ދެކުނު އިންޑިއާގެ ކާމިޔާބު ފިލްމު "ޕުޝްޕާ 2" މި މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ދެކުނު އިންޑިއާގެ ކާމިޔާބު ފިލްމު "ޕުޝްޕާ 2" މި މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން އިއްޔެ ވަނީ މި ފިލްމު ވަރަށް އަވަހަށް އެ ޕްލެޓްފޯމަށް އަންނާނެކަން އިއުލާންކޮށްފަ އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި، ތިން ގަޑިއިރުގެ މި ފިލްމު އެ ޕްލެޓްފޯމަށް އަންނަަނީ އިތުރު 23 މިނެޓުގެ މަންޒަރުތަކާ އެކުގަ އެވެ. އިތުރު ކުރި މަންޒަރުތައް މިހާރު އަންނަނީ ބައެއް ސިނަމާތަކުގައި ވެސް ދައްކަމުންނެވެ.
އެކަމަކު، ފިލްމު ގެނެސްދޭ ދުވަހެއް އަދި ނުބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ބޮޑު ތަރުހީބެއް ލިބުނު "ޕުޝްޕާ 2" ސިނަމާތަކުގައި ދައްކަމުން އަންނަތާ 50 ދުވަސް ވެފައިވާއިރު، އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް ވަނީ 1،700 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މި ފިލްމަކީ 500 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ޕުޝްޕާ"ގައި ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު އައްލޫ އަރްޖުނެވެ.
ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ގެނެސްދިން ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތައް ކުޅުނީ ފުރަތަމަ ފިލްމުގައި ވެސް އުޅުނު ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.
"ޕުޝްޕާ"ގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭނެކަން މިދިޔަ އަހަރު ކުރީކޮޅުގައި ވަނީ އިއުލާންކޮށްފަ އެވެ.
"ޕުޝްޕާ"ގެ ޑައިރެކްޓަރުގެ ގެއަށް ޓެކްސް އޮފިސަރުން
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
ޕުޝްޕާ ހަމީދާ ބައްދަލުކުރީ ސިޔާމް އޮޅުވެލީގައި
"ޕުޝްޕާ 2"ގެ މަންޒަރެއް ރާއްޖޭގައި؟
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
އިންޑިއާގެ 41 އުފެއްދުމެއް ނެޓްފްލިކްސް އަށް
ފިލްމެއްގެ މަންޒަރާހެދި އަނިލް މާފަށް އެދެފި
ބޮލީވުޑަކީ "ޓޮކްސިކް" ތަނެއް: އަނޫރާގު ކަޝްޔަޕް
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު