18 ޖުލައި 2022
ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަލަމްގީރްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ. އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކުރިން އޮތީ ފަސް ދުވަސް ދީފަ އެވެ.
ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަލަމްގީރްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ. އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކުރިން އޮތީ ފަސް ދުވަސް ދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލަމްގީރްގެ ބަންދުގެ ފަސް ދުވަހުގެ މުއްދަތު ހަމަވެ، ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފަ އެވެ. އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާއްމުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހަކު ވެސް ހަމަ އަލަމްގީރްއާއެކު އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އެވެ.
ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް އަދި ނަޝީދުގެ ވެސް ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށް ވެ އެވެ. ނަމަވެސް އެ ވީޑިއޯތައް ފަހުން އެ އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.
އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ހައްޔަރުކޮށްފި
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ
އަލަމްގީރް ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި
އަލަމްގީރުގެ ފަރާތުން ބައްޔެއް ފެތުރިފައި އޮވެދާނެ!
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި
މިސްކިތުގައި ބަރަހަނާވި މީހާ ގައުމަށް ފޮނުވައިލަނީ
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ޖިންސީ ގޯނާގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި