Roadha Mihaaru
"އާރްއާރްއާރް"އަށް ބަހޫބަލީއަށް ލިބުނުވަރުގެ ތަރުހީބެއް

"އާރްއާރްއާރް" އަށް ބަހުބަލީ އަށް ލިބުނުވަރުގެ ތަރުހީބެއް

30 މާޗް 2022

ތެލުގޫ ފިލްމު "އާރްއާރްއާރް" އަށް ހަފުތާއެއްގެ ތެރޭގައި 500 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ތެލުގޫ ފިލްމު "އާރްއާރްއާރް" އަށް ހަފުތާއެއްގެ ތެރޭގައި 500 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓްކޮށް، ނެރުނު "ބަހުބަލީ" އަށް ފަހު އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަކީ "އާރްއާރްއާރް" ކަމަށް ބުނެވިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަހުބަލީ ވެސް ޑައިރެކްޓްކުރި ރާޖަމޯލީގެ އެ ފިލްމު އެޅުވިތާ ތިން ދުވަހުގެ ތެރޭގައި 500 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ފިލްމުގެ ޕްރޮޑިއުސަރު ވަނީ ފިލްމަށް 500 ކްރޯޑް ރުޕީސް ލިބިފައިވާ ކަމުގެ އުފާވެރި ޚަބަރު ސަޕޯޓަރުންނަށް ދީފަ އެވެ. އެ ފިލްމު އެޅުވި ދުވަހު ވެސް 223 ކްރޮޑް ރުޕީސް ލިބުނެވެ.

ބަހުބަލީގެ ދެވަނަ ބަޔަށް ވެސް ހަމަ އެވަރުގެ ތަރުހީބެއް ލިބުނުއިރު، އިންޑިއާގެ އެހެން ޑައިރެކްޓަރަކަށް އަދިވެސް ވޯލްޑްވައިޑް ލެވެލްގައި އެވަރުގެ ތަރުހީބެއް ނުލިބެ އެވެ. އެހެންވެ، ރާޖަމޯލީ ވައްޓާލެވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.

އާންމުކޮށް ފިލްމުތަކަށް ލިބޭ ތަރުހީބު 900 އިން ދަށުގައި އުޅުނަސް، މި ފިލްމު 1،000 ކްރޯޑުން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައި އޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބުމުންނެވެ.

ހިންދީ ނުވަތަ ބޮލީވުޑްގެ ފިލްމުތަކަށް ވުރެ ބޮޑަށް މިހާރު އިންޑިއާގައި ވެސް ހިނގަނީ ސައުތު އިންޑިއާގެ ފިލްމުތަކެވެ. ދިވެހިންގެ ތަރުހީބު ވެސް މިހާރު ބޮޑީ ސައުތު އިންޑިއާގެ ފިލްމުތަކަށެވެ.