14 މެއި 2022
ދެކުނު އިންޑިއާގެ ފިލްމުތައް ކުޅެން ފެށިއިރު، މާބޮޑު ކާމިޔާބީއެއް ނުލިބޭތީ، ފިލްމު ކުޅުން ހުއްޓާލަން އާއިލާ އިން ވެސް އެދުނު ކަމަށާއި އެކަމާ މެދު އޭނާ ވެސް ވިސްނި ކަމަށް ވިޖޭ ދެވަރަކޮންޑާ ބުނެފި އެވެ.
ދެކުނު އިންޑިއާގެ ފިލްމުތައް ކުޅެން ފެށިއިރު، މާބޮޑު ކާމިޔާބީއެއް ނުލިބޭތީ، ފިލްމު ކުޅުން ހުއްޓާލަން އާއިލާ އިން ވެސް އެދުނު ކަމަށާއި އެކަމާ މެދު އޭނާ ވެސް ވިސްނި ކަމަށް ވިޖޭ ދެވަރަކޮންޑާ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ވިޖޭ އަކީ މިހާރު ވަރަށް މަޝްހޫރު ތަރިއެކެެވެ. މިހާރު މުޅި އިންޑިއާގައި އޭނާގެ ނަން ވަނީ މަޝްހޫރުވެފަ އެވެ.
ވިޖޭ ފިލްމީ ދާއިރާ އަށް ނިކުތީ 2011 ގައި ރަވީ ބާބޫ ޑައިރެކްޓްކުރި "ނުވިއްލާ" އިންނެވެ. އަދި ޖެހިގެން އައި އަހަރު "ލައިފް އިޒް ބިއުޓިފުލް" އިން އޭނާ ފެނުނު ނަމަވެސް، ކުއްލިއަކަށް މަސައްކަތްތައް ލިބުން ހުއްޓުނެވެ. ދެ އަހަރު ދުވަސް ވަންދެން އެއްވެސް ފިލްމެއް ނުލިބި އުޅެން ޖެހުމުން އޭނާގެ އާއިލާ އެކަމާ މެދު ވަރަށް ކަންބޮޑުވި ކަމަށް ވިޖޭ ބުންޏެެވެ.
ވިޖޭ އަކީ ކޮލެޖު ދުވަސްވަރުގައި ވެސް ވަރަށް މޮޅު މީހަކަށް ވާތީ، ފިލްމީ މަސައްކަތް ނޫނަސް އެހެން ކަމެއް ކުރުމަށް އާއިލާއިން އޭނާގެ ގާތުގައި ތަކުރާރުކޮށް އެދުނު ކަމަށް ބުންޏެވެ.
އެކަމުގެ ސަބަބުން ވަރަށް ބޮޑަށް މީހާ ޕްރެޝަރަށް ވެއްޓުނު ކަމަށް ވެސް ބުންޏެވެ. އަނެއްކާ ވެސް ވިޖޭގެ އަތުގައި ނަސީބު ހިފީ، "ޔެވާދޭ ސުބްރަމާންޔަމް"ގައި މަސައްކަތްކުރި ފަހުންނެވެ. އެ ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓިންގެ ސަބަބުން އާއިލާގެ މީހުންގެ ތަރުހީބު ވެސް ލިބުނު ކަމަށް ބުންޏެވެ.
ވިޖޭގެ މަގުބޫލު ކަން އިތުރުވީ 2017 ގައި ހިޓުވި "އަރްޖުން ރެއްޑީ" އިންނެވެ. އެ ފިލްމުގެ ހިންދީ ރިމޭކް "ކަބީރް ސިންގް" ބޮލީވުޑްގައި ވެސް އުފެއްދި އެވެ. އެއާ އެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވި ކަމަށް ވިޖޭ ބުންޏެވެ. އޭގެ ފަހުން އޭނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، އެ ފިލްމުތައް ވަރަށް ހިނގި އެވެ.
ސޯޝަލް މީޑިއާގައި ވިޖޭ ފޮލޯކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރެވެ. އިންސްޓަގްރާމްގައި އޭނާގެ 15.3 މިލިއަން ފޮލޯވާސް ތިބެ އެވެ.
"ޓެކްސީވާލާ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ "ލައިގާ" އެވެ. އެއީ ބޮކްސިން އަށް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް އެކްޝަން ފިލްމެކެވެ. މި ފިލްމުގައި ބޮކްސިން ރިންގްގެ ތެރެއިން ބޮޑު ކުރިމަތިލުންތަކެއް ފެންނާނެ އިރު، ކާސްޓްގައި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ވެސް ހިމެނެ އެވެ. ތެލުގޫ ފިލްމުތައް ޑައިރެކްޓްކުރާ ޕޫރީ ޖަގަންނަދު ޑައިރެކްޓް ކުރާ އެ ފިލްމު ޕްރޮޑިއުސްކުރަނީ، ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ. އެ ފިލްމު މި އަހަރު ރިލީޒްކުރާނެ އެވެ.
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
ޖާންވީ ކަޕޫރު ތަމަޅަ ފިލްމެއް ކުޅެނީ
މަހޭޝް ބާބޫ ބޮލީވުޑް ފިލްމުތައް ކުޅޭކަށް ބޭނުމެއް ނުވޭ
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ
ކަންގަނާ އަށް އަނެއްކާ ވެސް ނެޝަނަލް އެވޯޑް
އިންޑިއާގެ 41 އުފެއްދުމެއް ނެޓްފްލިކްސް އަށް
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
ކްރިކެޓް ތަރި އިރުފާންގެ ފިލްމު "ކޯބްރާ" ގެ ޓީޒާ