ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ މަންޑަންނާ އަށް ބޮލީވުޑުން ފުރުސަތު ލިބުނީ އޭނާގެ އެންމެފަހުގެ ފިލްމު "ޕުޝްޕާ" ހިޓްވުމުން ކަމަށް އޭނާ ބުނެފި އެވެ.
ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ މަންޑަންނާ އަށް ބޮލީވުޑުން ފުރުސަތު ލިބުނީ އޭނާގެ އެންމެފަހުގެ ފިލްމު "ޕުޝްޕާ" ހިޓްވުމުން ކަމަށް އޭނާ ބުނެފި އެވެ.
ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ "އެނިމަލް" އެވެ. ރަންބީރް ކަޕޫރާ އެކު އޭނާ ލީޑު ރޯލުން ފެންނާނެ އެ ފިލްމުގެ ޝޫޓިންތައް ގާތްގަނޑަކަށް ނިމިފައިވާއިރު ރަޝްމިކާ ވަނީ އޭނާ އަށް އެ ފުރުސަތު ލިބުނު ގޮތާ ގުޅިގެން ވާހަކަދައްކައިފަ އެވެ.
ރަޝްމިކާ ބުނީ "އެނިމަލް"ގެ ޕްރޮޑިއުސަރުން އޭނާ އަށް ފިލްމު ހުށަހެޅީ ޕުޝްޕާގައި އޭނާ ދެއްކި އެކްޓިން ކަމުގޮސްގެން ކަމަށެވެ. އެއާ އެކު އެެއްވެސް ވަރަކަށް ނުވެސް ވިސްނާ ފިލްމު ކުޅުމަށް އޭނާ އެއްބަސްވީ އާ ގޮތަކަށް އޭނާ ފެނުނަސް އޯޑިއަންސް އޭނާ ބަލައިގަންނާނެކަން އެނގޭތީ ކަމަށެވެ.
ޕުޝްޕާގެ ކުރިން ވެސް ރަޝްމިކާ އަކީ ތަމަޅަ އަދި ތެލޫގޫ އިންޑަސްޓްރީގައި މަޝްހޫރު ތަރިއެކެވެ. އެކަމަކު ޕުޝްޕާގައި ސްރިވައްލީގެ ރޯލުން މަގްބޫލުވެ، އިންޑިއާ އާއި ބޭރު ގައުމުތަކުގައި ވެސް އޭނާގެ ނަން މަޝްހޫރުވީ އެވެ.
އެއާ އެކު ބޮޑެތި ބަޖެޓްގެ ގިނަ ފިލްމުތަކެއް އޭނާ އަށް އަންނަނީ ލިބެމުންނެވެ.
މަހޭޝް ބާބޫ ބޮލީވުޑް ފިލްމުތައް ކުޅޭކަށް ބޭނުމެއް ނުވޭ
"ހައުސްފުލް 5" އަށް ބޮޑު އާމްދަނީއެއް ލިބިއްޖެ
ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
އިމްރާނަށް ޑެންގޫ ޖެހިގެން ޝޫޓިން މެދުކަނޑާލައިފި
"ސްޕިރިޓް"ގެ ލީޑު އެކްޓްރެސްއަކަށް ތުރިޕްތީ
"މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް ދައްކާލައިފި
"ހީރާ ޕޭރީ 3" ނުކުޅެން ނިންމުމުން ދައުވާކުރަނީ
"ކިންގް" އަށް ރާނީ ލިބިއްޖެ
ބޮލީވުޑް އޮތީ އިގުތިސާދީ އަނދަވަޅެއްގައި: ކަލްކީ