23 ސެޕްޓެމްބަރ 2021
ފޭސްބުކާއި އޭގެ ދަށުން ހިންގާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މިހާރު 40،000 މީހުން ކުންފުނީގައި އެބަތިބި ކަމަށާއި އެ ދާއިރާ އަށް ކުރިން ނުދޭވަރުގެ ސަމާލުކަމެއް މިހާރު ދެމުން އަންނަ ކަމަށް ފޭސްބުކުން ބުނެފި އެވެ.
ފޭސްބުކާއި އޭގެ ދަށުން ހިންގާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މިހާރު 40،000 މީހުން ކުންފުނީގައި އެބަތިބި ކަމަށާއި އެ ދާއިރާ އަށް ކުރިން ނުދޭވަރުގެ ސަމާލުކަމެއް މިހާރު ދެމުން އަންނަ ކަމަށް ފޭސްބުކުން ބުނެފި އެވެ.
މާކް ޒަކަބާގްގެ ފޭސްބުކްގެ ވެބްސައިޓްގައި މިކަމާ ބެހޭ ގޮތުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމަކީ އަަަބަދު ވެސް އެ ބޭނުންކުރާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ތަނެކެވެ. އެގޮތުން ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ކުރަން ޖެހޭ މަސައްކަތްތަކަށް 2016ގެ ފަހުން މިހާތަނަށް 13 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފޭސްބުކުން މިހެން ބުނެފައި މި ވަނީ އޭގެ ދަށުން ހިންގާ އިންސްޓަގްރާމް ބޭނުންކުރާ ކުޑަކުދިންނަށް އެކަމުގެ ސަބަބުން އެތައް މައްސަލައެއް ކުރިމަތިވާ ކަމަށް އެތެރޭގައި ކުރިއަށް ގެންދިޔަ ސާވޭއަކުން ވެސް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއް މިދިޔަ ހަފުތާގައި މީޑިއާތަކަށް އަރައި، ބޮޑެތި ފާޑުކިންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.
އެފްބީގެ ސީއީއޯ މާކް ޒަކަބާގް.
ނަމަވެސް ފޭސްބުކްގެ ބަޔާނުގައި ތަކުރާރުކޮށް ބުނެފައި ވަނީ ކުރިން އެ ޕްލެޓްފޯމާއި އެއާ ގުޅުން ހުރި އެއްޗެހީގެ "ސޭފްޓީ" އާއި "ސެކިއުރިޓީ" އަށް ކުރިން ނުދޭ ވަރުގެ އިސްކަމެއް މިހާރު ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ވެސް މިކަމަށް ބޭނުންކުރަމުން އަންނަ އިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފޭކް ތިން ބިލިއަން އެކައުންޓް ބްލޮކްކުރުމާއި އެކި ގޮތްގޮތަށް ޕްލެޓްފޯމްތަކުގައި މީހުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ 150 އެއްހާ އިންފްލުއެންސް އޮޕަރޭޝަންސް ވެސް ހުއްޓުވާފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެފްބީ ބޭނުންކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތްކުރުމާއި އެކަމަކަށް ފާރަވެރިވުމަށް ޕްރައިވެސީ ޗެކަޕް ހެދުން ކުރިއަށް ވުރެ އިިތުރުކޮށްފައިވާ ކަމަށް ވެސް ފޭސްބުކުން ބުންޏެވެ. އެކި ކަންކަމާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށް، އެކި ފީޗާތައް ތައާރަފުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފޭސްބުކުން ބުންޏެވެ.
ވަޓްސްއެޕް މިހާރު އެއްކޮށް އެންކްރިޕްޓެޑް
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ތާލިބާނުން ޕްރޮމޯޓްވާ ކޮންޓެންޓް ފޭސްބުކުން ބްލޮކްކުރަނީ
މައްސަލަ ހޫނުވެ ވަޓްސްއެޕްގެ އާ އުސޫލު ފަސްކޮށްފި
ވަޓްސްއެޕަށް "އެކްސްޕަޔަރިން މީޑިއާ" އަންނަނީ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް
ފުރާވަރު ކުދިންނަށްޓަކައި އިންސްޓަ އަށް "ޓޭކް އަ ބްރޭކް"
އިންސްޓަގްރާމަށް ދެން އުފަން ތާރީހު ލާޒިމުވާނެ