މަރާލާފައި އޮއްވައި ހުޅުމާލޭގެ ދެވަނަ ފޭސް އިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި އިންޑިއާ އަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
29 ޖޫން 2021
މަރާލާފައި އޮއްވައި ހުޅުމާލޭގެ ދެވަނަ ފޭސް އިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި އިންޑިއާ އަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފޮއްޓަކަށް ލާފައި މޫދަށް އެއްލާލާފައި އޮއްވައި، ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. އެ ކުއްޖާ ފެނުނީ، އޭނާ ރަހީނުކުރި ކަމުގެ ރިޕޯޓު އާއިލާ އިން ކުރުމުން ފުލުހުން އެ މައްސަލަ ބެލުމުގެ ތެރެއިންނެވެ.
ޕޯސްޓްމޯޓަމަކީ މަރުވި ސަބަބު ދެނެގަތުމަށް އެތެރެހަށި ބަލައި، ހަދާ ޓެސްޓެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، ފުލުހުންނަށް ވަނީ އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ދީފަ އެވެ. ނަމަވެސް، 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ އާއިލާގެ ރުހުމާއެކު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެހެންވެ. ޕޯސްޓްމޯޓަމް ރިޕޯޓު ލިބުމުގެ ކުރިން ދައުވާ ކުރަން ފޮނުވާނެތޯ އެހުމުން ފުލުހުން ސީދާ ޖަވާބެއް ނުދިނެވެ. ބުނީ، ދައުވާ ކުރުމަށް ފޮނުވާނީ ކަނޑައެޅިފައި އޮންނަ މުއްދަތު ތެރޭގައި އެކަށީގެންވާ ހެކި ހޯދައި، ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިބްރާހިމް ޒިހާން، 27 އާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ހަށިގަނޑު ފެނުމުގެ ކުރިން، ރަހީނު ކުރި ކަމަށް ބުނާ މައްސަލައިގައި އެ ދެ މީހުން ތިބީ ހައްޔަރުކޮށްފަ އެވެ. ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހުގެ ބަންދެއްގަ އެވެ.
އެނގިފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާ މަރައިލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން އެ ކުއްޖާ ރަހީނުކޮށްގެން އުޅުމަށް ފަހު އެވެ.
ކުއްޖާ މަރާލުމާ ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކުއްޖާގެ މަރުގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބިއްޖެ: ޕޮލިސް
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި
ހައްޔަރުކުރި މީހުންނަށް ޖިންސީ ގޯނާގެ ތުހުމަތު
ރަހީނުކޮށް މަރާލައި މޫދަށް އެއްލައިލި ކުއްޖަކު ހޯދައިފި
ހުޅުމާލެ އަނދިރިވުމާއި ސީސީޓީވީ ނެތުމުގެ ބިރު!
ހާރިސް މަރާލިއިރު އޭނާ އައީ ރިހެބުން ފަރުވާ ހޯދަމުން
ހާރިސް މަރައިލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި