ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ ދެވަނަ ދަރިފުޅު ޖަހާންގީރު (ޖޭ) އަށް ހަ މަސް ފުރުން ފާހަގަކުރުމަށް، ރާއްޖޭގެ ގޮނޑުދޮށުގައި ދަރިފުޅާ އެކު ނެގި ފޮޓޯއަކާ އެކު ހެޔޮ އެދުންތައް ފޮނުވައިފި އެވެ.
22 އޯގަސްޓް 2021
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ ދެވަނަ ދަރިފުޅު ޖަހާންގީރު (ޖޭ) އަށް ހަ މަސް ފުރުން ފާހަގަކުރުމަށް، ރާއްޖޭގެ ގޮނޑުދޮށުގައި ދަރިފުޅާ އެކު ނެގި ފޮޓޯއަކާ އެކު ހެޔޮ އެދުންތައް ފޮނުވައިފި އެވެ.
ކަރީނާ އާއި ސައިފާއި އެ މީހުންގެ ދޮށީ ދަރިފުޅު ތައިމޫރު އަންނަނީ މިދިޔަ ހަފުތާ އިން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ދަތުރުގައި މި މަހުގެ 16 ގައި ސައިފަށް 51 އަހަރު ފުރުން ވެސް ފާހަގަކޮށްފައިވެ އެވެ.
މި ދަތުރުގެ ތެރޭގައި އެ މީހުން ތިބޭ ރިސޯޓްގެ ބީޗްގައި ޖޭ އުރާލައިގެން ނަގާފައިވާ ފޮޓޯއަކާ އެކު ކަރީނާ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއާ އެކު ބުނީ ދަރިފުޅަށް ހަ މަސްވީ ކަމަށާއި ދަރިފުޅަށް ލޯތްބާއި އުފާވެރިކަމާއި ހިތްވަރު އެދޭ ކަމަށެވެ.
ޖޭ އުފަންވީ މިދިޔަ ފެބްރުއަރީ މަހުގެ 21 ގަ އެވެ.
ކަރީނާގެ ދެމަފިރިންގެ ރާއްޖެ ދަތުރަކީ ޖޭ އުފަންވި ފަހުން ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ. އަދި ޖޭގެ ފޮޓޯތައް މީޑިއާތަކުގެ ކެމެރާތަކަށް ފުރަތަމަ ފަހަރަށް އެރީ ވެސް މި ދަތުރަށް ފުރަން ނުކުތް ހިސާބުންނެވެ.
ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅު ތައިމޫރަށް އަންނަ ޑިސެމްބަރު މަހުގެ 20 ގައި ފަސް އަހަރު ފުރޭނެ އެވެ. މިއީ ކަރީނާގެ ފުރަތަމަ ދަރިފުޅު ނަމަވެސް ސައިފްގެ ތިން ވަނަ ދަރިފުޅެވެ. އޭނާގެ ދޮށީ ދެ ދަރިންނަކީ ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ލިބުނު ބަތަލާ ސާރާ އަލީ ޚާން، 26، އާއި އިބްރާހީމް އަލީ ޚާން، 20، އެވެ.
ކަރީނާ ދާދި ފަހުން ވަނީ ދެ ދަރިން ވިހެއުމާއި މާބަނޑު ދުވަސްވަރުގެ ތަޖުރިބާ ކިޔައިދޭ ފޮތެއް "ޕްރެގްނަންސީ ބައިބްލް" ގެ ނަމުގައި ނެރެފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ސަނާގެ ދެމަފިރިން ރާއްޖޭގައި
އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ހަނދާންކުރުމުގައި
އާރްތީ މަންމަ ގޮވައިގެން ރާއްޖޭގެ ދަތުރު ފުރިހަމަކޮށްފި