އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށް އޭނާ ބުނެފި އެވެ.
އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ބޭއްވި އަމިއްލަ އިވެންޓެއްގައި އާމިރް ބުނީ "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ މިދިޔަ މާޗު މަހު ލޯންޗުކޮށްފައިވާ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް "އާމިރް ޚާން ޓޯކީސް" އިން ކަމަށެވެ.
"ސިތާރޭ ޒަމީން ޕަރު"ގެ ސްޓްރީމިން ރައިޓްސް އެއްވެސް ބަޔަކަށް ނުވިއްކީ އެ ސަބަބަށްޓަކާ ކަމަށް އާމިރް ބުންޏެވެ.
އާމިރް ބުނި ގޮތުގައި، ޔޫޓިއުބުން އެ ފިލްމު ބެލޭނީ 100 ރުޕީސްއަށް ވުރެ ކުޑަ ފީއެއް ދައްކައިގެންނެވެ.
ކުރިއަށް އޮތް ތަނުގައި ނެރޭ އޭނާގެ އެހެން ފިލްމުތައް ވެސް ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށާއި އޭނާގެ ކުރީގެ ބައެއް ފިލްމުތައް ވެސް ޔޫޓިއުބުން ބެލޭނެ ގޮތް ހަދާނެ ކަމަށް އާމިރް ބުންޏެވެ.
އާމިރް ބުނީ ސިނަމާގައި ފިލްމު ދެއްކުމަށް މާލީ ގޮތުން ދަތިވާ ފިލްމު އުފެއްދުންތެރިންނަށް ވެސް އޭނާގެ ޔޫޓިއުބް ޗެނަލުން ފިލްމު ސްޓްރީމްކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ކުޑަ ފީއަކާ އެކު، ފިލްމުގެ އުފެއްދުންތެރިންނަށް ބޮޑަށް ފައިދާވާނެ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
މިދިޔަ މަހު 20 ގައި ޕްރިމިއާކުރި "ސިތާރޭ ޒަމީން ޕަރު" އަދިވެސް އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެ ފިލްމު ޔޫޓިއުބުން ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
އާމިރް އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށް 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ސިތާރޭ ޒަމީން ޕަރު"އަށް ބޮކްސް އޮފީހުގައި ވަނީ 261 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފަ އެވެ. އެ ފިލްމަށް ރަނގަޅު ރިވިއުތައް ވެސް ލިބިފައިވެ އެވެ.
"ސިތާރޭ ޒަމީން ޕަރު"ގައި ދައްކާނީ އޯޓިސްޓިކް ކުދިންގެ ބާސްކެޓް ޓީމަކަށް ކޯޗުކަން ކޮށްދިނުމުގެ ތެރޭގައި މީހަކަށް ދިމަވާ ކަންތައްތަކެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރް މިހާތަނަށް އަމިއްލައަށް ޑައިރެކްޓުކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއެލްއެކެވެ. އެކަމަކު، މި ފިލްމު ބިނާކޮށްފައި ވަނީ ހޮލީވުޑް ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" އަށެވެ.
ސަލްމާންގެ ސެކިއުރިޓީއަށް ހުރަސްއަޅަން މީހަކު އުޅެފި
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ
އާމިރުގެ ދަރިފުޅުގެ ފިލްމެއްގެ ލީޑު ރޯލަށް ޒޭން
އާމިރުގެ އާ ފިލްމަށް ކިޔަނީ "ސިތާރޭ ޒަމީން ޕަރު"
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް