Roadha Mihaaru
އެޕަލްގެ އެންމެ ފަހުގެ އައިފޯން ދިރާގުން ވިއްކަނީ

އެޕަލްގެ އެންމެ ފަހުގެ އައިފޯން ދިރާގުން ވިއްކަން ފަށައިފި

05 އެޕްރީލް 2017

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 7ގެ (ޕްރޮޑަކްޓް ރެޑް) ހާއްސަ އެޑިޝަން ދިރާގުން މިއަދު ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 7ގެ (ޕްރޮޑަކްޓް ރެޑް) ހާއްސަ އެޑިޝަން ދިރާގުން މިއަދު ވިއްކަން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ގައި ބާޒާރަށް ނެރުނު އައިފޯނު މިއަދުން ފެށިގެން ދިރާގުގެ ހުރިހާ ކަސްޓަމާ ސާވިސް އޮފީސްތަކުން ލިބެން ހުންނާނެ ކަމަށެވެ.

އައިފޯން 7 ގެ ރެޑް އެޑިޝަންގައި ހުންނަނީ ދެ ސައިޒެކެވެ. އެއީ 128 ޖީބީ އާއި 256 ޖީބީގެ ފޯނެވެ.

އެޕަލްގެ އެންމެ ފަހުގެ އައިފޯނު.

އެޕަލްގެ އެންމެ ފަހުގެ އައިފޯނު.

ދިރާގުން ބުނިގޮތުގައި އައިފޯން 7 (ރެޑް) ގަންނަ މީހުންނަށް ހަ މަސް ދުވަސް ވަންދެން ހިލޭ ފަސް ޖީބީ ޑާޓާ ލިބޭނެ އެވެ.

"އާ ފޯނު ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން 12 މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ. މިއީ އެންމެ ފަހުގެ ފޯނު ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވި އެވެ.

"ޕްރޮޑަކްޓް ރެޑް" ގެ ނަން ދީފައިވާ މި ފޯނު 7 ވިއްކައިގެން ލިބޭ ފައިސާއިން، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވާނެ އެވެ. މީގެ ކުރިން ވެސް އެޕަލް އިން ވަނީ ރަތްކުލައިގެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާ އިން އެއިޑްސް ޗެރިޓީ އަށް އެހީވެފަ އެވެ.