ޗިޕް ލިބުމުގެ ތާށިކަމާ ހުރެ، އައިފޯން އުފެއްދުމުގެ މަސައްކަތަށް ބުރޫއަރައި، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިދާނެތީ އެޕަލް އިން މި ވަގުތަށް އައިޕެޑް އުފެއްދުން މަދުކޮށް އައިފޯން 13 އަށް އިސްކަން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
03 ނޮވެމްބަރ 2021
ޗިޕް ލިބުމުގެ ތާށިކަމާ ހުރެ، އައިފޯން އުފެއްދުމުގެ މަސައްކަތަށް ބުރޫއަރައި، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިދާނެތީ އެޕަލް އިން މި ވަގުތަށް އައިޕެޑް އުފެއްދުން މަދުކޮށް އައިފޯން 13 އަށް އިސްކަން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނިކީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާ އަހަރެއް ވެސް ފެށުމާ ގާތްވަމުން އަންނާތީ އައިފޯން 13 ގެ ޑިމާންޑް އުފުލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އެޕަލް އިން މިހާރު ނިންމާފައި އޮތީ އަހަރުގެ ފަހު ދެ މަހުގައި އައިޕެޑާއި އައިފޯންގެ ކުރީގެ ބައެއް މޮޑެލްތައް އުފެއްދުން ވަރަށް ބޮޑަށް މަދު ކުރުމަށެވެ.
އެގޮތުން ޕްރޮޑަކްޝަނަށް ގެންނަ ބަދަލާ އެކު އަހަރުގެ އަހަރުގެ ފަހު ދެ މަހުގައި އެޕަލް އިން ޕްލޭން ކޮށްފައި އޮތް މިންވަރަށް ވުރެ ދެ ގުނަ އަށް އައިޕެޑް އުފެއްދުން މަދުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެޕަލް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
#Apple has cut back sharply on #iPad production to allocate more components to the iPhone 13, multiple sources told Nikkei Asia, a sign the global chip supply crunch is hitting the company even harder than it previously indicated.https://t.co/5t9pXpn721
— Rurika Imahashi (@imaruritokyo) November 2, 2021
ކޮވިޑް-19 އާ ހެދި މިދިޔަ އަހަރުން ފެށިގެން ޓެކް އިންޑަސްޓްރީ އަށް ޗިޕްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކޮށްފައިވާ ގޮތުގައި ޗިޕް އިންޑަސްޓްރީ އަށް އައި ލޮޅުން 2023 އާ ހަމައަށް ދެމިގެން ދާނެ އެވެ.
ޗިޕްގެ ދަތިކަމާ ހުރެ އައިފޯން 13 ލިބުން ދަތިވެދާނެ ކަމުގެ އިޝާރާތެއް މިދިޔަ މަހުގެ ތެރޭގައި ޓިމް ކުކްގެ އެޕަލް އިން ވެސް ދީފައިވެ އެވެ. އެހެންވެ ޕްރޮޑަކްޝަން ޕްލޭނަށް ގެންނަން ނިންމި ބަދަލާ އެކު، ކުންފުނިން މިހާރު އަމާޒު ހިފާފައި އޮތީ އައިފޯން 13 ގެ ސަޕްލައި އަށް އާ އަހަރާ ދިމާކޮށް ބުރޫނާރާނެ ގޮތެއްވޭތޯ އެވެ.
ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެއްވިއްޖެ ނަމަ މީގެ އެންމެ ބޮޑު އަސަރެއް ކުރާނީ ކަސްޓަމަރުންނަށެވެ. ސަބަބަކީ އަގު އުފުލިގެން ދާނެތީ އެވެ. ކުރިން ވެސް ލަފާކޮށްފައި އޮތް ގޮތުން އަންނަ އަހަރުގެ ކުރީކޮޅު އައިފޯން 13 ގެ އަގަށް 20 ޕަސަންޓްގެ ބޮޑުވުމެއް އަންނާނެ އެވެ. ސަޕްލައި ދަށްވެއްޖެ ނަމަ އެ ނިސްބަތް އެއަށް ވުރެ ބޮޑުތަނުން އިތުރުވާނެ އެވެ.
ސެޕްޓެމްބަރު މަހު އެޕަލް އިން އައިފޯން 13 ގެ ހަތަރު ވާޝަނެއް ނެރުނެވެ. އެއީ އައިފޯން 13 މިނީ އާއި އައިފޯން 13 އާއި އައިފޯން ޕްރޯ 13 ގެ އިތުރުން އައިފޯން 13 ޕްރޯ މެކްސް އެވެ.
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އެޕަލްގެ ޑިވައިސްތަކުގައި ގޯސް ފޮޓޯ ހުރިތޯ ސްކޭންކުރަނީ
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ
އައިފޯން 12 އަށް މެގްސޭފް ބެޓެރިއެއް ނެރެފި