08 އޮކްޓޯބަރ 2019
މެޑްރާސް (އޮކްޓޯބަރު 8) - އިންޑިއާގެ ޓަމިލް ނާޑޫގައި އާ ކައިވެންޏަށް ފަހު އާއިލީ މެންބަރުން ސެލްފީ ނަގަނިކޮށް، އަލަށް ކައިވެނި ކުރި އަންހެން މީހާ ކޯރަކަށް ވެއްޓި މަރުވެއްޖެ އެވެ.
މެޑްރާސް (އޮކްޓޯބަރު 8) - އިންޑިއާގެ ޓަމިލް ނާޑޫގައި އާ ކައިވެންޏަށް ފަހު އާއިލީ މެންބަރުން ސެލްފީ ނަގަނިކޮށް، އަލަށް ކައިވެނި ކުރި އަންހެން މީހާ ކޯރަކަށް ވެއްޓި މަރުވެއްޖެ އެވެ.
ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގެ ފުލުހުން ބުނީ އަންހެން މީހާގެ އިތުރުން އެ އާއިލާގެ އިތުރު ތިން މެންބަރަކު ވެސް މަރުވި ކަމަށެވެ. އެ ހާދިސާ ހިނގީ ޕަމްބާރު ޑޭމްއާ ކައިރީގައި އުނަގަނޑާ ހަމައަށް އެރިގެން ތިބެ ހަ މީހަކު ސެލްފީ ނަގަނިކޮށް، އެކަކު ކަހާލައިގެން ވެއްޓުމުންނެވެ. އެންމެން ތިބީ އަތުގުޅުވާލައިގެން ކަމަށްވާތީ އެކަކު ވެއްޓުމާ އެކު އެންމެން ކޯރަށް ވެއްޓުނީ އެވެ.
ހަ މީހުންގެ ތެރޭން ސަލާމަތްވީ އަންހެން މީހާގެ ފިރިމީހާ އާއި އޭނާގެ އަންހެން ކޮއްކޮ އެވެ. ފުލުހުން ބުނީ މަރުވި މީހުންގެ ހަށިތައް ހޯދާފައިވާ ކަމަށާއި އެ މީހުންގެ ޕޯސްޓް-މޯޓަމް ހަދާނެ ކަމަށެވެ.
ސެލްފީ ނަގަނިކޮށް އެންމެ ގިނަ މީހުން މަރުވާ ކަމަށް ރެކޯޑްތަކުން ދައްކަނީ އިންޑިއާގަ އެވެ. ސެލްފީ ނަގައިގެން މަރުވި ކަމަށް 2011 އިން 2017 އަށް ރެކޯޑްކޮށްފައިވާ 259 މީހުންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން މަރުވެފައި ވަނީ އިންޑިއާ އިންނެވެ. ދެން ރަޝިޔާ އާއި އެމެރިކާ އަދި ޕާކިސްތާނުންނެވެ.
"ސެލްފީ މަރު"ތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވަން ކަރުނާޓަކާގައި 2017 ވަނަ އަހަރު ވަނީ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ
ކަމަލް ހަސަން ފިލްމު ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް
އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރައްޔިތުން ހަނދަށް؟!
ސެނިޓައިޒާ ދެނީ ސާޅީ އެޅި ރޮބޮޓެއް
އިންޑިއާ: ދެބަފައިން މަރުވުމުން ފުލުހުންނަށް ނުރުހުން
ޓީޗަރުންގެ ހާޒިރީ އަށް ސެލްފީ ނަގަން ހަމަޖައްސައިފި
ހިންދީ ބަސް މަޖުބޫރުކުރަން ޓެމިލް ނާޑޫގެ ނުރުހުން!
ޓަމިލް ނާޑޫން ވަނީ 1.3 ބިލިއަން ރުޕީސް އަތުލާފައި