Roadha Mihaaru
މަންކީޕޮކްސްއަކީ ސިއްހީ އިމަޖެންސީއެއް: ޑަބްލިއުއެޗްއޯ

މަންކީޕޮކްސްއަކީ ސިއްހީ އިމަޖެންސީއެއް ކަަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

23 ޖުލައި 2022

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު، ފެތުރެމުންދާ މަންކީޕޮކްސްއާ ގުޅިގެން މުޅި ދުނިޔެ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާން ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު، ފެތުރެމުންދާ މަންކީޕޮކްސްއާ ގުޅިގެން މުޅި ދުނިޔެ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާން ކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އިއުލާން ކުރެވޭ އެންމެ މަތީ އެލާޓް ނެރުނީ އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ވަރަށް ގިނަ ގައުމުތަކުގައި މަންކީޕޮކްސްގެ ކޭސްތައް ބާރު ސްޕީޑެއްގައި އިތުރުވަމުން ދާތީ އެވެ.

މިހާތަނަށް 75 ގައުމަކުން 16،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނަރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވި އެވެ.

އެ ބަލީގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ.