ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ ބޮލީވުޑްގައި މަސައްކަތް ކުރަން ޝައުގުވެރިކަން ނެތް ކަމަށް އޭނާ ބުނެފި އެވެ.
ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ ބޮލީވުޑްގައި މަސައްކަތް ކުރަން ޝައުގުވެރިކަން ނެތް ކަމަށް އޭނާ ބުނެފި އެވެ.
އާންމުކޮށް ދެކުނު އިންޑިއާގެ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން މަޝްހޫރުވާ ތަރިންނަށް ވަރަށް ފަސޭހައިން ބޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބެ އެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި މަހޭޝް ބުނަނީ ބޮލީވުޑަށް ދިއުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
އެއީ ކޮންއިރަކު ނެގި ވީޑިއޯއެއް ކަމެއް ނޭނގެ އެވެ. އެކަމަކު މަހޭޝް ބުނީ ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންނުވާ ކަމަށާއި ދެކުނު އިންޑިއާގެ ފިލްމުތައް ވެސް މިހާރު މުޅި ދުނިޔޭގައި ވަރަށް މަޝްހޫރުވާ ކަމަށެވެ. އަދި ގިނަ ބަޔަކު އެ ފިލްމުތައް ބަލާ ކަމަށް ވެސް ބުންޏެވެ.
Mahesh Babu Reply To Media About His Bollywood Entry. pic.twitter.com/T8iJlJ1487
— Naveen MB Vizag ? (@NaveenMBVizag) April 6, 2022
ބޮލީވުޑްގެ ފިލްމުތަކަށް ވުރެ، ދެކުނު އިންޑިއާގެ ފިލްމުތަކަށް ލިބޭ ތަރުހީބު މިހާރު ވަރަށް ބޮޑެވެ. އޭގެ ތެރެއިން، 2015 ގައި ނިކުތް "ބަހުބާލީ" އަކީ މިހާތަނަށް އެންމެ ބޮޑަށް ހިޓުވި އިންޑިއާ ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބަޔަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، މިހާރު ސިނަމާތަކުގައި އަޅުވައިގެން އުޅޭ "އާރްއާރްއާރް" އަކީ ވެސް ހިޓެކެވެ. ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރާލާއި، މިހާރު އެންމެ ކުރީގައި ވެސް އޮތީ އެ ފިލްމެވެ.
"ބަހުބަލީ" އާއި "އާރްއާރްއާރް" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ، އެސްއެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތްކުރުމަށް މަހޭޝް ބާބޫ ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެ ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެ އެވެ.
"ސްޕިރިޓް"ގެ ލީޑު އެކްޓްރެސްއަކަށް ތުރިޕްތީ
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
އިންޑިއާ-ޕާކިސްތާން ފަންނާނުންގެ މެދުގައި "ހަމަލާތައް"
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ތަމަޅަ ސިނަމާގެ ވަރުގަދަ ދެ ސުޕަސްޓާރުންގެ ފިލްމެއް
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން
ބޮލީވުޑް ފިލްމެއް ލިބުނީ ޕުޝްޕާ ހިޓްވުމުން: ރަޝްމިކާ
ދެމަފިރިއަކު ބުނަނީ ދަނުޝްއަކީ އެމީހުން ދަރިއެއް ކަމަށް
ފިލްމުތައް ހިޓް ނުވާތީ ދާއިރާއާ ދުރަށް ދާން އުޅުނު
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި