އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ދެން ބޭނުންވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް އެ ކުންފުނީގެ ޖޮއިންޓް މެނޭޖިން ޑައިރެކްޓަރު ސަންޖީވް ކުމާރް ބިޖްލީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ދެން ބޭނުންވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް އެ ކުންފުނީގެ ޖޮއިންޓް މެނޭޖިން ޑައިރެކްޓަރު ސަންޖީވް ކުމާރް ބިޖްލީ ވިދާޅުވެއްޖެ އެވެ.
ސަންޖީވް އިންޑިއާގެ ވީލޮގް "ބްރަޓް އިންޑިއާ" އަށް މިދިޔަ ޑިސެމްބަރު މަހު ދިން އިންޓަވިއުއެއްގައި ވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސިނަމާއެއް ހުޅުވަން ފުރުސަތު ލިބިއްޖެ ނަމަ ހިޔާރުކުރާނީ ކޮން ތަނެއްތޯ އޭނާއާ ސުވާލުކޮށްފަ އެވެ. އޭނާ ދެއްވި ޖަވާބަކީ، ދިވެހިރާއްޖެ އެވެ.
"އަހަރެން ހިޔާރުކުރާނީ ދިވެހިރާއްޖެ،" އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކު ސިނަމާއެއް ނެތް. އަހަންނަށް ހީވަނީ ރާއްޖެއަށް ދަތުރުކުރާ މީހުންނާއި ޓޫރިސްޓުންނަށް، މޫދު ކުޅިވަރުގެ އިތުރުން ސިނަމާއެއްގައި ފިލްމެއް ބަލައިލުން ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެހެން."
އެ އިންޓަވިއު ނަގާފައި ވަނީ އިންޑިއާގެ ގްރޫގްރާމްގެ ޝޮޕިން މޯލެއްގައި ހިންގާ ޕީވީއާރުގެ ލަގްޒަރީ ސިނަމާއެއްގަ އެވެ.
ޕީވީއާރް އިނޮކްސްއަކީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނަމާ ހިންގަމުން އަންނަ އެއް ކުންފުންޏެވެ. އިންޑިއާގެ އެކި ސިޓީތަކުގައި 1،700 އަށް ވުރެ ގިނަ ސިނަމާ އެ ކުންފުނިން ހިންގަ އެވެ. އިންޑިއާގެ އިތުރުން އެ ކުންފުނިން ސިނަމާ ހިންގަނީ ސްރީ ލަންކާގައި އެކަންޏެވެ.
ޕީވީއާރްއަކީ ސިނަމާ ހިންގުމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އޮތް ކުންފުންޏެކެވެ.
އެ ކުންފުނިން އިންޑިއާގައި އެކި ވައްތަރުގެ ސިނަމާތައް ހިންގަ އެވެ. އޭގެ ތެރޭގައި ސްޓޭންޑާޑް މެއިންސްޓްރީމް ތިއޭޓަރުތަކާއި ޕްރިމިއަމް ފޯމެޓުގެ ތިއޭޓަރުތައް ކަމަށްވާ ގޯލްޑް އާއި ސުޕަޕްލެކްސް އާއި ފޯޑީއެކްސް ހިންގަ އެވެ. އަދި އައިމެކްސް އާއި ޑިރެކްޓާސް ކަޓް އާއި އައިސް ތިއޭޓަރުތަކުގެ އިތުރުން އަދިވެސް ވަރަށް ގިނަ ވައްތަރުގެ ތިއޭޓަރުތައް ހިންގަ އެވެ.
ރާއްޖޭގައި މި ވަގުތު ދެ ސިނަމާ ހިންގަ އެވެ. އެއީ ދިވެހި ފިލްމަށް ހާއްސަ އޮލިމްޕަހާއި ބޭރުގެ ފިލްމުތައް އަޅުވާ ޝުވެކް ސިނެމާ އެވެ. ނަމަވެސް، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާއެއް ނެތުމުން ފިލްމަށް ދިއުމުން ލޯބިކުރާ މީހުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން
"ފްރެޑީ" ނިންމާލައި، އަލާޔާ ރާއްޖޭގައި
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
ސަނާގެ ދެމަފިރިން ރާއްޖޭގައި
އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ހަނދާންކުރުމުގައި