06 ޖޫން 2019
ހިންދީ ބަހަކީ އިންޑިއާގެ ސްކޫލްތަކުގައި ކިޔަވައިދޭން މަޖުބޫރު މާއްދާއަކަށް ހަދަން އުޅުމުން ޓެމިލް ނާޑޫ މީހުން ފާޅުކުރި ނުރުހުމާ އެކު އެކަން އެގޮތަށް ނުކުރަން އެގައުމުގެ މައި ސަރުކާރުން ނިންމައިފި އެވެ.
ހިންދީ ބަހަކީ އިންޑިއާގެ ސްކޫލްތަކުގައި ކިޔަވައިދޭން މަޖުބޫރު މާއްދާއަކަށް ހަދަން އުޅުމުން ޓެމިލް ނާޑޫ މީހުން ފާޅުކުރި ނުރުހުމާ އެކު އެކަން އެގޮތަށް ނުކުރަން އެގައުމުގެ މައި ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ ރަސްމީ ހަމައެކަނި ބަހަކީ ހިންދީ ކަމަށް ހަދަން 1965 ވަނަ އަހަރު މަސައްކަތް ކުރުމުން ވެސް އެކަމާ ދެކޮޅަށް އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރި އެވެ. ޓެމިލް ނާޑޫއަކީ އަބަދުވެސް އަމިއްލަ ބަސް ކަމަށް ވާ ތަމަޅަ ބަހުގެ ހިމާޔަތުގައި ނަމޫނާ ބައެކެވެ.
ހިންދީ ބަސް މަޖުބޫރު މާއްދާއަކަށް ހަދަން ގާނޫނެއް ޑްރާފްޓް ކުރުމުން ޓެމިލް ނާޑޫގެ މައި ދެ ޕާޓީން ވެސް އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ. ތަމަޅަ ބަހުން ވާހަކަދައްކާ މީހުންގެ މެޖޯރިޓީ އޮންނަ ޓެމިލް ނާޑޫގެ ސްކޫލްތަކުގައި ކިޔަވައިދެނީ ތަމަޅަ ބަހާއި އިނގިރޭސި ބަހެވެ. އޭގެ ތެރެއަށް ތިން ވަނަ ބަހެއް ނުލެވޭނެ ކަމަށް، ޓެމިލް ނާޑޫން ބުނެ އެވެ.
The BJP government’s real face is beginning to emerge...Hindi is being imposed on South Indians. Tamil Nadu has rebelled against BJP-Govt. Let's join them to fight the imposition of Hindi! #HindiIsNotTheNationalLanguage pic.twitter.com/BDcCG0W5oG
— 1000 Friends of the South (@FriendsOfSouth) June 3, 2019
ހިންދީ ބަސް ތައާރަފް ކުރުމާ ދެކޮޅު ކެމްޕޭންގެ ޓްވީޓެއް
ޓެމިލް ނާޑޫގެ މައި ދެ ޕާޓީ ކަމަށްވާ ޑީއެމްކޭ އާއި އޭއައިއޭޑީއެމްކޭ އިން ބުނީ ހިންދީ ބަސް މަޖުބޫރު މާއްދާއަކަށް ނުހަދާ ގޮތަށް ބިލް ބަދަލު ކުރިޔަސް އެވަރުން ނުފުދޭ ކަމަށެވެ. އެއީ މަޖުބޫރު މާއްދާއަކަށް ނުވިޔަސް ޓެމިލް ނާޑޫގެ މީހުންގެ ތެރެއަށް ހިންދީ ބަސް ވައްދައި، ސްޓޭޓްގެ އަސްލު ސިފަ ގެއްލުވާލުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
އޭއައިޑީއެމްކޭ އަކީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އާ އިއްތިހާދު ވެސް ވެފައިވާ ޕާޓީއެކެވެ. އެކަމަކު ހިންދީ ބަސް ތައާރަފްކުރާ ބިލުގެ މައްސަލައިގައި އެޕާޓީ ވެސް ބީޖޭޕީއާ ދެކޮޅެވެ. އެ ބިލުން ކުރަން އުޅޭ ކަމަކީ ދެކުނު އިންޑިއާއަށް ހިންދީ ބަސް ގަދަކަމުން ތައާރަފް ކުރުން ކަމަށް ބުނެ ޓެމިލްނާޑޫ މީހުން ވަނީ ބިލާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ފަށައިފަ އެވެ.
އިންޑިއާގެ ރަސްމީ ބަހަކަށް ހިންދީ ހެދުމަކީ އެ ގައުމުގެ ދެކުނު ސްޓޭޓްތަކުގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެތައް ބަހަކުން ވާހަކަ ދައްކާ ގައުމެއްގައި ހަމައެކަނި ރަސްމީ ބަހަކަށް ހިންދީ ހަދަން އުޅުމުގެ ބޭނުމެއް ނުވިސްނެ އެވެ.
ޓެމިލް ނާޑޫގެ މީހުން ދެކޭ ގޮތުގައި ތަމަޅަ ބަހަކީ ހިންދީއަށް ވުރެ ވެސް މުއްސަނދި އަދި ގަދީމީ ބަހެކެވެ. އެއީ އެ ސްޓޭޓްގެ ހާއްސަ ސިފައެއް ކަމަށް ވެސް އެ މީހުން ގަބޫލުކުރެ އެވެ.
ތަމަޅަ ސިނަމާގެ ވަރުގަދަ ދެ ސުޕަސްޓާރުންގެ ފިލްމެއް
ފިލްމުތައް ހިޓް ނުވާތީ ދާއިރާއާ ދުރަށް ދާން އުޅުނު
މަހޭޝް ބާބޫ ބޮލީވުޑް ފިލްމުތައް ކުޅޭކަށް ބޭނުމެއް ނުވޭ
"އާރްއާރްއާރް"އަށް ބަހޫބަލީއަށް ލިބުނުވަރުގެ ތަރުހީބެއް
އެކްސިޑެންޓެއްގައި އިންޑިއާގެ ތަރިއަކު މަރުވެއްޖެ
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް
ގޫގުލް އިން ބުނީ އެންމެ ހުތުރީ ކަންނާޑާ ބަސް ކަމަށް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ