Roadha Mihaaru
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ

އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ

29 އޯގަސްޓް 2021

އަންނަ މަހު އާ އައިފޯން ދައްކާލާނެ ކަމުގެ ޔަގީންކަން ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފަހުން ނެރުނު އައިފޯންތަކަށް ވުރެ އާ ފޯނު އަގު މާ ބޮޑު ވެދާނެ އެެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު އާ އައިފޯން ދައްކާލާނެ ކަމުގެ ޔަގީންކަން ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފަހުން ނެރުނު އައިފޯންތަކަށް ވުރެ އާ ފޯނު އަގު މާ ބޮޑު ވެދާނެ އެެވެ.

މީގެ ސަބަބެއް ކަމަށް ބުނަނީ ޓެކް އިންޑަސްޓްރީ އަށް މިދިޔަ އަހަރުން ފެށިގެން ދިމާވެފައި އޮތް ޗިޕްގެ ދަތިކަމެވެ. އެހެންވެ އެޕަލް އަށް ޗިޕް ފޯރުކޮށްދޭ ސަޕްލަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޗިޕްގެ އަގަށް 3-10 ޕަސެންޓްގެ ބޮޑުވުމެއް އައިސްފައިވާތީ އައިފޯން 13 ގެ އަގަށް ވެސް 3-5 ޕަސެންޓާގެ ބޮޑުވުމެއް އައުން އެކަށީގެންވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެޕަލް އިން އެއްވެސް އެއްޗެއް އަދި ނުބުންޏަސް ކުންފުންޏަށް ޗިޕް ސައިލައިކޮށްދޭ ޓައިވާންގެ ސެމީކޮންޑަކްޓަ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) ގެ ވާހަކަތަކަށް ބުރަވެ، ޑިޖިޓައިމްސް ފަދަ މީޑިއާތަކުން ބުނި ގޮތުގައި އައިފޯންގެ 13 އަށް އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެއްބަޔަކު ލަފާކުރަނީ ފޯނުގެ އަގު 20 ޕަސެންޓަށް އުފުލިދާނެ ކަމަށެވެ.

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓެކް އިންޑަސްޓްރީގެ މަސައްކަތްތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާ އެއްވަރަށް ޗިޕް އުފައްދައި، ސަޕްލައިނުކުރެވުމެވެ. އެހެންވެ މި ސަބަބާ ހެދި އައިފޯން 13 އަގު ބޮޑުވުމަކީ މާ ހައިރާންޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 13 ދައްކައިލާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 24 ގަ އެވެ.