ޗުއްޓީ އަށް ރާއްޖެ އަންނަ ހިތުން ބޮލީވުޑްގެ ކޮންމެވެސް ފިލްމީ ތަރިޔަކު ސޯޝަލް މީޑިއާގައި އެ ވާހަކަ ނުކައްދާ ދުވަހެއް މިހާރު ނާދެ އެވެ.
15 ޖޫން 2021
ޗުއްޓީ އަށް ރާއްޖެ އަންނަ ހިތުން ބޮލީވުޑްގެ ކޮންމެވެސް ފިލްމީ ތަރިޔަކު ސޯޝަލް މީޑިއާގައި އެ ވާހަކަ ނުކައްދާ ދުވަހެއް މިހާރު ނާދެ އެވެ.
ކޮވިޑް-19އާ ހެދި އިންޑިއާގައި މާޗް މަހުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ތަރިން ތިބީ، ލުއިތަކެއް ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ. އަނެއްކޮޅުން ރާއްޖޭން ވަނީ އިންޑިއާ މީހުން ރާއްޖެ އައުން މަނާ ވެސް ކޮށްފަ އެވެ.
މިކަން ނިމި ރާއްޖެ އާދެވެނޭ އިރެއްގެ އިންތިޒާރުގައި ތިބި ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރާއި ސޮނާކްޝީ ސިންހާ ޝިލްޕާ ޝެޓީ އާއި ނީލަމް ކޮތާރީ އާއި ކިރާއާ އަދުވާނީ ވަރުން ދަވަން އާއި ސިދާތު މަލްއުތުރާ އާއި ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
މި ފަހުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ ވެސް އިންޑިއާ އެވެ. އަދި އޭގެ ތެރޭގައި އިންޑިއާގެ ފިލްމީ ތަރިން ގިނަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށިގެން މި އަހަރުގެ މާޗް މަހާ ހަމައަށް ވަރަށް ގިނަ މަޝްހޫރު ފިލްމީ ތަރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިންގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިން ވެސް ހިމެނެ އެވެ.
މިހާރު ރާއްޖެ އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ތަރިންގެ ވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ. ހީނާ ޚާން ފަދަ މަޝްހޫރު ޓީވީ ބަތަލާއިންނަކީ މިހާރު ރާއްޖޭގެ ރިޕީޓެޑް ޓޫރިސްޓުންނެވެ.
އިންޑިއާގައި މަޑުމަޑުން ކޮވިޑްގެ ފިޔަވަޅުތަކަށް އަޅާފައިވާ ފިޔަވަޅުތަލަށް ލުއި ދެމުން އަންނަ އިރު އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ފިލްމީ ތަރިން ރާއްޖެ އަށް މިސްރާބު ޖަހާނެ ކަމަށް ބެލެވެ އެވެ،. އިންޑިއާގެ މީޑިއާތަކުން ވެސް ބުނަނީ ވަރަށް ގިނަ ފިލްމީ ތަރިން ތިބީ ރާއްޖެ ދާހިތުން ކެތްނުލަވައިގެން ކަމަށެވެ. ރާއްޖެ އަށް ކުރިން ދަތުރުތަކުގެ ފޮޓޯތަކާ އެކު އިންސްޓަގްރާމްގައި އެ ވާހަކަ ދައްކަނީ އެހެންވެ ކަމަށް ބުނެ އެވެ.
އަނެއްކޮޅުން އިންޑިއާގެ ތަރިން ރާއްޖެ އަންނާތީ، އެ ގައުމުގެ މީޑިއާތަކާއި ނުފޫޒު ގަދަ ބައެއް މީހުންގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.
ގައުމުގެ ރައްޔިތުން ކޮވިޑާ އެކު މަރުގެ ތުންފަތްމަތީގައި ތިބި އިރު، ފިލްމީ ތަރިން ގައުމުން ބޭރަށް ގޮސް ރާއްޖެ ކަހަލަ އަގު ބޮޑު ޗުއްޓީ މަންޒިލްތަކުގައި ހިތް އުފާކޮށް މަޖާ ނަގާ އިރު ޗުއްޓީ ހޭދަކޮށް އެ ދަތުރުތަކުގެ ފޮޓޯތައް އާންމުކުރުން ލަދުވެތިކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.
އިންޑިއާގެ ފިލްމީ ތަރިން މިހާރު އާންމު ޗުއްޓީ މަންޒިލަކަށް ރާއްޖެވެފައިވާ އިރު، ރިޕީޓްކޮށް އަންނަ ތަރިން ވަރަށް ގިނަ އެވެ. ފިލްމީ ތަރިންގެ ތެރެއިން ދޭތެރެ އެންމެ އަވަސްކޮށް އެންމެ ގިނައިން މި ފަހުން ރާއްޖެ އަންނަ ތަރިންގެ ތެރޭގައި ޝިލްޕާ، ސޮނާކްޝީ، ވަރުން، ސިދާތު، ސާރާ އަލީ ޚާން، ކިއާރާ، ޓައިގާ، ޑިޝާ އަދި ޑައިރެކްޓަރު ފަރާ ޚާން ފާހަގަކޮށްލެވެ އެވެ.
ބަތަލާ ޝްރަދާ ކަޕޫރަކީ މި އަހަރުގެ ކުރީކޮޅު ދެ މަހުގެ ތެރޭގައި ތިން ފަހަރަށް ރާއްޖެ ޒިޔާރަތްކުރި ބަތަލާއެކެވެ.
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
ޝްރަދާ ރާއްޖޭން ދިޔައިރު ކުލަ ބަދަލުވެފައި
މަދޫރީ އާއި ފަރާ މި ވަގުތު ރާއްޖޭގައި
ސޮނާކްޝީ އަނެއްކާ ވެސް ރާއްޖެ އަންނަ ހިތުން
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި
ރާއްޖޭން ދަނީ ހިތުން ތަންކޮޅެއް ދީފައި: ސޮނާކްޝީ
ސޮނާކްޝީ އަނެއްކާވެސް ރާއްޖޭގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް