ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރަށް ތަމަޅަ ފިލްމަކުން ރޯލެއް ލިބިއްޖެ އެވެ.
ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރަށް ތަމަޅަ ފިލްމަކުން ރޯލެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޖާންވީގެ ފުރަތަމަ ތަމަޅަ ފިލްމު ޕްރޮޑިއުސްކުރަނީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ކަމާލް ހަސަނެވެ. އަދި އެ ފިލްމު ޑައިރެކްޓުކުރަނީ ވިގްނޭޝް ޝިވަން އެވެ.
އަޑުފެތުރިފައިވާ ގޮތުގައި، ޖާންވީއާއެކު އެ ފިލްމުގެ ލީޑު އެކްޓަރުގެ ރޯލުން ފެންނާނީ މިދިޔަ އަހަރު ނުކުތް ތަމަޅަ ފިލްމު "ލަވް ޓުޑޭ" އިން މަޝްހޫރުކަން ހޯދި ޕްރަދީޕް ރަންގަނާތަންއާ އެވެ.
ޖާންވީއަށް ވަނީ ޓެލުގޫ ދެ ފިލްމެއް ވެސް ލިބިފަ އެވެ. އެތަނުން އެއް ފިލްމު ކަމަށްވާ "ދެވާރާ"ގައި ޖާންވީ ފެންނާނީ "އާރުއާރުއާރު"ގެ ލީޑު ރޯލު ކުޅުނު އެންޓީއާރު ޖޫނިއާ އެކު އެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު އެޕްރީލްގަ އެވެ.
ދެވަނަ ފިލްމަކީ އަންނަ މަހު ތިނެއްގައި އަޅުވާ "ޖަނަ ގަނަ މަނަ" އެވެ. އެ ފިލްމުގައި ޖާންވީއާއެކު ލީޑުން ފެންނާނީ ވިޖޭ ދޭވަރުކޮންޑާ އެވެ.
އެންމެ އަވަހަށް ޖާންވީގެ ފިލްމަކަށް ދެން ބަލާލަން ލިބޭނީ މި މަހު 21 ގައި އެމެޒަން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށާ ފިލްމެކެވެ. އެއީ ވަރުން ދާވަންއާ އެކު ފެންނާނެ ލޯބީގެ ފިލްމު "ބަވާލް" އެވެ.
ފިލްމުތައް ހިޓް ނުވާތީ ދާއިރާއާ ދުރަށް ދާން އުޅުނު
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
ޝާހުއަށް ފުރަތަމަ ފަހަރަށް ގައުމީ ފިލްމުއެވޯޑް ލިބިއްޖެ
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ކެރެލާ ސްޓޯރީއަށް އެވޯޑް ދޭތީ މަސްރަހު ހޫނުވެއްޖެ
"ޕަރަމް ސުންދަރީ" އަޅުވަނީ އަންނަ މަހު 29 ގައި
ފަރްހާން ޕްރޮޑިއުސްކުރާ ފިލްމެއް ސަނީއަށް ލިބިއްޖެ
"ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރަނީ ޔޫޓިއުބްގައި
ސައްޔާރާ ބަލައިގެން ރޯން ފައިސާ ބެހި ކަމަށް ތުހުމަތު