Roadha Mihaaru

"ކިންގް" އަށް ރާނީ ލިބިއްޖެ

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި މަޝްހޫރު ތަރި ރާނީ މުކަރްޖީ 19 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ކިންގް" އަށް ރާނީ ލިބިއްޖެ

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި މަޝްހޫރު ތަރި ރާނީ މުކަރްޖީ 19 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެއީ ޝާހު އާއި އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ކުޅޭ ފިލްމު "ކިންގް"ގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ޝާހު އާއި ރާނީ ކުޅޭނީ ދެމަފިރިންގެ ރޯލެވެ. އަދި ސުހާނާގެ މަންމަގެ ރޯލެވެ. އެ ރޯލު ކުޅެން ރާނީ މިހާރު ވަނީ އެއްބަސްވެފަ އެވެ.

ޝާހު އާއި ރާނީ އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2006 ގައި ގެނެސްދިން "ކަބި އަލްވިދާ ނާ ކެހެ ނާ" އެވެ. އޭގެ ކުރިން "ކަބި ހުޝީ ކަބި ގަމް" އާއި "ކުޗް ކުޗް ހޯތާ ހޭ" ކަހަލަ ފިލްމުތައް އެކުގައި ކުޅެފައިވެ އެވެ.

"ކިންގް"ގެ ކާސްޓު ފައިނަލްކޮށް މި މަހު ފިލްމުގެ މަސައްކަތްތައް ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަންނަ އަހަރު ފަހުކޮޅު ގެނެސްދޭން ތައްޔާރުވަމުން އަންނަ އެ ފިލްމުގެ ކާސްޓުގައި ދެން ހިމެނޭ ކަމަށް ބުނެ އަޑު ފެތުރިފައިވާ ބައެއް ތަރިންނަކީ ދީޕިކާ ޕަޑުކޯން، އަނިލް ކަޕޫރް، ޖެކީ ޝްރޮފް، އަރްޝަދު ވަރްސީ، އަބީޝެކް ބައްޗަން، ޖައިދީޕް އަހްލަވަތު އަދި އަބޭ ވަރްމާ އެވެ. މިހާތަނަށް އެ ފިލްމުގެ ކާސްޓު ރަސްމީކޮށް އިއުލާންކޮށްފައި ނުވެ އެވެ.

އެ ފިލްމަކީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ ކާމިޔާބު ތުރިލާ ފިލްމުތައް ޑައިރެކްޓްކުރި ސުޖޯއީ ގޯޝްގެ ފިލްމެކެވެ. ޝާހު އާއި ސުހާނާ ކުޅޭ މި ފިލްމަކީ ވަރުގަދަ އެކްޝަން ތުރިލާއެކެވެ.