10 އޯގަސްޓް 2021
ކުޑަކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށް ކުރާ ކަމެއްގެ ގޮތުން އެޕަލްގެ ޑިވައިސްތަކުގައި ފޮޓޯތައް ސްކޭންކުރަން ނިންމައިފި އެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށް ކުރާ ކަމެއްގެ ގޮތުން އެޕަލްގެ ޑިވައިސްތަކުގައި ފޮޓޯތައް ސްކޭންކުރަން ނިންމައިފި އެވެ.
މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެމެރިކާގަ އެވެ.
ޓިމް ކުކްގެ އެޕަލް އިން ބުނި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ/ފުރައްސާރަކުރެވޭ ފަދަ އެއްވެސް ކަހަލަ ކޮންޓެއްޓެއް ހުރިތޯ ދެނެގުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ނިޒާމަކީ އައިކްލައުޑް ފޮޓޯސް އަށް ލާ ފޮޓޯތައް ރައްކާކުރުމުގެ ކުރިން އޭގައި ޗައިލްޑް ސެކްޝްއަލް އެބިއުޒް މެޓީރިއަލް (ސީއެސްއޭއެމް) ހުރިތޯ ދެނެގަނެ، ކަމާ ބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރެވޭނެ ގޮތް ހެދުމެވެ. މި ނިޒާމު އައިއޯއެސް، މެކްއޯއެސް، ވޮޗްއޯއެސް އަދި އައިމެސެޖްގައި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.
އެޕަލް އިން އަލަށް އަމަލުކުރަން ފަށާ މި ނިޒާމު މަސައްކަތްކުރާ ގޮތަށް ބަލާ އިރު އެޕަލްގެ ޑިވައިސްތަކުން އަޕްލޯޑްކުރާ ފޮޓޯތައް، ކުޑަކުންދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ނޭޝަނަލް ސެންޓަ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން (އެންސީއެމްއީސީ) އިން ހަދާފައިވާ ޑޭޓާބޭސްގައި ހިމެނޭ ކޮންޓެންޓާ އަޅާކިޔައި އެ ފޮޓޯތަކުގައި އެފަދަ އެއްވެސް ކޮންޓެންޓެއް ހުރިތޯ ކަށަވަރުކުރާނެ އެވެ. އަދި އެފަދަ ކަމެއް ހިމެނޭ ނަމަ ފިޔަވަޅު އަޅާނެ އެވެ.
އެޕަލް އިން ބުނެފައިވާ ގޮތުގައި ފޮޓޯތައް ކިތަންމެ ވަރަކަށް އެޑިޓްކޮށްފައި ހުއްޓަސް މި ނިޒާމު މެދުވެރިކޮށް އެކަން ދެނެގަނެވޭނެ އެވެ.
އެޕަލް އިން މިކަން އިއުލާންކުރުމާ އެކު ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި މިއިން ނުކުންނާނެ އެންމެ ބޮޑު މައްސަލަ އަކީ އެޕަލްގެ ޑިވައިސްތައް ގެންގުޅޭ މީހުންގެ ޕްރައިވެސީ ގެއްލުމެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ މަންފާތަކެއް ހޯދަން ވެސް މަސައްކަތްކުރުމުގެ ފުރުސަތާ އެކު ގައުމުތަކުން ރައްޔިތުންނަށް ފާރަލައި، ޖާސޫސްކުރުމުގެ ނާޖާއީޒު އަމަލުތަކެއް ހިންގައިފާނެކަމުގެ ބިރު ވެސް އެބަ އޮތް ކަމަށް ވަނީ ބުނެފަ އެވެ.
އެޕަލްގެ މި ނިޒާމާ ދެކޮޅަށް ވާހަކަ ދެއްކި ކުންފުނިތަކުގެ ތެރޭގައި ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕް ވެސް ހިމެނެ އެވެ.
ފޮޓޯ ސްކޭންކުރާ އެޕަލްގެ ޓެކްނޮލޮޖީ މަޑުޖައްސާލައިފި
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ