01 އޯގަސްޓް 2016
ދިރާގުގެ 500،000 ވަނަ ކަސްޓަމަރަށް އިއްޔެ އެ ކުންފުނިން މަރުހަބާ ކިޔައިފި އެވެ.
ދިރާގުގެ 500،000 ވަނަ ކަސްޓަމަރަށް އިއްޔެ އެ ކުންފުނިން މަރުހަބާ ކިޔައިފި އެވެ.
އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ ބައި މިލިއަން ވަނަ ކަސްޓަމަރަކަށް ހޮވިފައިވަނީ މ. ފުރަހަނި ފާތުމަތު ލައިޝާ ޝާހިރެވެ.
އެ ކުންފުނިން ބުނީ އެއީ ހާއްސަ ކަސްޓަމަރަކަށް ވުމުން އެކަން ފާހަގަކުރުމުގެ ގޮތުން އެ ފަރާތަށް ޕޯސްޓްޕެއިޑް މޮބައިލް ކަނެކްޝަނަކާއި ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް އެއް އަހަރު ދުވަހަށް ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ.
"ދިރާގަކީ މުވާސަލާތީ ހުރިހާ ހިދުމަތެއްގެ 'ޓޯޓަލް ސޮލިއުޝަން' ފޯރުކޮށްދޭ ކުންފުންޏަކަށް ވާއިރު މި ކަސްޓަމަރަކީ އެ ކުންފުނީގެ ފިކްސްޑް ލައިން، މޯބައިލް އަދި ފިކްސްޑް އާއި މޮބައިލް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިޒްނަސް ކަސްޓަމަރުންގެ ތެރެއިން ދިރާގުގެ ހިދުމަތެއް ނެންގެވި ބައި މިލިޔަން ވަނަ ކަސްޓަމަރު،" ދިރާގުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ދިރާގުގެ ބައި މިލިޔަން ވަނަ ކަސްޓަމަރު ލައިޝާ ބުނެފައި ވަނީ އެއީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުމަށްފަހު އައިސް އަލަށް ނެގި ޕޯސްޓްޕެއިޑް ސިމަކުން ލިބުނު ނަސީބެއް ކަމަށެވެ.
"ވަރަށް ބޮޑު ސަޕްރައިޒެއް. ދިރާގު ކަހަލަ ކުންފުންޏެއްގެ މިފަދަ މައިލްސްޓޯންއެއް އެޗީވް ކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމުން މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިރާގަކީ މިހާރު ރާއްޖޭގެ އެއްވަނަ ކުންފުނި. ދިރާގުގެ ސިމެއް ނެގި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ،" އޭނާ ބުނެފައިވެ އެވެ.
ދިރާގުގެ 500،000 ވަނަ ކަސްޓަމަރަށް ހޮވުނު ލައިޝާއާއެކު ދިރާގުގެ އިސްވެރިން. ފޮޓޯ: ދިރާގު
އެ ކުންފުނީގެ 500،000 ވަނަ ކަސްޓަމަރު އިއުލާން ކުރުމަށްފަހު ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އިއްޔެއަކީ ދިރާގަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
"ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަށް ފުޅާކުރުމުގެ ގޮތުން ކެނޑިނޭޅި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު މި ނެޓްވޯކަށް 500،000 ކަސްޓަމަރުން ގެނެވުމަކީ އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތް އަޅުގަނޑުމެންގެ ކަސްޓަމަރުން ބަލައިގަންނަކަށް އަންގައިދޭ ކަމެއް،" އޭނާ ވިދާޅުވެފައިވެ އެވެ.މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި 27 އަހަރު ހޭދަކޮށްފައިވާ ދިރާގަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ހަލުވި ތްރީ ޖީ އަދި ފޯ ޖީ އެލްޓީއީ ނެޓްވޯކެވެ. އެ ކުންފުނިން ބުނިގޮތުގައި އެ ކުންފުނިން މިހާރު ގެންދަނީ ފޯ ޖީ ގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އާބާދީގެ 58 ޕަސެންޓަށް މިހާރު އެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، ނެޓްވޯކް އިތުރަށް ފުޅާކޮށް އެންމެ ޒަމާނީ ހިދުމަތްތައް އެންމެ އަވަހަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މިހާރު ވެސް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.
ނަމްބަރެއްގެ މައްސަލާގައި ދިރާގުން ބަދަލުދޭކަށް ނުޖެހުނު
ދިރާގުގެ އާ ބަދަލު: "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"
އެޕަލްގެ އެންމެ ފަހުގެ އައިފޯން ދިރާގުން ވިއްކަނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
އިންޓަނެޓް ރަނގަޅުކޮށްލަން ދިރާގު އޮރެންޖް ބޮކްސް
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
"ލިމިޓްލެސް" ޕެކޭޖުން ވެސް ލޯންޗް ހޯދުމުގެ ފުރުސަތު