05 ސެޕްޓެމްބަރ 2021
ކުޑަކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށް ކުރާ ކަމެއްގެ ގޮތުން އެޕަލްގެ ޑިވައިސްތަކުގައި ފޮޓޯތައް ސްކޭންކުރަން ނިންމައި އެކަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ހެދި އެ ކުންފުނިން އެކަން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށް ކުރާ ކަމެއްގެ ގޮތުން އެޕަލްގެ ޑިވައިސްތަކުގައި ފޮޓޯތައް ސްކޭންކުރަން ނިންމައި އެކަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ހެދި އެ ކުންފުނިން އެކަން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
އެޕަލް އިން ކުރިން ނިންމާފައި އޮތީ ފޮޓޯ ސްކޭންކުރާ "ނިއުރަލްހޭޝް ޓެކްނޮލޮޖީ" މި އަހަރު ނިމުމުގެ ކުރިން ލޯންޗްކުރާށެވެ. ނަމަވެސް ވަރަށް ގިނަ ބައެއްގެ ފަރާތުން އެކަމަށް ފާޑުކިޔުންތައް އަމާޒުވެ، އެޕަލްގެ އެ ޓެކްނޮޖޮލޮޖީގެ ސަބަބުން އެތައް ބައެއްގެ ޕްރައިވެސީ ގެއްލި، ގައުމުތަކުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފާނެ ކަމަށް ވެސް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"ނިއުރަލްހޭޝް ޓެކްނޮލޮޖީ" އާ މެދު ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އިލެކްޓްރޯނިކް ފްރޮންޓިއާސް ފައުންޑޭޝަނުން ހިމެނެ އެވެ. އެތަނުން އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަން ފަށާފައިވާ އިރު، މިހާތަނަށް އެޕަލްގެ 25،000 ކަސްޓަމަރުން ސޮއިކޮށްފައިވެ އެވެ.
BREAKING: Apple delays controversial plan to scan iPhones for child exploitation images https://t.co/XvUWeR4ZwZ
— CNBC Now (@CNBCnow) September 3, 2021
އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ބައެއްގެ ފަރާތުން ލިބުނު ހިޔާލުތަކާ ގުޅިގެން މިހާރު ނިއުރަލްހޭޝް ޓެކްނޮލޮޖީ މަޑުޖައްސާލާފައިވާ ކަމަށެވެ.
"މިކަމަށް އަހަރެމެންނަށް ކަސްޓަމަރުންނާއި އެޑްވޮކޭސީ ގްރޫޕްތަކާއި ރިސާޗަރުންނާއި އަދިވެސް އެތައް ބައެއްގެ ފަރާތުން ލިބުނު ފީޑްބެކްތާ ގުޅިގެން މިހާރު ބަނީ މަޑުޖައްސާލާފައި. އެހެންވީމާ ހުރިހާ ފަރާތްތަކެއްގެ ވާހަކަތަކަށް ރިޔާއަތްކޮށްފައި ދެން މިކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ފަހުން ހާމަކުރާނަން." އެޕަލް އިން ބުންޏެވެ.
We're winning.
— EFF (@EFF) September 3, 2021
Apple has announced delays to its intended phone scanning tools while it conducts more research. But the company must go further, and drop its plans to put a backdoor into its encryption entirely. https://t.co/d0N1XDnRl3
ކުޑަކުދިންނަށް ޖިންސީ ގޯނާ/ފުރައްސާރަކުރެވޭ ފަދަ އެއްވެސް ކަހަލަ ކޮންޓެއްޓެއް ހުރިތޯ ދެނެގުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ނިޒާމަކީ އައިކްލައުޑް ފޮޓޯސް އަށް ލާ ފޮޓޯތައް ރައްކާކުރުމުގެ ކުރިން އޭގައި ޗައިލްޑް ސެކްޝްއަލް އެބިއުޒް މެޓީރިއަލް (ސީއެސްއޭއެމް) ހުރިތޯ ދެނެގަނެ، ކަމާ ބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރެވޭނެ ގޮތް ހެދުމެވެ. މި ނިޒާމު އައިއޯއެސް، މެކްއޯއެސް، ވޮޗްއޯއެސް އަދި އައިމެސެޖްގައި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. މި ނިޒާމު މަސައްކަތްކުރާ ގޮތަށް ބަލާ އިރު އެޕަލްގެ ޑިވައިސްތަކުން އަޕްލޯޑްކުރާ ފޮޓޯތައް، ކުޑަކުންދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ނޭޝަނަލް ސެންޓަ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން (އެންސީއެމްއީސީ) އިން ހަދާފައިވާ ޑޭޓާބޭސްގައި ހިމެނޭ ކޮންޓެންޓާ އަޅާކިޔައި އެ ފޮޓޯތަކުގައި އެފަދަ އެއްވެސް ކޮންޓެންޓެއް ހުރިތޯ ކަށަވަރުކުރާނެ އެވެ. އަދި އެފަދަ ކަމެއް ހިމެނޭ ނަމަ ފިޔަވަޅު އަޅާނެ އެވެ.
އެޕަލް އިން ބުނެފައިވާ ގޮތުގައި ފޮޓޯތައް ކިތަންމެ ވަރަކަށް އެޑިޓްކޮށްފައި ހުއްޓަސް މި ނިޒާމު މެދުވެރިކޮށް އެކަން ދެނެގަނެވޭނެ އެވެ.
"ނިއުރަލްހޭޝް ޓެކްނޮލޮޖީ" މި ވަގުތަށް އެޕަލް އިން މަޑުޖެއްސި ނަމަވެސް އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރާ އިލެކްޓްރޯނިކް ފްރޮންޓިއާސް ފައުންޑޭޝަނުން ބުނީ އެކަން މަޑުޖެއްސުމަކީ ހައްލެއް ނޫން ކަމަށާއި ބޭނުން ވަނީ އެކަން އެޕަލް އިން އެއްކޮށް ހުއްޓައިލުން ކަމަށެވެ.
އެޕަލްގެ ޑިވައިސްތަކުގައި ގޯސް ފޮޓޯ ހުރިތޯ ސްކޭންކުރަނީ
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
ޗެލެންޖެއްގައި ކުއްޖަކު މަރުވުމުން ޓިކްޓޮކަށް ނުރުހުން
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
އެންމެ "ނުރައްކާ" އެޕަކީ އިންސްޓަގްރާމް!
ޔޫޓިއުބުން ކުދިންގެ ރައްކާތެރިކަމަށް އާ ބީޓާ ވާޝަނެއް
އަދިވެސް އެންމެ އާންމު ޕާސްވޯޑަކީ 123456
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް