މަންމަ ގޮވައިގެން ޗުއްޓީ އަށް ދިވެހިރާއްޖެ އަންނަން މިދިޔަ އަހަރު ތައްޔާރުވަނިކޮށް، ކޮވިޑް-19އާ ހެދި ދަތުރު ކެންސަލް ކުރަން ޖެހުމުން މި އަހަރަށް އެ ދަތުރު ފަސްކުރި އިންޑިއާގެ ބަތަލާ އާރްތީ ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
26 އެޕްރީލް 2021
މަންމަ ގޮވައިގެން ޗުއްޓީ އަށް ދިވެހިރާއްޖެ އަންނަން މިދިޔަ އަހަރު ތައްޔާރުވަނިކޮށް، ކޮވިޑް-19އާ ހެދި ދަތުރު ކެންސަލް ކުރަން ޖެހުމުން މި އަހަރަށް އެ ދަތުރު ފަސްކުރި އިންޑިއާގެ ބަތަލާ އާރްތީ ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
މަންމަ އަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކައިލަން ވައުދުވި އާރްތީ އާއި އޭނާގެ މަންމަ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ މި މަހުގެ ކުރީކޮޅު އެވެ. އެ މީހުން ތިބީ ކަނޑިންމަ ރިސޯޓްގަ އެވެ. އެ ތަނުގައި ނަގާފައިވާ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް އާރްތީ އިންސްޓްގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ ރިސޯޓްގެ ރެސްޓޯރަންޓެއްގައި ބޭންޑަކުން މިއުޒިކު ކުޅޭ އިރު އާރްތީ ވަރަށް ފޯރީގައި މަންމައާ އެކު ނަށާ ތަނެވެ. އާރްތީ ބުނެފައިވާ ގޮތުގައި މަންމަ ގޮވައިގެން ރާއްޖެ އައުމަކީ އޭނާ އަބަދު ވެސް ހިތުލައިގެން އުޅުނު ކަމެކެވެ. އަދި އެކަން އެންމެ ފަހުން ހާސިލުވުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.
އާރްތީ މިދިޔަ އަހަރު ރާއްޖެ އަންނަން އުޅުނީ އެޕްރީލް މަހުގެ 5 ގައި އޭނާގެ 35 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ.
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ބައިވެރިވެ ގަދަ ފަހަކަށް ވެސް ދަތުރުކުރި އާރްތީ އަކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ އިން ފެންނަ ކުޅަދާނަ ކޮމީޑިއަން ކުރުޝްނާ އަބީޝެކްގެ ކޮއްކޮ އެވެ. އެއީ މަޝްހޫރު އެކްޓަރު ގޯވިންދާގެ އާއިލާ އަށް ނިސްބަތްވާ ބައެކެވެ.
ކަޝިޝް ވެސް ރާއްޖޭގައި
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސަނާގެ ދެމަފިރިން ރާއްޖޭގައި
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
ރާއްޖެއާ ގުޅުވައިގެން އިންޑިއާގެ ތަރިންނަށް ބަހުގެ ހަމަލާ
ޝްރަދާ ރާއްޖޭން ދިޔައިރު ކުލަ ބަދަލުވެފައި