03 ޖޫން 2021
ފޯނު ނަމްބަރެއްގެ ޚިދުމަތް ކަނޑާލުމަށް ފަހު އެ ނަމްބަރު އެހެން މީހަކަށް ވިއްކާލި މައްސަލާގައި ދިރާގުން މީހަކަށް ދައްކަން ޖެހުނު 50،000ރ. ގެ ބަދަލުން މިއަދު ސަލާމަތްވެއްޖެ އެވެ.
ފޯނު ނަމްބަރެއްގެ ޚިދުމަތް ކަނޑާލުމަށް ފަހު އެ ނަމްބަރު އެހެން މީހަކަށް ވިއްކާލި މައްސަލާގައި ދިރާގުން މީހަކަށް ދައްކަން ޖެހުނު 50،000ރ. ގެ ބަދަލުން މިއަދު ސަލާމަތްވެއްޖެ އެވެ.
މީހަކަށް 50،000ރ. ގެ ބަދަލެއް ދައްކަން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރީ އެ މީހާގެ ނަމުގައި އޮތް ނަމްބަރެއްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑަލާފައި ވަނިކޮށް އޭގެ ޚިދުމަތް ދާއިމީކޮށް ދިރާގުން މެދުކަނޑާލައި، އެ ނަމްބަރު އެހެން މީހަކަށް ވިއްކާލި ކަމަށް ބުނެ އެވެ.
ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާތާ 180 ދުވަސް ތެރޭގައި އެ ނަމްބަރު އަލުން ބޭނުންކުރަން ނުފަށައިފި ނަމަ އެ ނަމްބަރުގެ ޚިދުމަތް ދާއިމީކޮށް ކަނޑާލައި އަދި އެހެން މީހަކަށް ވިއްކާލުމުގެ ބާރު އޮވެ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ދިރާގުން އެ ނަމްބަރުގެ ޚިދުމަތް ދާއިމީކޮށް ކަނޑާލީ 180 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިން ކަމަށެވެ.
އެ މައްސަލަ ދިރާގުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ނަމްބަރުގެ ޚިދުމަތް ދާއިމީކޮށް މެދުކަނޑާލީ 180 ދުވަސް ހަމަ ނުވަނީސް ކަމަށް ސިވިލް ކޯޓުން ނިންމީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ މުއްދަތު ގުނައިގެން ކަމަށެވެ. ނަމަވެސް އެ ގާނޫނަކީ ގާނޫނުތަކާއި ގަވާއިދުތައް މާނަކުރުމުގައި ބޭނުން ކުރެވޭ ގާނޫނެއް ކަމަށާއި ދިރާގުން ކަނޑައަޅާފައިވާ އެ ކުންފުނީގެ އަމިއްލަ އުސޫލުތައް މާނަ ކުރުމުގައި އެ ގާނޫނު ބޭނުން ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ދިރާގުން ކަނޑައަޅާފައިވާ އުސޫލު އޮތްގޮތުން 180 ދުވަސް ގުނާނީ ސަރުކާރު ބަންދު ދުވަސް ވެސް ހިމަނައިގެން ކަމަށާއި އެގޮތަށް މުއްދަތު ގުނުމުން އެ ނަމްބަރު ދާއިމީކޮށް މެދުކަނޑާލީ 180 ދުވަސް ހަމަވުމުން ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
ދިރާގުޓީވީގެ ލައިސަންސް ކޯޓުން ދެމެހެއްޓުމުން ހައިކޯޓަށް
ނަމްބަރެއްގެ ޚިދުމަތް ކެނޑުމުން ބަދަލަށް ބައި ލައްކަ
ދިރާގުގެ އާ ބަދަލު: "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"
އެޕަލްގެ އެންމެ ފަހުގެ އައިފޯން ދިރާގުން ވިއްކަނީ
ދިރާގުން ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފްކޮށްފި
ދިރާގުގެ 500،000 ވަނަ ކަސްޓަމަރު ހޮވައިފި
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
އިންޓަނެޓް ރަނގަޅުކޮށްލަން ދިރާގު އޮރެންޖް ބޮކްސް
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި