30 ޖެނުއަރީ 2022
ސްމާޓްފޯން ވިޔަފާރީގައި އެޕަލްއިން އަނެއްކާ ވެސް ކުރި ހޯދަމުން އަންނައިރު، މިހާރު ބޭނުންކުރަމުން އަންނަ އެ ކުންފުނީގެ ޑިވައިސްތަކުގެ އަދަދު 1.8 ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްމާޓްފޯން ވިޔަފާރީގައި އެޕަލްއިން އަނެއްކާ ވެސް ކުރި ހޯދަމުން އަންނައިރު، މިހާރު ބޭނުންކުރަމުން އަންނަ އެ ކުންފުނީގެ ޑިވައިސްތަކުގެ އަދަދު 1.8 ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި ބޭނުންކުރާ އެޕަލްގެ ޑިވައިސްތަކުގެ އަދަދު އަހަރުން އަހަރަށް މަތިވަމުން އަންނަ އިރު، މިކަމުން ދައްކުވައި ދެނީ އެ ކުންފުނީގެ އުފެއްދުންތަކަށް ކަސްޓަމަރުންގެ ފަރާތުން އޮތް ތަރުހީބު ބޮޑުވުމެވެ. މިދިޔަ އަހަރު އެކަނި ވެސް އެލަޕްގެ އެކްޓިވް ޑިވައިސްތަކުގެ އަދަދު 150 މިލިއަނަށް އިތުރުވި އެވެ.
އެކްޓިވް ޑިވައިސްތަކުގެ އަދަދު 1.8 ބިލިއަނަށް އެރިކަން ހާމަކުރިޔަސް ޑިވައިސްތަކާ ބެހޭ ތަފުސީލެއް ނުދެ އެވެ. އެކްޓިވް ޑަވިއިސްތައް ގުނުމުގައި އެޕަލް އިން ގެންގުޅޭ މިންގަނޑަކީ އެޕަލްގެ ސާވިސްތައް ހޯދުމުގައި އެ ޑިވައިސްއެއް މަދުވެގެން 90 ދުވަހަށް ނުވަތަ ތިން މަހަށް ބޭނުންކުރަމުން ދިއުމެވެ.
އެޕަލްގެ ސީއީއޯ.
މީގެ އަހަރެއް ކުރިއަށް ބަލާ ނަމަ އެޕަލްގެ އެކްޓިވް ޑިވައިސްތަކުގެ އަދަދު އުޅުނީ 1.65 ބިލިއަންގަ އެވެ. އަދި 2020 ގައި އަދަދު އުޅުނީ 1.5 ބިލިއަންގަ އެވެ. އެޕަލްގެ ޑިވައިސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކީ އައިފޯނެވެ. އެޕަލްގެ އުފެއްދުންތަކުގެ ތެރޭގައި ދެން އެންމެ ނަގާކިޔާ އެއްޗެހީގެ ތެރޭގައި އައިޕެޑާއި މެކް ހިމެނެ އެވެ.
އެޕަލްގެ އެކްޓިވް އައިފޯނުގެ އަދަދު ބިލިއަނަކަށް އެރީ މީގެ އަހަރެއް ކުރިންނެވެ. އެ ކުންފުނިން އެންމެ ފަހުން ނެރެފައި ވަނީ އައިފޯން 13 އެވެ. އެއީ މިދިޔަ އަހަރު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އައިފޯން 14 ލޯންޗްކުރާނެ އެވެ.
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އެޕަލްގެ ޑިވައިސްތަކުގައި ގޯސް ފޮޓޯ ހުރިތޯ ސްކޭންކުރަނީ
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
އަޕްޑޭޓް ނުކޮށްފި ނަމަ ބައެއް އައިފޯންތައް ހަލާކުވެދާނެ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
އެޕަލްގެ ސަބަބުން ވާދަވެރިންނަށް ފުރުސަތު ގެއްލޭ
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އެޕަލްގެ އޮފީސްތައް އަހަރުގެ ނިޔަލަށް ބަންދު