25 ޑިސެމްބަރ 2021
އޮންލައިންކޮށް މިހާރު އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ވަންނަ އެއްޗަކީ ޓިކްޓޮކް ކަމަށާއި އޭގެ މަގުބޫލުކަން އަންނަނީ ހުއްޓުމެއް ނެތި ބޮޑުވަމުން ކަމަށް އައިޓީ ސެކިއުރިޓީ ކުންފުނި، ކްލައުޑްފެއާ އިން ހަދާފައިވާ ސާވޭއަކުން ދައްކައިފި އެވެ.
އޮންލައިންކޮށް މިހާރު އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ވަންނަ އެއްޗަކީ ޓިކްޓޮކް ކަމަށާއި އޭގެ މަގުބޫލުކަން އަންނަނީ ހުއްޓުމެއް ނެތި ބޮޑުވަމުން ކަމަށް އައިޓީ ސެކިއުރިޓީ ކުންފުނި، ކްލައުޑްފެއާ އިން ހަދާފައިވާ ސާވޭއަކުން ދައްކައިފި އެވެ.
އެތަނުން ބުނި ގޮތުގައި ޓިކްޓޮކްގެ މި ކާމިޔާބީއާ އެކު ސާޗް އިންޖީނެއްގެ ގޮތުގައި މަޝްހޫރު ގޫގުލް މިހާރު އޮތީ ދެވަނަ އަށް ސޮއްސާލައިފަ އެވެ. ޓިކްޓޮކުން މި ކުރިއެރުން މިދިޔަ ފެބްރުއަރީ މަހާއި މާޗް މަހާއި ޖޫން މަހު ވެސް ހޯދުމަށް ފަހު، މިދިޔަ އޮގަސްޓު މަހުން ފެށިގެން ވެސް ޓިކްޓޮކް އޮތީ މިހާރު އޮތީ އެންމެ ގިނަ ހިޓްސް ލިބޭ ނުވަތަ އެންމެ ގިނަ މީހުން "އޮންލައިން ޑެސްޓިނޭޝަން" ގެ ގޮތުގައި ބޭނުންކުރާ އެޕްލިކޭޝަންގެ ގޮތުގަ އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަކީ ކުރު ވީޑިއޯ އަޕްލޯޑް ކުރަން ހާއްސަ އެއްޗެކެވެ. މި އަހަރުގެ ޖުލައިއާ ހަމައަށް އެ ޑައުންލޯޑްކުރި އަދަދު ތިން ބިލިއަނުން މަތީގައި އުޅޭ އިރު، މިހާރު ޓިކްޓޮކްގެ އެކްޓިވް ޔޫޒަރުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ.
How Cloudflare saw Internet traffic, focusing on specific domains and their highs and lows, in our global popularity ranking. https://t.co/QNoVh4odjv #CloudflareRadar
— Cloudflare (@Cloudflare) December 20, 2021
ގޫގުލް ފަހަތަށް ޖައްސާލައި ޓިކްޓޮކުން ކުރި ހޯދި އިރު، މިދިޔަ އަހަރު އެއް ވަނައިގައި އޮތީ ގޫގުލް ކަމަށް ކްލައުޑްފެއާ އިން ބުންޏެވެ. މިދިޔަ އަހަރު ހިޓްސްގެ އެންމެ ކުރީގައި ދެން އޮތީ ފޭސްބުކާއި މައިކްރޮސޮފްޓާއި އެޕަލް އާއި ނެޓްފްލިކްސް އާއި އެމެޒޯނާއި ޓިކްޓޮކާއި ޔޫޓިއުބާއި އިންސްޓަގްރާމްގެ އިތުރުން ޓްވިޓާ އެވެ.
ކްލައުޑްފެއާގެ ސާވޭ އިން ދައްކާ ގޮތުގައި މި އަހަރުގެ ގަދަ 10 ތަރުތީބަކީ މިއީ އެވެ. ޓިކްޓޮކް، ގޫގުލް، ފޭސްބުކް، މައިކްރޮސޮފްޓް، އެޕަލް، އެމެޒޯން، ޔޫޓިއުބް، ނެޓްފްލިކްސް، ޓްވިޓާ އަދި ޕިންޓަރެސްޓެވެ. މަގުބޫލު ޕްލެޓްފޯމްތަކެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވަޓްސްއެޕާއި އިންސްޓަގްރާމް އޮތީ 10 އާއި 12 ވަނައިގަ އެވެ.
ދެހާސް ސަތާރައިގެ ލޯންޗްކުރި ޓިކްޓޮކަކީ ކުރިން އެމެރިކާ އިން "މިއުޒިކަލީ" ގެ ނަމުގައި ހިންގި ޕްލެޓްފޯމެވެ. ޓިކްޓޮކަށް އެ ރީބްރޭންޑްކުރީ ބައިޓްޑާންސުން އެ ގަނެގެންނެވެ.
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ފާއިތުވި 10 އަހަރު އެންމެ ގިނަ ޑައުންލޯޑް ފޭސްބުކަށް
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
ކޮރޯނާވައިރަހާ ގުޅޭ ދޮގު މައުލޫމާތާ ދެކޮޅަށް ޓްވިޓާ
ފޭސްބުކްގެ ލޯގޯ އަށް ބަދަލެއް
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް