެން މީހަކާ ހަވާލުކުރަން މީހަކު ދިން ފޮށިގަނޑެއް ކަމަށް އެ މީހާ ބުނާއިރު، ފޮށިގަނޑާ ހަވާލުވާ މީހާ ހޯދަން ހިންގި އޮޕަރޭޝަންގެ ތެރެއިން އެހެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ އަށް ހައްޔަރުކުރި މީހާ އެކަމާ ބެހޭގޮތުން ބުނެފައިވާ ބުނުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި ހަގީގަތާ ހަމައަށް ވާސިލުވާން ދައުލަތުން ކުރި އިތުރު މަސައްކަތެއް ފެންނަން ނެތް ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެހެންވެ، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައި ބުންޏެވެ.
ޑްރަގް އެތެރެކުރުމުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑެއް ހައްޔަރުކޮށްފި
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ވަންވޭ ފަޅާފައި ދުއްވަނިކޮށް ހުއްޓުވިއިރު ފެނުނީ ޑްރަގް
ޖިންސީ ގުނަވަނުގައި ޑްރަގް ފޮރުވައިގެން އުޅުމުން ޖަލަށް
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް
ބޮކްސާ ތެރެއިން ޑްރަގް ފެނުނަސް، ކުށް ސާބިތެއް ނުވި
ދޯނީގައި ބިދޭސީމީހާ މަރާލި މައްސަލައިގައި ދައުވާކޮށްފި