25 ނޮވެމްބަރ 2021
އިންޑިއާގެ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ބޮޑު އަގު ބޮޑުކޮށް ފިލްމު ކުޅެދޭ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ބޮޑު އަގު ބޮޑުކޮށް ފިލްމު ކުޅެދޭ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި 42 އަހަރުގެ އެކްޓަރު މިހާރު ފިލްމެއް ކުޅެދެނީ 150 ކްރޯޑް ރުޕީސް (20.13 މިލިއަން ޑޮލަރު) އަށެވެ. މިޑިއާތަކުން ބުނީ ޕްރަބާސް އެންމެ ފަހުން ސޮއިކުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" އާއި ޑައިރެކްޓަރު އޯމް ރައުތުގެ "އާދިޕުރުޝް" އަށް ވެސް ސޮއިކުރީ 150 ކްރޯޑް ރުޕީސްއަށް ކަމަށެވެ.
މި ދެ ފިލްމަކީ ވެސް ޕްރޮޑިއުސަރު ބުޝަން ކުމާރުގެ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ފިލްމުތަކެވެ. އެންމެ އަވަހަށް ރިލީޒްވާން އޮތް ޕްރަބާސްގެ "ރާދޭ ޝާމް" އަކީ ވެސް ސްޓޫޑިއޯގެ އެއްޗެކެވެ.
ޕްރަބާސް މިހާރު ފާހަގަ ކުރެވެނީ ބޮޑެތި ބަޖެޓްތަކުން ހަދާ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ "ރާދޭ ޝާމް" ޖެނުއަރީ 14 ގައި ރިލީޒްކުރާ އިރު، އެ ފިލްމަކީ 350 ކްރޯޑް ރުޕީސް (46 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ އެއްޗެކެވެ.
ދާދި ފަހުން ޝޫޓިން ނިންމާލި އަދި އަންނަ އަހަރުގެ އޮގަސްޓް 11 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "އާދިޕުރުޝް" އަކީ 500 ކްރޯޑް ރުޕީސް (67.08 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
ޕްރަބާސްގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ސަލާރު" އާއި ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި އަމީތާބް ބައްޗަނާ އެކު ކުޅޭ ނަން އަދި އިއުލާން ނުކުރާ ފިލްމެއް ވެސް ހިމެނެ އެވެ.
މިހާރު އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކަށް ޕްރަބާސްވެފައިވާ އިރު، އެ ގައުމުގެ އެކްޓަރުންގެ ތެރެއިން ކުރިން އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ސަލްމާން ޚާނާއި އަކްޝޭ ކުމާރާއި ޝާހްރުކް ޚާން ހިމެނެ އެވެ.
ދެހާސް ސޯޅައިގެ "ސުލްތާން" އާއި 2017 ގެ "ޓައިގާ ޒިންދާ ހޭ" ސަލްމާން ކުޅުނީ 100 ކްރޯޑް (13.42 މިލިއަން ޑޮލަރު) އަށެވެ. އަދި މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި "ބެލް ބޮޓަމް" އަކްޝޭ ކުޅުނީ ވެސް ހަމަ އެ އަގަށެވެ. ޝާހްރުކް މިހާރު ޝޫޓިން ފަށާފައި އޮތް "ޕަތާން" އިން އޭނާ 100 ކްރޯޑްގެ އަގެއް ލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހާރު އެ ތަރިއެއްގެ ސޮއި ހޯދަން އެންމެ ބޭނުންވާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ސާހޯ" އެވެ. ޖުމްލަ 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 433 ކްރޯޑް ރުޕީސް (58,09 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ރާޖަމޯލީގެ ފިލްމަކުން ސަލްމާން ފެނުމުގެ ފުރުސަތު ބޮޑު
ޝާހްރުކް ކުޅެނީ ހުސް އެއްކަހަލަ ފިލްމުތަކެއް: މަހޭޝް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް