ހޯމަ ދުވަހު 51 އަހަރު ފުރޭ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
14 އޯގަސްޓް 2021
ހޯމަ ދުވަހު 51 އަހަރު ފުރޭ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ސައިފާއި އަންހެނުން ކަރީނާ ކަޕޫރާއި ދެ ދަރިންގެ އިތުރުން އާއިލާގެ އިތުރު ބަޔަކު ވެސް އެ ދަތުރުގައި ބައިވެރިވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭގެ ތެރޭގައި ސައިފްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާނާއި ކޮއްކޮ ސޯހާ އަލީ ޚާނާއި އޭނާގެ ފިރިމީހާ، އެކްޓަރު ކުނާލް ކޭމޫ އާއި އެ މީހުންގެ ދަރިފުޅު ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި މި ދަތުރުގައި ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރާއި އޭނާގެ ދެ ދަރިން ވެސް ބައިވެރިވާނެ އެވެ.
ސައިފަކީ މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ބަތަލާ އަދި މި މަހުގެ 12 ގައި 26 އަހަރު ފުރުނު ސާރާ އަލީ ޚާންގެ ވެސް ބައްޕަ އެވެ. ސާރާ އާއި އިބްރާހީމާއި މަންމަ އަމްރިތާ ސިންގް މި އަހަރުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ފިރިމީހާގެ އުފަން ދުވަސް މި ފަހަރު ރާއްޖޭގައި ފާހަގަކުރާ އިރު، ކަރީނާ ވަރަށް ފަހުން ވަނީ އެ މީހުން 2018 ގައި ރާއްޖޭގައި ނެގި ފޮޓޯއެއް އަލުން ހަމަ އެގޮތަށް ނަގަން ދާން ކެތްމަދުވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. އެ ފޮޓޯގައި ފެންނަނީ ކަރީނާގެ ދެމަފިރިންނާއި ސޯހާގެ ދެމަފިރިން އެ މީހުންގެ ދަރިންނާ އެކު ޕޫލެއްގެ ތެރޭގައި ފޮޓޯއަކަށް އެތުރިގެން ތިބޭ ތަނެވެ.
ކަރީނާ އާއި ސައިފްގެ މި ފަހަރުގެ ރާއްޖެ ދަތުރަކީ ފެބްރުއަރީގައި ލިބުނު ދެވަނަ ދަރިފުޅު ޖަހަންގީރް (ޖޭ) އުފަންވި ފަހުން ގައުމުން ބޭރަށްކުރާ ފުރަތަމަ ދަތުރެވެ.
ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި ގޯސްވެގެން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައުން އެއްކޮށް ހުއްޓިފައި ވަނިކޮށް، މިހާރު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަންނަ ފިލްމީ ތަރިން ވަނީ އިތުރުވާން ފަށައިފަ އެވެ. މީގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ވެސް ހިމެނެ އެވެ.
މީގެ ފަސް ވަރަކަށް ދުވަސް ކުރިން ބަތަލާ ހަންސިކާ މޮޓްވާނީގެ 30 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރީ ރާއްޖޭގަ އެވެ. މި މަހުގެ 9 ގައި އުފަން ދުވަސް ފާހަގަކުރި ބަތަލާ ހުރީ ސަން ސިޔާމު އިރު ވެލި ރިސޯޓްގަ އެވެ.
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ
އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ހަނދާންކުރުމުގައި
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ސަނާގެ ދެމަފިރިން ރާއްޖޭގައި
އާރްތީ މަންމަ ގޮވައިގެން ރާއްޖޭގެ ދަތުރު ފުރިހަމަކޮށްފި
ރާއްޖެއާ ގުޅުވައިގެން އިންޑިއާގެ ތަރިންނަށް ބަހުގެ ހަމަލާ