28 ޖުލައި 2020
ކޮވިޑް-19 ގެ ސަބަބުން ވަރަށް ގިނަ ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެކި ހިދުމަތްދޭ ތަންތަނުގެ މަސައްކަތުގެ ވައްޓަފާޅި އަށް ވެސް ވަނީ މިކަމާ ގުޅިގެން ބަދަލުތައް ގެންނަން ޖެހިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ވަރަށް ގިނަ ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެކި ހިދުމަތްދޭ ތަންތަނުގެ މަސައްކަތުގެ ވައްޓަފާޅި އަށް ވެސް ވަނީ މިކަމާ ގުޅިގެން ބަދަލުތައް ގެންނަން ޖެހިފަ އެވެ.
އެގޮތުން ހޮސްޕިޓަލްތަކާއި ކެފޭ/ރެސްޓޯރަންޓާއި އެއާޕޯޓް ފަދަ ތަންތަނުގައި އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަކޮށްގެން ރޮބޮޓް ބޭނުންކުރަމުންނެވެ. މި އެއްޗެހި އަދާކުރާ ދައުރުތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ސެނިޓައިޒާ ދިނުމާއި ފިނިހޫނުމިން ބެލުމާއި ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން ޖެހޭ ގޮތުގެ ހާއްސަ މެސެޖްތައް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިގެން އުޅެނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ސާޅީ ވިއްކާ ޝޯރޫމެއްގައި ސާޅީ އެޅި ރޮބޮޓެއް ބޭނުންކުރާތީ އެެވެ. މި ރޮބޮޓްގެ މަސައްކަތްތަކީ ޝޯ ރޫމަށް ވަންނަ މީހުން ދެނެގަނެ، މީހުންގެ ކައިރި އަށް ގޮސް އަތް ސެނިޓައިޒްކުރުމުގެ ފުރުސަތު ދިނުމެވެ.
Technology put to right use at one of the textile showrooms in TN. An automated mannequins draped in saree detects customers around and walks to them to provide sanitisers. Post Corona is sure to see intensified technological evolutions. pic.twitter.com/r2QQg1wpsY
— Sudha Ramen IFS ?? (@SudhaRamenIFS) July 20, 2020
މި ރޮބޮޓްގެ ވީޑިއޯ ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ޝެއާކޮށްފައި ވާއިރު، ރޮބޮޓްގެ ބޭނުން ޝޯރޫމުން ހިފަނީ ވަރަށް ރަނގަޅަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
Two-in-one : she models for the saris and also provides you with sanitizer #CoronaInnovation @makma_twitpic.twitter.com/KGknMXXjQz
— Harsh Goenka (@hvgoenka) July 19, 2020
ސަބަބަކީ އެތަނުން ވިއްކާ ސާޅީ ޑިސްޕްލޭކޮށް، ކަސްޓަމަރުންގެ ސަމާލުކަން ހޯދަން ރޮބޮޓްގެ ބޭނުން ހިފާތީ އެވެ. އަދި މިގޮތަށް ރޮބޮޓް ބޭނުން ހިފުމަކީ އެއްފަހަރާ ދެ ކަމެއް ހާސިލުވުން ކަމަށް ބައެއް މީހުން ބުންޏެވެ. އެއް ކަމަކީ ސާޅި ޕްރޮމޯޓްކުރެވުމާ އެކު، ސެނިޓައިޒާ އުނގުޅަން ކަސްޓަމަރުންނަށް ޖެހުމެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ބޭނުން ހިފަންވީ މިކަހަލަ ގޮތްގޮތަށެވެ.
ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ
ކަމަލް ހަސަން ފިލްމު ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް
އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރައްޔިތުން ހަނދަށް؟!
އިންޑިއާ: ދެބަފައިން މަރުވުމުން ފުލުހުންނަށް ނުރުހުން
އާ ކައިވެންޏަށް ފަހު ނެގި ސެލްފީއާ އެކު އަނބިމީހާ މަރުވެއްޖެ
ހިންދީ ބަސް މަޖުބޫރުކުރަން ޓެމިލް ނާޑޫގެ ނުރުހުން!
ޓަމިލް ނާޑޫން ވަނީ 1.3 ބިލިއަން ރުޕީސް އަތުލާފައި
ކައުސަލިޔާ އާއި ޝަންކަރުގެ ލޯބީގެ ވާހަކަ