ބޮޑު ސްކްރީނުގައި އެޅުވި އޭނާގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "ލަވްޔާޕާ"" ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން ބުނެފި އެވެ.
ބޮޑު ސްކްރީނުގައި އެޅުވި އޭނާގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "ލަވްޔާޕާ"" ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން ބުނެފި އެވެ.
އިންޑިއާގެ ޔޫޓިއުބާ ރާޖް ޝަމާނީއަށް އިއްޔެ ދިން އިންޓަވިއުއެއްގައި އާމިރް ބުނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކޮންމެ ފަހަރަކު އޭނާ ވެސް އުޅުނީ ވަރަށް އުނދަގުލުގައި ކަމަށެވެ. އެކަމަކު، އަމިއްލަ ފިލްމުތަކުގެ ނާކާމިޔާބީއަށް ވުރެ ބޮޑަށް، މިހާރު ފިލްމީ ދާއިރާއަށް އަލަށް ނުކުމެގެން އުޅޭ އޭނާގެ ދަރިފުޅުގެ މަސައްކަތްތަކާ މެދުގައި މާ ބޮޑަށް ވިސްނޭ ކަމަށް އާމިރް ބުންޏެވެ.
"އަހަރެން ބޭނުންވޭ އޭނާ ކާމިޔާބު މީހަކަށް ވާން، އުފަލުގައި ހުންނަން އަދި އޭނާ ކުރާ މަސައްކަތް މީހުން ބަލައިގަންނަން،" އާމިރް ބުންޏެވެ.
ޖުނައިދުގެ ފުރަތަމަ ފިލްމު "މަހަރާޖް" ގެނެސްދިނީ ނެޓްފްލިކްސް އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ ކްރިޓިކުންނާއި ބެލުންތެރިންގެ ތައުރީފު ލިބިފަ އެވެ. ނަމަވެސް ބޮޑު ސްކްރީނަށް އޭނާ ކުޅުނު ފުރަތަމަ ފިލްމު، މިދިޔަ ފެބްރުއަރީ މަހު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ލަވްޔާޕާ"ވީ ބޮޑު ފްލޮޕަކަށެވެ.
އާމިރް ބުނީ "ލަވްޔާޕާ"ގައި ޖުނައިދު ދެއްކީ އޭނާގެ ވަރަށް ތަފާތު އެކްޓިންއެއް ކަމަށާއި އޭނާއަކީ އަސްލު ދިރިއުޅުމުގައި އެ ކަހަލަ އުޅުމެއް ހުންނަ މީހެއް ވެސް ނޫން ކަމަށެވެ. ޖުނައިދު އެހާ ބޮޑު ތަފާތެއް ދެއްކުމުން އޭނާގެ މަސައްކަތް މީހުން ބަލައިގަންނާނެ ކަމަށް އުއްމީދުކުރެވުނު ކަމަށް އާމިރް ބުންޏެވެ.
"އަހަންނަށް ހީވަނީ އެ ފިލްމަށް މާ ބޮޑަށް ނެގެޓިވް ފާޑުކިޔުންތައް ލިބުނުހެން. ފާޑުކިޔުން މާ ބޮޑުވަރުކޮށްލައި، ނެޕޮޓިޒަމްގެ ބަހުސްގެ ތެރެއަށް އެކަން ވައްދައި ނެޕޯ ކިޑްއެއްގެ ގޮތުގައި އޭނާ ލޭބަލް ކުރީ،" އާމިރް ބުންޏެވެ.
"އެކަމަކު، ޖުނައިދު އާއި އަހަންނަކީ އެ ކަހަލަ ބައެއް ނޫން. މިހާތަނަށް ދުވަހަކު ވެސް އަހަރެން އޭނާގެ ކެރިއަރުގެ އެއްވެސް ކަމަކާ ނުބެހެން، އަދި ބެހޭކަށް އަހަރެން ބޭނުން ވެސް ނޫން. އަހަރެން އޭނާ އެކްޓުކުރުމާ ދެކޮޅު ވެސް ހެދިން، އެކްޓުކުރަން ހިތްވަރު ވެސް ނުދެން."
ބޮލީވުޑްގައި "ނެޕޮޓިޒަމް" ވަރަށް ބޮޑަށް އޮންނަ ކަމަށް ބުނެ ކުރިމަތިވާ ފާޑުކިޔުން މިހާރު ވަރަށް ބޮޑެވެ. ހާއްސަކޮށް ނުފޫޒުގަދަ ފިލްމީ އާއިލާތަކުން ރަނގަޅު އެކްޓަރުންނަށް ފުރުސަތު ނުދީ، އެކްޓުކުރުމުގެ ހުނަރު ނެތަސް އެމީހުންގެ ދަރިންނާއި ގާތްތިމާގެ މީހުންނަށް ފިލްމުތަކުން ފުރުސަތު ދޭތީ އަމާޒުވާ ފާޑުކިޔުންތައް ވަރަށް ގިނަ އެވެ.
އާމިރް މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު 20 ގައި ގެނެސްދޭ އޭނާގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕްރިމިއާ އަށެވެ.
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ
އާމިރުގެ ދަރިފުޅުގެ ފިލްމެއްގެ ލީޑު ރޯލަށް ޒޭން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!
އިމްރާނަށް ޑެންގޫ ޖެހިގެން ޝޫޓިން މެދުކަނޑާލައިފި
"ސްޕިރިޓް"ގެ ލީޑު އެކްޓްރެސްއަކަށް ތުރިޕްތީ
"މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް ދައްކާލައިފި
"ހީރާ ޕޭރީ 3" ނުކުޅެން ނިންމުމުން ދައުވާކުރަނީ